ރަޝިއާއިން ލިސިޗާންސްކް ސިޓީގެ ފުރިހަމަ ކޮންޓްރޯލް ހޯދައިފި

ހަމަލާތަކުގެ ސަބަބުން ލިސިޗާންސްކް ސިޓީގެ ތެޔޮ ކާރުހާނާއެއްގައި އަލިފާން ރޯވި. -- ފޮޓޯ: އޭއެފްޕީ

ހަމަލާތަކުގެ ސަބަބުން ލިސިޗާންސްކް ސިޓީގެ ތެޔޮ ކާރުހާނާއެއްގައި އަލިފާން ރޯވި. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ލިސިޗާންސްކް ސިޓީގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައިވާ ކަމަށް ރަޝިއާއިން ބުނެފި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓަރު ސާގެއި ޝޮއިގޫ އެ ގައުމުގެ ރައީސް ލެޑިމިއަ ޕުޓިންއަށް ވިދާޅުވީ ލުހާންސްކްގެ ފުރިހަމަ ކޮންޓްރޯލް ހޯދާފައިވާ ކަމަށެވެ.

ރަޝިއާގެ ޗެޗެން ރިޕަބްލިކްގެ ވެރިޔާ ރަމްޒާން ކަޑީރޯވް ވަނީ ޗެޗެން ސިފައިން ލިސިޗާންސްކް ސިޓީގެ މެދުގައި ތިބި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

Advertisement

ލިސިޗާންސްކް ސިޓީގެ ތަންކޮޅެއް ހުޅަނގުން އޮންނަ ސްލޮވިޔާންސްކް ސިޓީއަށް ވެސް އާދީއްތަ ދުވަހު ހަމަލާ ދިނުމުން ހަ މީހުން މަރުވި އެވެ.

ސްލޮވިޔާންސްކްގެ ކޮންޓްރޯލް މިހާރު އޮތީ ޔޫކްރެއިންގެ އަތުގަ އެވެ. އެ ސިޓީއަކީ ޑޮނެސްކް އާއި ލުހާންސްކްއާ އެކު ޑޮންބާސް ސަރަހައްދުގައި އޮންނަ ސިޓީ އެކެވެ.

މިދިޔަ ފެބްރުއަރީ މަހު ހަނގުރާމަ ފެށުމުގެ ކުރިން ޕުޓިން ވަނީ ޑޮނެސްކް އާއި ލުހާންސްކް އަކީ ދެ މިނިވަން ސަރަހައްދުގެ ގޮތުގައި ބަލައިގަތްކަން އިއުލާން ކުރައްވާފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން އެ ދެ ތަނުގައި އޮތީ ރަޝިއާއަށް ތާއީދު ކުރާ ވެރިކަމެވެ. އެހެންކަމުން ޔޫކްރެއިން ސަރުކާރުން ދިޔައީ އެ ދެ ތަނުގެ ކޮންޓްރޯލް ހޯދަން ހަނގުރާމަ ކުރަމުންނެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ރަޝިއާއިން ވަނީ އިރުމަތީ ޔޫކްރެއިންގެ ސެވެރޮޑޮނެސްކް ސިޓީ ވެސް ހިފައިފަ އެވެ.

މި ވަގުތު ޑޮނެސްކް ސަރަހައްދުން ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް ދެ ބޮޑު ސިޓީއަކީ ސްލޮވިޔާންސްކް އާއި ކްރަމަޓޯސްކް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox