ވިމްބަލްޑަން: އަދަޔާހިލާފު ހިތްވަރެއް ދައްކައި ނަޑާލް ސެމީ އަށް

Jul 7, 2022, 3:32 AM
ވިމްބަލްޑަން ކުއާޓާ ފައިނަލް މެޗަށް ފަހު ނަޑާލް ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.--- ފޮޓޯ: އޭއެފްޕީ

ވިމްބަލްޑަން ކުއާޓާ ފައިނަލް މެޗަށް ފަހު ނަޑާލް ސަޕޯޓަރުންނަށް ޝުކުރު އަދާކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖުލައި 7) - މި އަހަރުގެ ފުރަތަމަ ދެ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ތަށި އުފުލާލި ސްޕެއިނުގެ ރަފައެލް ނަޑާލް، މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގައި އަނިޔާގައި ހުރެ ހޯދި މޮޅާ އެކު ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ނަޑާލް, 36, ވަނީ, އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ތެރެއިން ދެ ވަނަ ސެޓުގައި، މެޑިކަލް ޓައިމްއައުޓެއް ނަގައިފަ އެވެ. އޭގެ ކުރިން ހަތަރު ވަނަ ބުރުގެ މެޗުގައި ވެސް ބަނޑުގެ އަރިމަތީގައި ރިއްސާތީ ޓޭޕްކޮށްގެން ނަޑާލް ކުޅުނުއިރު، ކުއާޓާ ފައިނަލް މެޗުގައި ވެސް ނަޑާލް އިއްޔެ ފަހު ސެޓުތައް ކުޅުނީ ޓޭޕްކޮށްގެންނެވެ.

ފަހަތުން އަރައި އެމެރިކާގެ ޓޭލާ ފްރިޓް އަތުން، ކުއާޓާ ފައިނަލްގައި ނަޑާލް މޮޅުވިއިރު، މެޗުގެ ސެޓުތައް ދިޔައީ 3-6 7-5 3-6 7-5 7-6 (10-4) އިންނެވެ.

ނަޑާލަށް މި މެޗުގައި ކުރިމަތިވީ އާންމު ގޮތެއްގައި ކުޅުންތެރިން މެޗު ދޫކޮށްލާފަދަ އަނިޔާއެކެވެ. އެކަމަކު، އަނިޔާ އަށް ފަރުވާ ހޯދައިގެން ނަޑާލް މި ވަނީ ތަފާތު ހިތްވަރެއް ދައްކައި މެޗުން މޮޅުވެފަ އެވެ. އެހެންވެ، ނަޑާލަށް ގިނަ ބަޔެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

"މެޗު ދޫކޮށްލަން ވެސް ވިސްނިން، އެކަމަކު، ހިތްވަރު ދައްކައިގެން ކާމިޔާބު ހޯދޭނެ ކަމުގެ އިތުބާރު އޮތީމަ އަހަރެން ނިންމީ މަސައްކަތް ކުރަން، ތަފާތު ފެނުނީ އަމިއްލަ ނަފްސަށް، އަމިއްލަ ހަށިގަނޑަށް އޮތް އިތުބާރުން،" ނަޑާލް ބުންޏެވެ.

ނަޑާލް ބުނީ މި މޮޅާ އެއްވަރުގެ އިހުސާސެއް އެންމެ ފަހުން ކުރެވުނީ، 2008 ވަނަ އަހަރުގެ ވިމްބަލްޑަން ފައިނަލުގައި ޓެނިސް ލެޖެންޑް، ރޮޖާ ފެޑެރާ އަތުން ލިބުނު މޮޅު ކަމަށެވެ.

ސެމީގައި ނަޑާލް ކުޅެން ޖެހޭނީ މުޅިން އަލަށް ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީން ފުރުސަތު ހޯދި އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްއާ އެވެ.

ކިރްގިއޯސް ވަނީ ފަސޭހަކަމާ އެކު ޗިލީގެ ކްރިސްޓިއަން ގާރިން ބަލިކޮށްފަ އެވެ. ކިރްގިއޯސް އަކީ 2005 ވަނަ އަހަރުގެ ފަހުން ވިމްބަލްޑަންގެ ސެމީގައި ކުޅޭ ފުރަތަމަ އޮސްޓްރޭލިއާގެ ކުޅުންތެރިޔާ އެވެ. އެ ފަހަރު ސެމީގައި ކުޅުނީ ކުރީގެ ކުޅުންތެރިޔާ، ލޭޓަން ހެވިޓް އެވެ. ގާރިން ކައިރިން ކިރްގިއޯސް ސެޓުތައް ގެންދިޔައީ 6-4 6-3 7-6 (7-5) އިންނެވެ.

މި އަހަރު ގްރާސް ކޯޓުގައި ކިރްގިއޯސްގެ ރެކޯޑް ރަނގަޅެވެ. އޭނާ ވަނީ ގްރާސް ކޯޓުގައި ކުޅުނު 14 މެޗުގެ ތެރެއިން 12 މެޗުން މޮޅުވެފަ އެވެ. ސެމީގައި ނަޑާލާ ދެކޮޅަށް ކިރްގިއޯސް ނުކުންނައިރު، މި ދެ ކުޅުންތެރިންގެ ކުރިމަތިލުންތަކުން ނަޑާލް ވަނީ ގިނަ ފަހަރު މޮޅުވެފަ އެވެ.

މާދަމާ ވިމްބަލްޑަންގެ ފިރިހެން ސިންގަލްސް ސެމީ ފައިނަލް މެޗުތައް ކުޅޭއިރު، ނަޑާލާއި ކިރްގިއޯސްގެ ތެރެއިން މޮޅުވާ ކުޅުންތެރިއަކު ފައިނަލުގައި ކުޅޭނީ އަނެއް ސެމީގައި އިންގްލެންޑްގެ ކެމަރަން ނޯރީ އާއި ދުނިޔޭގެ އެއް ވަނަ ސާބިއާގެ ނޮވަކް ޖޮކޮވިޗް ކުޅެގެން މޮޅުވާ ކުޅުންތެރިއަކާ އެވެ. ނޯރީ އަކީ 2016 ވަނަ އަހަރަށް ފަހު ވިމްބަލްޑަން ސެމީގައި ފެންނާނެ ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox