އިންޓަ އަށް ޖޯކު ޖެހި މައްސަލައިގައި މިލާނަށް 30،220 ޑޮލަރުގެ ޖޫރިމަނާއެއް

Jul 2, 2022, 7:07 AM
މިލާނުން ބޭއްވި ޓްރޮފީ ޕެރޭޑްގެ ތެރެއިން: މި ޕެރޭޑްގެ ތެރެއިން މިލާންގެ ހަތަރު ކުޅުންތެރިއަކު އިންޓަ އަށް ޖޯކު ޖެހި މައްސަލައިގައި ވަނީ ޖޫރިމަނާއެއް ދައްކަން ޖެހިފައި.-- ފޮޓޯ: އޭއެފްޕީ

މިލާނުން ބޭއްވި ޓްރޮފީ ޕެރޭޑްގެ ތެރެއިން: މި ޕެރޭޑްގެ ތެރެއިން މިލާންގެ ހަތަރު ކުޅުންތެރިއަކު އިންޓަ އަށް ޖޯކު ޖެހި މައްސަލައިގައި ވަނީ ޖޫރިމަނާއެއް ދައްކަން ޖެހިފައި.-- ފޮޓޯ: އޭއެފްޕީ

މިލާން (ޖުލައި 2) - އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އޭސީ މިލާނުން ހޯދުމަށް ފަހު ބޭއްވި ޓްރޮފީ ޕެރޭޑްގެ ތެރެއިން އެ ޓީމުގެ ހަތަރު ކުޅުންތެރިއަކު، އިންޓަ މިލާނަށް ޖޯކުޖެހި މައްސަލައިގައި ޖޫރިމަނާއެއް ދައްކަން ޖެހިއްޖެ އެވެ.

ހަތަރު ކުޅުންތެރިއަކާއި މިލާން ޓީމުން ޖުމްލަ އެކު 30،220 ޑޮލަރު ދައްކަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ވަނީ އަންގައިފަ އެވެ.

މިލާން ޓީމަށް އައިސްފައިވަނީ 12،500 ޑޮލަރުގެ ޖޫރިމަނާ އެކެވެ. އިންޓަ އަށް ނިސްބަތްކޮށް ޖޯކު ޖަހައި ބޭއަދަބީ ބަހުން މުއާމަލާތު ކޮށްފައިވާތީ، މިލާންގެ ކީޕަރު މައިކް މައިންގްނޯން، ފުލްބެކް، ތެއޯ ހެނާންޑޭޒް އަދި މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ، ކޮންމެ ކުޅުންތެރިއަކު 4170 ޑޮލަރު ދައްކަން ވަނީ އަންގައިފަ އެވެ. މިލާންގެ މިޑްފީލްޑަރު، ރާޑް ކްރުނިޗަށް އައީ 5210 ޑޮލަރުގެ ސަސްޕެންޝަނެކެވެ.

އިޓަލީ ފުޓްބޯޅައިގެ މަގުބޫލު ސިޓީ، މިލާނުގެ އެކި މަގުތަކުގައި މެއި 23 ވަނަ ދުވަހު އޭސީ މިލާން ޓީމުން ޓްރޮފީ ޕެރޭޑް ބޭއްވީ 11 އަހަރަށް ފަހު އިޓަލީގެ ޗެމްޕިއަންކަން ހޯދުން ފާހަގަކުރުމަށެވެ. މިދިޔަ ސީޒަނުގައި މިލާނާ އެންމެ ގާތުން ލީގު ތަށްޓައް ވާދަކުރީ އިންޓަ އެވެ.

މިލާންގެ ޓެކްނިކަލް ޑިރެކްޓަރު ޕައޮލޯ މަލްޑިނީ: އިތުރު ދެ އަހަރަށް މިލާންގައި މަޑުކުރާނެކަން ވަނީ އިއުލާނުކޮށްފައިވާ.-- ފޮޓޯ: އޭއެފްޕީ

މަލްޑިނީ އިތުރު ދެ އަހަރަށް މިލާނުގައި މަޑުކުރާނެ

މިލާންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ މަގާމުގައި އިތުރު ދެ އަހަރު މަޑުކުރަން، އެ ކްލަބްގެ ކާމިޔާބު ކެޕްޓަނެއް ކަމަށްވާ ޕައޮލޯ މަލްޑިނީ ނިންމައިފި އެވެ. މަލްޑިނީގެ އިތުރުން އޭނާއާ އެކު މަސައްކަތް ކުރަމުން އަންނަ މިލާންގެ ސްޕޯޓިން ޑިރެކްޓަރު، ފްރެޑެރިކް މައްސާރާ ވެސް ވަނީ އިތުރު ދެ އަހަރަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި މިހާތަނަށް ފެނުނު އެންމެ ކުޅަދާނަ އެއް ޑިފެންޑަރު، މަލްޑިނީ ވަނީ ޔޫތު ކެރިއަރުން ފެށިގެން ސީނިއާ ކެރިއަރު އެއްކޮށް، ޖުމްލަ 25 ވަރަކަަށް އަހަރު މިލާނުގައި ހޭދަކުރިއިރު، އެ ޓީމަށް 902 މެޗު ކުޅެދީފަ އެވެ. މިލާނާ އެކު އިޓަލީ ޗެމްޕިއަންކަން ހަތް ފަހަރު އަދި ޔޫރަޕުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދި އެވެ.

މަލްޑިނީ ވަނީ އިޓަލީ ގައުމީ ޓީމަށް 1988-2002 އަށް 126 މެޗު ކުޅެދީފަ އެވެ.

މަލްޑިނީ ނުވަ އަހަރަށް ފަހު މިލާނަށް އެނބުރި އައީ 2018 ވަނަ އަހަރު އެވެ. އެއީ އެ ކްލަބް ޒަމާނީ މޮޑެލަކަށް ހިންގަން ގެނެވުނު ބަދަލުގެ ތެރެއިން އުފެއްދި، ސްޕޯޓިން ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ އިސް ފަރާތެއްގެ ގޮތުން ޑިރެކްޓަރުގެ މަގާމަށެވެ.

މިލާނުން މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އެޅުމުގައި މަލްޑިނީ އަށް ބޮޑު ކްރެޑިޓެއް ހައްގުވާ ކަމަށް އިޓަލީގެ ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

އިޓަލީގެ ކްލަބްތަކަށް ރަސްމީކޮށް ޓްރާންސްފާ މާކެޓް އިއްޔެ ހުޅުވިއިރު، މަލްޑިނީ އެ ކްލަބްގައި ދެމިހުންނާނެކަން އެނގިގެންދިއުމަކީ އެ ޓީމުގެ ސަޕޯޓަރުންނަށް އުފާވެރި ހަބަރެކެވެ. އާ ކުޅުންތެރިން ގެންނަން މިލާނުން ކުރަމުން އަންނަ މަސައްކަތް ފަށާނީ، ލިވަޕޫލުން ހިލޭ ޓްރާންސްފާއެއްގައި އެ ޓީމަށް ބަދަލުވާން ނިންމާފައިވާ ޑިވޮކް އޮރީގީއާ އެކު އެވެ. މިދިޔަ ސީޒަނުގައި މިލާނަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު އަލެސަންދްރޯ ފްލޮރެންޒީ ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ދާއިމީ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox