މޯދީއަށް ފާޑުކިޔާ ނޫސްވެރިއަކު ހައްޔަރުކޮށްފި

މުހައްމަދު ޒުބައިރް. -- ފޮޓޯ: ޓްވިޓާ/ ޒޫބެއާ

މުހައްމަދު ޒުބައިރް. -- ފޮޓޯ: ޓްވިޓާ/ ޒޫބެއާ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަަ މޯދީއަަށް ވަރަށް ބޮޑަށް ފާޑުކިޔާ އިންޑިއާގެ ނޫސްވެރިއަކު ހައްޔަރުކޮށްފި އެވެ.

މުހައްމަދު ޒުބައިރަކީ ފެކްޓް ޗެކިން ނުވަތަ މައުލޫމާތުގެ ތެދުކަން ކަށަވަަރު ކުރާ ވެބްސައިޓް އޯލްޓްނިއުސްގެ ކޯފައުންޑަރެވެ. އޭނާއަށް ތުހުމަތު ކުރަނީ ޓްވިޓާގައި ދީނީ ގަބޫލުކުރުންތަކަށް މަލާމާތް ކުރި ކަމަށެވެ.

އިދިކޮޅު ލީޑަރުންނާއި ނޫސްވެރިން ވަނީ އޭނާ ހައްޔަރު ކުރުމުން ފާޑުކިޔައިފަ އެވެ. އޭނާ ހައްޔަރު ކުރުމަކީ ހިންދޫންގެ ސަރުކާރުން ހިޔާލު ފާޅު ކުރުމުގެ މިނިވަަންކަމަށް ހުރަސް އެޅުމަށް އެޅި އިތުރު ފިޔަވަޅެއްގެ ގޮތުގައި ދަނީ ސިފަކުރަމުންނެވެ.

ވެރިކަން ކުރާ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާނަކު ދާދި ފަހުން ޓީވީ ޗެނަލެއްގަައި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަަލައިގައި ޒުބައިރް ވަރަށް ބޮޑަށް އެކްޓިވްވި އެވެ.

އެ މައްސަލައިގައި އޭނާ ކުރި ޓްވީޓަށް ބޮޑު ސަމާލުކަމެއް ލިބި، ގިނަ މުސްލިމް ގައުމުތަކުން އިންޑިއާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

އޭގެ ފަހުން ހިންދޫންގެ ގިނަ ބަޔަކު ދަނީ ކުރިން ޒުބައިރް ކޮށްފައިވާ ބައެއް ޓްވީޓުތައް ދެނެގަނެ، ހިންދޫ ދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އޭނާ ހައްޔަރު ކުރުމަށް ގޮވަން ފަށާފަ އެވެ.

އޯލްޓްނިއުސްގެ ކޯފައުންޑަރު ޕްރަތީކް ސިންހާ ބުނީ ޒުބައިރްއާ އެކު އޭނާ ފުލުސް އޮފީހަށް ދިޔަ ކަމަށާއި ހައްޔަރު ކުރީ ކޮން ޝަކުވާއަކާ ގުޅިގެންކަން ބުނެ ދިނުމަށް ފުލުހުން އެއްވެސް ލިޔުމެއް ނުދަައްކާ ކަމަށެވެ.

އަދި ފުލުސް އޮފީހަށް ހާޒިރު ކުރީ ހައްޔަރު ކުރަންކަން ވެސް އަންގާފައެއް ނުވެ އެވެ. ނޫސްވެރިންނާއި އެކްޓިވިސްޓުން ދަނީ ވަގުތުން އޭނާ މިނިވަން ކުރުމަށް ޑިމާންޑް ކުރަމުންނެވެ.

ހޯމަ ދުވަހު ޒުބައިރް ހައްޔަރު ކުރި އިރު، މިދިޔަ ހޮނިހިރު ދުވަހު ވަނީ މޯދީއަށް ފާޑުކިޔާ އެކްޓިވިސްޓަކު ވެސް ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox