ގައުމީ ވޮލީ ލީގު: ފަސް ސެޓު ކުޅެގެން ވެމްކޯ އިން ޕޮލިސް ބަލިކުރިއިރު، ސިޓީ އަށް ލީގު ޔަގީންވެއްޖެ

Jun 29, 2022, 7:20 PM
ގައުމީ ވޮލީ ލިގުގައި މިރޭ ޕޮލިހުގެ އަކިން ޖަހާ ޝޮޓެއް ބްލޮކްކުރަން ވެމްކޯގެ ފައިރޫޒް މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ގައުމީ ވޮލީ ލިގުގައި މިރޭ ޕޮލިހުގެ އަކިން ޖަހާ ޝޮޓެއް ބްލޮކްކުރަން ވެމްކޯގެ ފައިރޫޒް މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ގައުމީ ވޮލީބޯޅަ ލީގުގައި މިރޭ ކުޅުނު މެޗުން ކްލަބް ވެމްކޯ އިން ފަސް ސެޓު ކުޅެގެން ޕޮލިސް ކްލަބް އަތުން މޮޅުވުމާ އެކު، ބާކީ މެޗެއް އޮއްވައި، ސްޕޯޓްސް ކްލަބް ސިޓީ އަށް ލީގު ޔަގީންވެއްޖެ އެވެ.

މިއަދު ހަވީރު ސިފައިން އަތުން ސީދާ ތިން ސެޓުން ސިޓީ މޮޅުވުމުން، ދެން، ސިޓީ އަށް ޗެމްޕިއަންކަން ނުލިބުމުގެ ފުރުސަތެއް އޮތީ، ވެމްކޯ އިން ސެޓެއް ނުގެއްލި ބާކީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ވެމްކޯ އަށް މިރޭ ޕޮލިސް ބަލިކުރެވުނީ ފަސް ސެޓު ކުޅެގެން ކަމަށްވާތީ، ކުޅި ބަލަން އޮތް ސިޓީ އަށް ވަނީ ލީގު ޔަގީންވެފަ އެވެ. އެއީ ސިފައިންނަށް ފަހު ދެ މެޗުން މޮޅުވެގެން ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ދެ ޓީމު ބައްދަލުކުރި މެޗުން ސިޓީ މޮޅުވެފައިވާތީ އެވެ.

ސިޓީ އަށް މި ވަނީ ފުރަތަމަ ފަަހަރަށް އެސޯސިއޭޝަން ކަޕާއި ލީގު ޗެމްޕިއަންކަން ލިބިފަ އެވެ. މިއީ 2009 ވަނަ އަހަރު ވުޖޫދުވި ސިޓީ އަށް ވޮލީގައި އެންމެ ކާމިޔާބު އަހަރެވެ.

މި ފަހަރުގެ މުބާރާތުގެ މެޗެއްގެ ތެރެއިން ސިޓީގެ ކުޅުންތެރިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ ކުޅުނު ހަތަރު މެޗުން ސެޓެއް ވެސް ނުގެއްލި 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ސިފައިން ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު އެވެ. ވެމްކޯ ތިން ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޕޮލިހަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. ގުޑީސް ސްޕޯޓްސް ކްލަބާއި އޮއްފު އެފްސީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ގުޑީސް ދެ މެޗު ކުޅުނުއިރު، އޮއްފު ވަނީ ތިން މެޗު ކުޅެފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުތަކުގެ ސެޓުތައް ދިޔައީ 25-19، 25-17، 23-25، 20-25 އަދި 15-12 އިންނެވެ.

ވެމްކޯގެ ސެޓަރު ރަންޖީތު ސިންގް ދާން ޖެހުމުން، އެ ޓީމުން ގެނައި އިންޑިއާގެ އާ ސެޓަރު، ވިޕުލް ކުމާރުގެ ރަނގަޅު ބޯޅަތަކާ އެކު ފުރަތަމަ ދެ ސެޓު ޕޮލިހަށް މާ ބޮޑު ފުރުސަތެއް ނުދީ ވެމްކޯ އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ވެމްކޯގެ ސެންޓަ ބްލޮކަރު އަޝްވަލް ރާއީ އާއި ކެޕްޓަން، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ބޭނުންހިފައި، މާބޮޑު އުނދަގޫކަމެއް ނެތި، ފުރަތަމަ ދެ ސެޓު ގެންދިޔަ އެވެ. ހާއްސަކޮށް، ދެ ވަނަ ސެޓުގައި ވެމްކޯ އިން ބޮޑު ބައިގައި އޮތީ ބޮޑު ލީޑެއްގަ އެވެ. ވެމްކޯ އިން ފުރަތަމަ ދެ ސެޓު ގެންދިޔައީ، 25-19 އާއި 25-17 އިންނެވެ.

އެކަމަކު، ތިން ވަނަ ސެޓުގެ މެދަކާ ހަމައިން މެޗުގެ އޮއެވަރު ބަދަލުވާން ފެށި އެވެ. ޕޮލިހުގެ ސެޓަރު، މުއްތުސާމީ އަޕަވޫގެ ކުޅުން ރަނގަޅުވާން ފެށުމުން ސެޓުގެ މެދަކާ ހަމައިން ޕޮލިހުގެ އަނޫ ޖޭމްސް އާއި އަކިން އައްމާލް އަދި މާއިޝް އަހުމަދުގެ ރަނގަޅު ކުުޅުން ފެންނަން ފެށި އެވެ. ނަތީޖާ އަކަށްވީ ސެޓުގެ ފަހު ކޮޅުގައި 22-22 އާއި 23-23 އިން އެއްވަރުވެފައި އޮތް ނަމަވެސް ފަހު ވަގުތު ތަފާތު ދައްކައި، ޕޮލިހުން ސެޓު، 23-25 އިން ގެންގޮސް މެޗުގައި އުންްމީދެއް ހޯދީ އެވެ.

ޕޮލިހުގެ އަނޫ ޖޭމްސް (ވ) އަތްމަތިން ވެމްކޯގެ ކުޑަކާއްޓެ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ސެޓެއް ލިބުމާ އެކު ޕޮލިހުގެ ކުޅުމުން ކޮންފިޑެންސް ފެނުނެވެ. ހަތަރު ވަަނަ ސެޓުގައި ވެމްކޯގެ އެޓޭކްތައް ރިސީވް ކުރުމާއި ޑިފެންސް ބޯޅަތަކުގައި ޕޮލިހުގެ ލިބަރޯ، މުހައްމަދު ނައީމް (ނައިންޓެ)ގެ ރަނގަޅު ކުޅުން ފެނުނުއިރު، ޕޮލިހުން މި ސެޓުގައި ރަނގަޅު ލީޑެއްގައި ވެސް އޮތެވެ. އެ ފޯމުގައި ކުޅެލައި، 20-25 އިން މި ސެޓު ގެންގޮސް، ނަތީޖާ ނެރޭ ސެޓާ ހަމައަށް މެޗު ގެންދިޔަ އެވެ.

ފަސް ވަނަ ސެޓުގައި، ވެމްކޯ ވަނީ އަލުން ކުރީގެ ހިތްވަރު ނެރުމުގެ އިތުރުން އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ އަޝްފާގު އާދަމް (އައްކަޅޭ) އާއި ކުޑަކާއްޓެގެ އިތުރުން ގައުމީ ޓީމުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުން އަންނަ އާދަމް ފައިރޫޒްގެ ރަނގަޅު ކުޅުން ދައްކައިފަ އެވެ. މި ސެޓުގައި 10-10 އިން ދެ ޓީމު އެއްވަރުވި ނަމަވެސް ހަގީގަތުގައި ސެޓުގެ ކޮންޓްރޯލް ނަގައިގެން ކުޅެމުން ދިޔައީ ވެމްކޯ އެވެ. އެ ޓީމުން 15-12 އިން ސެޓު ގެންގޮސް މެޗުން މޮޅުވީ އެވެ.

ގައުމީ ލީގު ނިމުމަށްފަހު މި އަހަރުގެ ގައުމީ މުބާރާތުގެ ކުޅުން ފަށާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހަވީރެވެ. ގައުމީ މުބާރާތަށް ކޮލިފައިވާނީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ސިފައިން ކުޅޭނީ ގުޑީސް ސްޕޯޓްސް ކްލަބާ އެވެ. މާދަމާރޭ ކުޅޭ މެޗުގައި ޕޮލިހުން ނުކުންނާނީ އޮއްފުއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox