ޝޯއެއްގެ ތެރެއިން ގިޓަރިސްޓް ކާލޯސް ސަންޓާނާ ސްޓޭޖް މައްޗަށް ވެއްޓިއްޖެ

ކާލޯސް ސަންޓާނާއަކީ އެމެރިކާގެ މަޝްހޫރު ގިޓަރިސްޓެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ކާލޯސް ސަންޓާނާއަކީ އެމެރިކާގެ މަޝްހޫރު ގިޓަރިސްޓެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ ގިޓަރިސްޓް ކާލޯސް ސަންޓާނާ މިޝިގަންގެ ޑެޓްރޮއިޓްގައި ޝޯއެއް ދެނިކޮށް، ހޭނެތިގެން ސްޓޭޖް މައްޗަށް ވެއްޓިއްޖެ އެވެ.

ސްޓޭޖް މަތީގައި އުމުރުން 74 އަަހަރުގެ ސަންޓާނާއަށް އަވަސް ފަަރުވާ ދިނުމަށް ފަހު، އިތުރު އޮބްޒަަވޭޝަނަށް ކައިރި ހޮސްޕިޓަލެއްގެ އެމެޖެންސީ ޑިޕާޓްމަންޓަށް ގެންދިޔަ އެވެ.

މެކްސިކޯއަށް އުފަން ސަންޓާނާގެ ފޭސްބުކް ޕޭޖުގައި ބުނީ އޭނާ ހުރީ "ހަނދާން ނެތިގެން ނުކައި ނުބޮއެ" ކަމަށާއި އޭގެ ސަބަބުން "ޑީހައިޑްރޭޓްވެ ހޭނެތުނީ" ކަމަށެވެ.

Advertisement

މެނޭޖަރު މައިކަލް ވްރިއޮނިސް ބުނީ މިހާރު ސަަންޓާނާގެ ހާލު ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ޕެންސިލްވޭނިއާގެ ބާގެޓްސްޓައުންގައި ބުދަ ދުވަހު ދޭން އޮތް ޝޯ ވަނީ ފަސްކޮށްފަ އެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ކްލާކްސަންސް ޕައިން ނޮބް މިއުޒިކް ތިއޭޓަރުގެ ސްޓޭޖުން ސަންޓާނާ ފަައިބަން އެހީވާ އިރު، އޯޑިއެންސަށް އޭނާ އަތުން އިޝާރާތް ކުރާ މަަންޒަރެވެ.

މީގެ ކުރިން 10 ފަހަރު ގްރެމީ އެވޯޑް ހާސިލްކޮށްފަައިވާ ސަންޓާނާގެ މަންދޫބުން ބުނީ އޭނާއަށް ކުރިމަތިވީ "މާ ބޮޑަށް ހޫނުވެ ޑީހައިޑްރޭޓްވުމުގެ" މައްސަލަ ކަމށެވެ.

ސަންޓާނާ އާއި އޭނާގެ ބޭންޑް މި ވަގުތު އުޅެނީ އެމެރިކާގެ ޓުއާއެއްގަ އެވެ. ސަންޓާނާގެ ނަމުން ނަން ދިން ބޭންޑް މަގްބޫލްކަން ހޯދީ 1960 އާއި 1970 ގެ އަހަރުތަކުގަ އެވެ.

މިޔުޒިކް އިންޑަސްޓްރީގެ ފުންނާބު އުސް ފަރާތްތައް ދެކޭ ގޮތުގައި ސަންޓާނާއަކީ ގިޓާ ކުޅުމުގެ ލެޖެންޑެކެވެ. ބޮޑެތި ފަންނާނުންގެ ގިނ ތައުރީފު އޭނާއަށް ލިބިފއިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox