ގައުމި ވޮލީބޯޅަ މުބާރާތް: ސީދާ ތިން ސެޓުން ވެމްކޯ ބަލިކޮށް ޕޮލިސް ތިން ވަނަ ސެމީ އަށް

Jul 4, 2022, 1:33 PM
ވެމްކޯގެ ފާޒިލް އާއި ފައިރޫޒް އަތްމަތިން ޕޮލިހުގެ އަނޫ ޖޭމްސް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު

ވެމްކޯގެ ފާޒިލް އާއި ފައިރޫޒް އަތްމަތިން ޕޮލިހުގެ އަނޫ ޖޭމްސް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި މިއަދު ހަވީރު ކްލަބް ވެމްކޯ އަތުން ސީދާ ތިން ސެޓުން މޮޅުވެ، ޕޮލިސް ކްލަބް މުބާރާތުގެ ތިން ވަނަ ސެމީން ފުރުސަތު ހޯދައިފި އެވެ.

މިއީ މި ފަހަރުގެ ވޮލީ ސީޒަނުގައި ވެމްކޯ އަތުން ޕޮލިހަށް ހޯދުނު ފުރަތަމަ މޮޅެވެ. ވެމްކޯ އިން ވަނީ އެސޯސިއޭޝަން ކަޕްގައި 3-1 ސެޓުން ޕޮލިސް ބަލިކޮށްފަ އެވެ. އަދި ގައުމީ ލީގުގައި ވެމްކޯ އިން ޕޮލިސް ބަލިކުރީ ފަސް ސެޓު ކުޅެގެންނެވެ.

އެކަމަކު، މިއަދު ޕޮލިހުން ވެމްކޯ ބަލިކޮށް މުބާރާތުގައި ދެމިއޮތްއިރު، މި މެޗުން ބަލިވެ، ވެމްކޯ އަށް ސީޒަން ނިމުނީ އެވެ. މާދަމާރޭ ކުޅޭ ތިން ވަނަ ސެމީ ފައިނަލުގައި ޕޮލިސް ކުޅޭނީ މިރޭ ދެ ވަނަ ސެމީގައި ސްޕޯޓްސް ކްލަބް ސިޓީ އާއި އެންމެ ފަހުގެ ގައުމީ ޗެމްޕިއަން, ދިވެހި ސިފައިންގެ ކްލަބް ކުޅެގެން ބަލިވާ ޓީމަކާ އެވެ. މިރޭ ސިޓީ އާއި ސިފައިން ކުޅެގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގަ ލިބޭނެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ޕޮލިސް ސެޓުތައް ގެންދިޔައީ، 25-19، 25-21 އަދި 25-20 އިންނެވެ.

މިއަދުގެ މެޗު ފަށައިގެން ޕޮލިހުން ދިޔައީ ރަނގަޅު ރޫހެއްގައި ކުޅެމުންނެވެ. އެ ގޮތުން ފުރަތަމަ ސެޓުގައި އެ ޓީމުގެ މާއިޝް އަހުމަދު އާއި އިންޑިއާގެ ތިން ކުޅުންތެރިން ކަމަށްވާ، ސެޓަރު، މުއްތުސާމީ އަޕަވޫ، ސެންޓަ ބްލޮކަރު، އަކިން އައްމާލް އަދި އެޓޭކަރު، އަނޫ ޖޭމްސްގެ ހަމަލާތައް ފެންނަން ފެށި އެވެ. ވެމްކޯގެ ސާވިސް އާއި ޑިފެންސް ދަށްވުމުގެ ފައިދާ ވަރަށް ރަނގަޅަށް މި މެޗުގައި ޕޮލިހުން ނެގި އެވެ.

މިއަދުގެ މެޗުގެ ތެރެއިން ޕޮލިހުގެ ސެޓަރު، މުއްތުސާމީ (ކ) އާއި ލިބަރޯ ނައިންޓެ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު

ބަދަލުގައި، ޕޮލިހުގެ ޑިފެންސްގައި މި މެޗުގައި ވެސް ޓީމުގެ ލިބަރޯ، މުހައްމަދު ނައީމް (ނައިންޓެ) ވަނީ މޮޅަށް ކުޅެފަ އެވެ. ނައިންޓެގެ ކުޅުން ރަނގަޅުވުމަކީ، ސެޓަރު، މުއްތުސާމީ އަށް އެޓޭކްގައި ކުޅުންތެރިން ބައިވެރިކުރަން ފަސޭހަ ވުމުގެ އަސްލެވެ.

ފުރަތަމަ ސެޓު ގެއްލުމުން ވެމްކޯ އިން ދެ ވަނަ ސެޓު ފަށައިގެން ކޮންމެ ވެސް ވަރަކަށް ކުުޅުން ރަނގަޅުކުރި އެވެ. އެކަމަކު، ސެޓުގެ މެދެއްހާ ހިސާބުން ވެމްކޯ އަށް އަމިއްލަ އަށް ހެދޭ ގޯސްތައް އިތުރުވެ، މުހިންމު ޕޮއިންޓްތައް ގެއްލުނީ އެވެ. ވެމްކޯގެ ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އިންޑިއާ ސެންޓަ ބްލޮކަރު، އަޝްވަލް ރާއީގެ އަސްލު ލެވަލަށް ބަލާއިރު މި މެޗުގައި އެ ދެ ކުޅުންތެރިންނަށް އެންމެ މޮޅަށް ޕާފޯމް ނުކުރެވުނެވެ. ބަދަލުގައި، ޕޮލިސް ރަނގަޅު ރޫހެއްގައި ކުޅެ ސީދާ ތިން ސެޓުން މެޗު ނިންމާލީ އެވެ.

ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ބުނީ ހަގީގަތުގައި މުބާރާތްތައް ދިޔަ ގޮތަށް ބަލާއިރު، ވެމްކޯ މި ހިސާބަށް އައުން ވެސް އެއީ ހައްގު މިންވަރަށް ބަލާއިރު މޮޅެއް ކަމަށެވެ. އަނިޔާގެ މައްސަލަ އާއި ރޯގާގެ ކަންކަން ކުޅުންތެރިންނަށް ކުރިމަތިވިއިރު، އެސޯސިއޭޝަން ކަޕް ފެށިތަނާ އިންޑިއާގެ ކުޅުންތެރިޔާ، އަމިތުސިންހްގެ ކަކުލަށް އަނިޔާވެގެން އެ ތަން ފޫބައްދަން ބާކީ މެޗުތަކުގައި ކުރަން ޖެހުނު މަސައްކަތުގެ ސަބަބުން ގޮންޖެހުން އިތުރުވިކަން ނިޒާރު ފާހަގަކުރި އެވެ.

ވެމްކޯގައި ތިބި ކުޅުންތެރިންނަކީ ރާއްޖޭގެ ގައުމީ ލެވަލްގައި ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިންތަކެއް ކަމުގައި ވިޔަސް، އެ ކްލަބަކީ އަދި މުޅިން އަލަށް ފިރިހެން ވޮލީ އަށް ނުކުމެ އުޅޭ ޓީމަކަށްވާތީ، އެސޯސިއޭޝަން ކަޕުން ފެށިގެން ގައުމީ މުބާރާތާ ހަމައަށް އައުމަކީ އެ ކްލަބަށް ފެށުމެއްގެ ގޮތުގައި ނިޒާރު ވަނީ ބުނެފަ އެވެ.

ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ބުނީ ޒުވާން ކުޅުންތެރިންތަކެއް ލައިގެން ދަސްކުރަމުން ތަޖުރިބާތަކެއް ހޯދައިދެމުން ކުރާ މަސައްކަތެއްގައި ގައުމީ މުބާރާތުގައި މި ގޮތަށް ވަރުގަދަ ޓީމެއް އަތުން މޮޅުވުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.

ވެމްކޯ އަތުން ސީދާ ތިން ސެޓުން މޮޅުވުމަކީ ދެން އޮތް ތިން ވަނަ ސެމީ އަށް ދާއިރު، ޓީމުގެ ހިތްވަރު ރަނގަޅުވާނެ ސަބަބެއް ކަމަށް ފައްލޯ ވަނީ ބުނެފަ އެެވެ.

ސެމީގެ ދެ ވަނަ މެޗުގައި މިރޭ ސިފައިންނާއި ސިޓީ ބައްދަލުކުރާ މެޗު ފަށާނީ 21:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox