ރާއްޖޭގެ މޫސުން ކުރިއަށް އޮތް ފަސް ދުވަހު ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ މިއަދު މޫސުން ރަނގަޅު ނަމަވެސް ހުކުރު ދުވަހުން އާދީއްތަ ދުވަހަށް އުތުރާއި މެދުރާއްޖެތެރޭގައި އާއްމު ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"އީދު ބަންދަށް ވިއްސާރަވާނެ ކަމަށް ލަފާކުރެވެނީ. އެއީ ކުރިއަށް އޮތް ހަފްތާވެސް ވަރަށް ވިއްސާރަކޮށް ދައްކަނީ،" އޭނާ ވިދާޅުވި އެވެ.
ގޮތުން އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ހޯމަ އިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ވެސް ރާއްޖޭގެ ހުރިހާ ހިސާބަށް ކެރީގެ އަސަރު ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
"ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގަދާވާނެ ކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް ހަފްތާގައި. ހަފްތާ ބަންދަށް ހާއްސަކޮށް ގަދަވާނެ. ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ. ވިލާގަނޑުގައ 45 މޭލައް ވައި ގަދަވާނެ. އާންމުކޮށްގެން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެނީ،" މެޓުން ބުންޏެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ބަލައި، މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފަ އެވެ.













