ބީއެމްއެލް ނަމުގައި ގުޅައިގެން ޖަމާކުރި މީހެއްގެ ފައިސާ ބޭނުންކުރުމުން ޖޫރިމަނާގެ އަދަބެއް

ކްރިމިނަލް ކޯޓު ސަރަހައްދު: އޮޅުވާލައިގެން ޖަމާކުރި ފައިސާގެ ބައެއް ބޭނުން ކުރުމުން ޖޫރިމަނާގެ އަދަބެއް ދޭން ހުކުމް އިއްވައިފި

ކްރިމިނަލް ކޯޓު ސަރަހައްދު: އޮޅުވާލައިގެން ޖަމާކުރި ފައިސާގެ ބައެއް ބޭނުން ކުރުމުން ޖޫރިމަނާގެ އަދަބެއް ދޭން ހުކުމް އިއްވައިފި

ބީއެމްއެލް ނަމުގައި ގުޅައިގެން ބިދޭސީއަކު އަތުން ފައިސާ ޓްރާންސްފާ ކުރުމަށް ފަހު، އެ ފައިސާއިން ބައެއް ބޭނުން ކުރި ކަމަށް އެއްބަސްވުމުން, ގާތްގަނޑަކަށް އެ ފައިސާއަށްވާ އަދަދަކުން ޖޫރިމަނާ ކުރުމަށާއި މުޖުތަމައަށް ހިދުމަތް ކުރުމުގެ އަދަބު ކަނޑައަޅަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ އަލީ އާދަމް ބެއްލެވި އެ މައްސަލާގައި މިދިޔަ އާދީއްތަ ދުވަހު ހުކުމްކުރީ ޏ. ފުވައްމުލައް، ދަނޑިމަގު، ސަންޝައިން، ނިޝާދު އަހުމަދުގެ މައްޗަށެވެ.

ދައުލަތުން ކުރާ ދައުވާގައި ބުނާ ގޮތުން ކާކު ކަން ނޭނގޭ މީހަކު ޒިމްބާބްވޭ މީހެއް ކަމަށްވާ ޓަވާނޯ ގުމްބޫއަށް މާޗު 5، 2018 ގައި ބީއެމްއެލް ނަމުގައި ގުޅި އެވެ. އަދި ބީއެމްއެލްގައި ނިޝާދުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް 7191 އެމެރިކާ ޑޮލަރު (110,381 ދިވެހި ރުފިޔާ) ޓްރާންސްފާ ކުރަން އެދުމުން ޓަވާނޯ ގުމްބޫ އެކަން ކޮށްދިން ކަމަށެވެ.

ބަޔަކު އޮޅުވާލައިގެން ޓަވާނޯ ގުމްބޫ ލައްވައި ޓްރާންސްފާ ކުރުވި އެ ފައިސާއަކީ ނިޝާދުގެ ފައިސާ ނޫން ކަން އެނގި ހުރެ އޭގެ ތެރެއިން 74،700 ރުފިޔާ ބޭނުން ކުރި ކަމަށް ދައުލަތުން ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި ބަޔާންކޮށްފައިވެ އެވެ.

އެ މައްސަލާގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން އިއްވި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއަށް ނިޝާދު ވަނީ އިއުތިރާފް ވެފަ އެވެ. އެހެންވެ މައްސަލަ ނިންމީ އަވަސް ނިޔާގެ ދަށުންނެވެ.

ގާނޫނުގައި މި ކުށަށް ކަނޑައަޅާފައިވާ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެކެވެ. އެހެން ނަމަވެސް އަދަބު ލުއިކޮށްދޭން ނިންމަވައި، 72،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި 12 ދުވަހަށް ޖަލަށް ލުމަށާއި 68.5 ގަޑިއިރަށް މުޖުތަމައަށް ހިދުމަތްކުރަން ޖެހޭ ގޮތަށް ހުކުމް އިއްވެވި އެވެ.

އަދަބު ލުއިކޮށްދޭން ނިންމި ސަބަބު

އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ނިޝާދަށް ދެވަނަ ފަހަރަށް ފުރުސަތު ދިނުމުން އޭނާ ވަނީ އޭނާގެ ކުށުގެ ރެކޯޑު ވެސް ސާފުވުމުން އަދިވެސް އޭނާގެ އަދަބު ލުއިކޮށް، ވީހާވެސް ލުއި އަދަބެއް ކަނޑައެޅުމަށް އެދިފަ އެވެ.

ނިޝާދު ބުނެފައިވާ ގޮތުގައި އޭނާ 2018 ވަނަ އަހަރުގެ ތެރޭގައި އެ ކުށްކުރީ މަސްތުގެ ހާލަތުގައި ހުރެގެނެވެ. އަދި އޭގެ ފަހުން އޭނާގެ މަންމަ މަރުވެ، މަންމަ މަރުވި ފަހުން އޭނާ އެ ކަންކަމުން ދުރުވެ ނަފްސު އިސްލާހުވެފައިވާ ކަމަށް އޭނާ ކޯޓުގައި ބުނެފައިވެ އެވެ.

ނިޝާދު މިހާރު ވަޒީފާއެއް ވެސް އަދާކުރެ އެވެ. އޭނާ ކޯޓަށް ހުށަހަޅާފައިވާ، އޭނާ މަސައްކަތް ކުރާ ކުންފުނީގެ ލިޔުންތަކުން ދައްކާ ގޮތުގައި އޭނާއަށް މަހަކު 15،000ރ.ގެ މުސާރައެއް ލިބެ އެވެ. އެހެންވެ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދޭން އެދުނެވެ.

އެ ކަންކަމަށް ރިއާޔަތް ކުރެއްވުމަށް ފަހު ގާޒީ ނިންމެވީ އެއް އަހަރު ދުވަހަށް ޖަލަށް ލުމުގެ އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލު ކުރެއްވުމަށެވެ. އަދި އަށް މަސް ދުވަހުގެ ތެރޭގައި މީރާއަށް 72،000ރ. ޖޫރިމަނާ ދެއްކުމަށް ހުކުމް އިއްވެވި އެވެ.

މީގެ އިތުރަށް ޖަލު ހުކުމުގައި ބާކީ އޮތް 12 ދުވަހު ޖަލުގައި ބަންދު ކުރުމަށާއި، 68.5 ގަޑިއިރަށް މުޖުތަމައަށް ހިދުމަތް ކުރަން ޖެހޭ ގޮތަށް ކަނޑައެޅީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox