ގައުމީ ވޮލީބޯޅަ ލީގު: ޕޮލިސް ބަލިކޮށް ސިފައިން ދެ ވަނަ ހޯދައިފި

Jul 2, 2022, 2:55 PM
ސިފައިންގެ ކްލަބްގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި އެ މީހުންގެ ދަރިންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ސިފައިންގެ ކްލަބްގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި އެ މީހުންގެ ދަރިންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމީ ވޮލީބޯޅަ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު ޕޮލިސް ކުލަބާ ވާދަކޮށް 3-1 ސެޓުން ކާމިޔާބުކޮށް ދިވެހި ސިފައިންގެ ކުލަބުން ލީގުގެ ދެ ވަނަ ހޯދައިފި އެވެ.

ގައުމީ ލީގުގައި ދިވެހި ސިފައިންގެ ކުލަބުން ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް 12 ޕޮއިންޓު ހޯދާފަ އެވެ. އެ ޓީމު ބަލިވީ ބާކީ އެއް މެޗު އޮއްވައި ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ސްޕޯޓްސް ކުލަބު ސިޓީ އަތުންނެވެ. ސިޓީ އަށް ހަތަރު މެޗުން ލިިބިފައި ވަނީ 12 ޕޮއިންޓެވެ. ނަމަވެސް ސިޓީ އިން ހުރިހާ މެޗެއް ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވާތީ ފަހު މެޗުގައި ކޮންމެ ނަތީޖާ އެއް ނުކުތް ކަމުގައިވިޔަސް ސިފައިންނަށް ފައިދާ ސެޓަށް ބަލާއިރު، ސިޓީއާ އަރާ ހަމަނުކުރެވޭނެ އެވެ.

ލީގުގައި ސިޓީ ކުޅޭ ފަހު މެޗުގައި މިރޭ ނުކުންނާނީ ލީގުގެ ތިން ވަނަ ޔަގީންކޮށްފައިވާ ކުލަބު ވެމްކޯއާ ދެކޮޅަށެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ލީޑުގައި ކުޅެމުން ދިޔައީ ސިފައިންނެވެ. ސިފައިން ޓީމުން ސެޓުގެ ކުރީކޮޅު ނެގި ލީޑު، ސެޓުގެ މެދަކާ ހިސާބުން ފަސް ޕޮއިންޓަށް ލީޑު ފުޅާކުރި އެވެ. މި މެޗުގައި ސިފައިން ޓީމުން ބިދޭސީ އެޓޭކަރު މަނޫ ޖޯސެފްގެ ބަަދަލުގައި ފުރަތަމަ ހަޔެއްގައި ކުޅެން ނެރެފައިވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ. ފުރަތަމަ ސެޓު 25-20 އިން ސިފައިން ކާމިޔާބުކުރިއިރު، ލޯންގޭ އާއި އަދާމް ނަސީމް (އެޑަމް) ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ދެ ވަނަ ސެޓުގައި ޕޮލިހުން އާ ހިތްވަރަކާ އެކު ނުކުތެވެ. ސެޓު ފަށައިގެން އެ ޓީމުން ލީޑެއްވެސް ނެގި އެވެ. ނަމަވެސް ސިފައިން ޓީމުން ސެޓުގެ މެދު ތެރެއިން ސްކޯ އަނބުރާލި އެވެ. ނަމަވެސް ސެޓު ނިމެން ކައިރިވެފައި އޮއްވައި ފަހަތުން އަރައި ތިން ޕޮއިންޓުގެ ފަރަގު ކުޑަކޮށް ލީޑު ނަގައި، ޕޮލިހުން މި ސެޓު 23-25 އިން ކާމިޔާބުކުރި އެވެ. ފަހު ވަގުތު ސެޓު ޕޮލިހަށް ކާމިޔާބުކުރުމުގައި ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ސެޓަރު، މުއްތުސާމީ އަޕަވޫ އާއި ސެންޓަ ބްލޮކަރު އަކިން އައްމާލްގެ މޮޅު ކުޅުމެއް ދެއްކި އެވެ.

ދެ ވަނަ ސެޓުގައި ދެއްކި މޮޅު ކުޅުމާ އެކު ޕޮލިހުން ތިން ވަނަ ސެޓު ފެށި ފޯރީގަ އެވެ. މި ސެޓު ފަށައިގެން ލީޑުގައި އޮވެ، ކުޅުނު ނަމަވެސް ސިފައިން ޓީމުގެ އެޑަމް އަދި ލޯންގޭގެ ތަޖުރިބާއާ އެކު އެ ޓީމުން ފަހު ވަގުތު ސްކޯ އެއްވަރުކުރި އެވެ. މި ސެޓު، 22-22 އިން އެއްވަރުކޮށް ސެޓު ނިންމާލަން ފުރުސަތު ވެސް ސިފައިންނަށް ލިބުނެވެ. އެކަމަކު، ޕޮލިހުގެ އަކިން އަނެއްކާވެސް ރަނގަޅު ބްލޮކްތަކެއް ކޮށް ސެޓު ފޯރިކޮށްލި އެވެ. އެކަމަކު، ވާދަވެރިކޮށް ދިޔަ ސެޓުގެ ފަހު ބައިގައި ޕޮލިހަށް ގޯސްތަކެއް ހެދި ސިފައިން ސެޓު ކާމިޔާބުކުރީ 29-27 އިންނެވެ.

މެޗުގެ ފަހު ސެޓުގައި ސިފައިން ފެނުނީ މާ ވަރުގަދަ ކޮށެވެ. ޕޮލިހަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ސިފައިންނަށް ސެޓުގެ ކުރީކޮޅު ރަނގަޅު ލީޑެއް ވެސް ލިބުނެވެ. އެ ލީޑު ހިފަހައްޓައި މި ސެޓު ސިފައިން ޓީމުން ކާމިޔާބުކުރީ 25-22 އިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސިފައިން ކުލަބުގެ ލޯންގޭ އެވެ. ލޯންގޭ ވަނީ އެންމެ ފަހުން ސިފައިން ގުޑީސްއާ ދެކޮޅަށް ކުޅުނު މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.

ގައުމީ ލީގަށް ފަހު ގައުމީ މުބާރާތުގެ ކުޅުން ފަށާނީ ހޯމަ ދުވަހު އެވެ. އެ ދުވަހު ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ޕޮލިހާއި ވެމްކޯ އެވެ. އެރޭ ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ވާދަކުރާނީ ލީގުގެ ޗެމްޕިއަން ސިޓީ އާއި ދެ ވަނަ ހޯދި ސިފައިންނެވެ. ސިޓީ އާއި ސިފައިން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. އެކަމަކު، ބަލިވާ ޓީމެއް ޖެހޭނީ ވެމްކޯ އާއި ޕޮލިސް ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކާ ކުޅޭށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ.

ގައުމީ މުބާރާތުގެ ފައިނަލް އޮންނާނީ މި މަހު ހަތް ވަނަ ދުވަހުގެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox