މިރުޒާގެ މަރު: ވާރިސެއް މައާފް ދިނުމުން ޝިފާއު މަރުގެ އަދަބުން ސަލާމަތްވެ 17 އަހަރަށް ޖަލަށް

މިރުޒާގެ މަރު މައްސަލާގައި ދައުވާކޮށްފައިވާ ޝިފާއުއަށް ހުކުމް ބޭއްވި އަޑުއެހުން - ފޮޓޯ: ހައި ކޯޓު ވީޑިއޯ ސްކްރީންޝޮޓް

މިރުޒާގެ މަރު މައްސަލާގައި ދައުވާކޮށްފައިވާ ޝިފާއުއަށް ހުކުމް ބޭއްވި އަޑުއެހުން - ފޮޓޯ: ހައި ކޯޓު ވީޑިއޯ ސްކްރީންޝޮޓް

މީގެ 11 އަހަރު ކުރިން ވިލިމާލޭގައި ގުރޫޕަކުން ހަމަލާދީ މަރާލި ނ. މާޅެންދޫ ވައިޓްހައުސް, އަހުމަދު މިރުޒާ އިބްރާހިމްގެ މަރުގެ މައްސަަލައިގައި ދައުވާ ކޮށްފައިވާ އެކަކުގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ މަރުގެ އަދަބުން އޭނާ ސަލާމަތްކޮށް 17 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން މިއަދު އިއްވައިފި އެވެ.

އިސްލާމީ ޝަރީއަތުގައި މަރަށް މަރު ހިފޭނީ މަރާލި މީހާގެ ވާރިސުން އެކަމަށް ބޭނުންވާ ނަމަ އެވެ. އެއީ, ވާރިސުންގެ ހައްގެއްގެ ގޮތަށް އޮންނައިރު އެންމެ މީހަކު އެކަމަށް ދެކޮޅު ހެދި ނަމަވެސް, މަރުގެ އަދަބު ކަނޑައެއް ނޭޅޭނެ އެވެ.

މިރުޒާ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވަނީ ފުވައްމުލައް ސިޓީ, ޒާވިއާ، އަބްދުﷲ ނަޒީފް އަދި ވ. ފަޒީލާމަންޒިލް, މުހައްމަދު ޝިފާއު އެވެ. ޝިފާއުގެ މައްސަލަ ހައި ކޯޓުގައި އޮތް އިރު ނަފީޒްގެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގަ އެވެ.

ހައި ކޯޓުގައި ޝިފާއުއަށް މައާފު ކޮށްފައިވާ ކަމަށް މިރުޒާގެ ބައްޕަ ބުނެފައިވާއިރު، ސުޕްރީމް ކޯޓުގައި މިރުޒާގެ ހުރިހާ ވާރިސުން ވަނީ ނަފީޒަށް މައާފުކޮށްފަ އެވެ.

ޝިފާއުގެ މައްސަލާގައި ހައި ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، އެންމެ ވާރިސަކު ވެސް ދެކޮޅު ހަދައިފި ނަމަ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގާތިލަށް މަރުގެ އަދަބު ނުދެވޭނެ ކަމުގަ އެވެ. އެހެންވެ ތައުޒީރީ އަދަބެއްގެ ގޮތުގައި 17 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅުއްވީ އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން ޝަހީދުގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވާ ގޮތުން ޖަލު ހުކުމުގެ ގޮތުގައި 17 އަހަރާއި ހަ މަސް ކަނޑައެޅީ ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ވެސް ފަހުގަ އެވެ.

އޭގެ އިތުރަށް ކައްފާރާގެ ގޮތުން ދެ މަސް ދުވަހު ރޯދަ ހިފަން ވެސް ހުކުމުގައި އަންގާފައިވެ އެވެ.

ސުޕްރީމް ކޯޓުގައި އޮތް ނަފީޒްގެ މައްސަލާގައި ވެސް މިހާރު އަޑުއެހުންތައް އޮތީ ނިންމާލައިފަ އެވެ. ނަމަވެސް މިހާތަނަކަށް އެ މައްސަލައިގެ ހުކުމެއް އެ ކޯޓުން ނުއިއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox