އިބްރަހިމޮވިޗާއި ރޮނާލްޑޯ އަދި ދަގަނޑޭ އަތުގައި ގޯލު ޖެހުމުގެ ތާރީހީ ރެކޯޑެއް

Jul 2, 2022, 9:10 AM
އިބްރަހިމޮވިޗާއި ރޮނާލްޑޯ އަދި ދަގަނޑޭ އަތުގައި ގޯލު ޖެހުމުގެ ތާރީހީ ރެކޯޑެއް

އެކާވީސް ވަނަ ގަރުނުގެ ތެރޭގައި ފުރިހަމަ ވި ދެ ޑެކޭޑް (ކޮންމެ 10 އަހަރެއް)ގައި 200 އަށް ވުރެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް، ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސްވިޑެންގެ ޒަލަޓާން އިބްރަހިމޮވިޗް އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ހިއްސާކޮށްފި އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓަރީ އެންޑް ސްޓެޓިކްސްޓިކްސް އިން އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން 2001-2010 އާއި 2011-2020 އާ ދެމެދު މި ހިނގި ކޮންމެ 10 އަހަރެއް (ޑެކޭޑް) އެއްގައި 200 އަށް ވުރެ ގިނަ ގޯލު ޖެހުނީ ތިން ކުޅުންތެރިއަކަށް ކަމަށެވެ. އެއީ އަޝްފާގު، 36، ރޮނާލްޑޯ، 37، އަދި އިބްރަހިމޮވިޗް، 40, އެވެ.

މި ކުޅުންތެރިން ޖެހި ގޯލުތައް ގުނުމުގައި ބަލާފައިވަނީ، ކުޅޭ ގައުމެއްގެ ލީގާއި ކުޅޭ ގައުމެއްގެ ކަޕާއި ބައިނަލްއަގުވާމީ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގެ އިތުރުން ގައުމީ ޓީމާ އެކު ކުޅޭ ރަސްމީ މުބާރާތްތަކުގައި ޖަހާފައިވާ ގޯލުތަކަށެވެ.

އެ ގޮތުން ދަގަނޑޭ ވަނީ 2001 އިން 2010 އަށް، 223 ގޯލު ޖަހައިފަ އެވެ. އެއީ ގައުމީ ޓީމަށް 16 ގޯލާއި ކްލަބް ލެވަލްގައި ވެލެންސިއާ، ނިއު ރޭޑިއަންޓް، ވީބީ އަދި ބުރުނާއީ އަށް ޖުމްލަ އެކުގައި 207 ގޯލެވެ. ދަގަނޑޭ، 2011-2020 އަށް ވަނީ، ގައުމީ ޓީމަށް 37 ގޯލު ޖަހައިދިނުމުގެ އިތުރުން، ނިއު، ޕީޑީއާރްއެމް، ވީބީ، މާޒިޔާ، ގްރީން ސްޓްރީޓްސް އަދި ޓީސީ ސްޕޯޓްސް ކްލަބަށް ޖުމްލަ އެކު، 206 ގޯލު ޖަހައިފަ އެވެ. އެ ޑެކޭޑްގައި ދަގަނޑޭގެ ޖުމްލަ އަކީ 243 ގޯލެވެ. ދެ ޑެކޭޑްގައި ދަގަނޑޭގެ ޖުމްލަ އަދަދަކީ 466 ގޯލެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 2001-2010 އަށް ޖުމްލަ 206 ގޯލު ޖަަހައިފަ އެވެ. އޭގެ ތެރޭގައި ޕޯޗުގަލް އަށް ޖަހައިިދިން 25 ގޯލުގެ އިތުރުން ދެން ހިމެނެނީ، ސްޕޯޓިން ލިޒްބަން، މެންޗެސްޓާ ޔުނައިޓެޑް އަދި ރެއާލް މެޑްރިޑަށް ޖަހައިދިން، 181 ގޯލެވެ. ރޮނާލްޑޯ 2011-2020 އަށް ޕޯޗުގަލް އަށް 77 ގޯލު ޖަހައިދިންއިރު، އެ މުއްދަތުގައި ރެއާލާއި ޔުވެންޓަސް އަށް ވަނީ 473 ގޯލު ޖަހައިފަ އެވެ. މި ޑެކޭޑްގައި ރޮނާލްޑޯ ވަނީ 550 ގޯލު ޖަހައިފަ އެވެ. އެއީ ދެ ޑެކޭޑަށް ބަލާނަމަ ޖުމްލަ 756 ގޯލެވެ.

އިބްރަހިމޮވިޗް ވަނީ 2001-2010 އަށް ސްވިޑެން އަށް 25 ގޯލު ޖަހައިފަ އެވެ. ކްލަބް ލެވަލްގައި އިބްރަހިމޮވިޗް ވަނީ މަލްމޯ، ޔުވެންޓަސް، އަޔަކްސް، އިންޓަ މިލާން އަދި ބާސެލޯނާ އަށް އެ މުއްދަތުގައި 178 ގޯލު ޖަހައިފަ އެވެ. އެ ޑެކޭޑްގައި އިބްރަހިމޮވިޗްގެ ޖުމްލަ އަކީ 203 ގޯލެވެ. އިބްރަހިމޮވިޗް، 2011-2020 އަށް ވަނީ ޖުމްލަ އެކު، 340 ގޯލު ޖަހައިފަ އެވެ. އެއީ ސްވިޑެން ގައުމީ ޓީމަށް 37 ގޯލުގެ އިތުރުން، އޭސީ މިލާން، ޕީއެސްޖީ، މެންޗެސްޓާ ޔުނައިޓެޑް އަދި އެލްއޭ ގެލެކްސީ އަށް 303 ގޯލެވެ. ދެ ޑެކޭޑަށް ބަލާނަމަ އިބްރަހިމޮވިޗްގެ ޖުމްލަ އަކީ 543 ގޯލެވެ.

މި ވަގުތު އަނިޔާއެއްގެ ސަބަބުން ފިޓްނަސް އަށް އަސަރުކޮށްފައިވާތީ ކުޅުމާ ހުރި ދަގަނޑޭގެ ކެރިއަރުގައި މިހާތަނަށް ޖުމްލަ އަދަދަށް ބަލާއިރު، އޭނާ ވަނީ ކްލަބް ލެވަލާއި ގައުމީ ޓީމަށް 481 ގޯލު ޖަހައިފަ އެވެ. އެއީ ގައުމީ ޓީމަށް ޖެހި 58 ގޯލާއި ކްލަބް ލެވަލްގައި އަށް ކްލަބަށް ކުޅެގެން ޖެހި 423 ގޯލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox