އެއް މިލިއަން ޔޫރޯގެ ނަގުދު ފައިސާ ހުރި ފޮއްޓެއް ޗާލްސްއަށް ލިބިވަޑައިގެންނެވި

އިނގިރޭސިވިލާތުގެ ވަލީ އަހުދު އަމީރު ޗާލްސް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިނގިރޭސިވިލާތުގެ ވަލީ އަހުދު އަމީރު ޗާލްސް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ގަތަރުގެ ކުރީގެ ބޮޑު ވަޒީރަކު ފޮނުއްވި އެއް މިލިއަން ޔޫރޯގެ ނަގުދު ފައިސާ ހުރި ފޮއްޓެއް އިނގިރޭސި ވަލީ އަހުދު އަމީރު ޗާލްސް ގަބޫލުކުރެއްވި ކަމަށް ސަންޑޭ ޓައިމްސް ނޫހުން ރިޕޯޓުކޮށްފި އެވެ.

އެ ނޫހުން ބުނީ ނަގުދު ފައިސާގެ އެހީގެ ގޮތުގައި ޝެއިހް ހަމަދް ބިން ޖާސިމް ތިން ފަހަރު ފޮށި ފޮނުއްވި ކަމަށެވެ. އެގޮތުން ފޮނުއްވި ފައިސާގެ ޖުމްލަ ތިން މިލިއަން ޔޫރޯއަށް އަރަ އެވެ.

އިނގިރޭސި ޕްރިންސް އޮފް ވޭލްސްގެ ފަރާތުން ކްލެރެންސް ހައުސްގެ އޮފިޝަލުން ވިދާޅުވީ ހުރިހާ އެހީއެއް ވެސް އުސޫލާ އެއް ގޮތަށް ޕްރޮސެސްކޮށް، ޗާލްސްގެ ޗެރިޓީ ޖަމިއްޔާއަކަށް ފޮނުވުނު ކަމަށެވެ.

Advertisement

ގަތަރުގެ ކުރީގެ ބޮޑު ވަޒީރު ފޮނުއްވި ނަގުދު ފައިސާގެ އެހީއަކީ ގާނޫނުން މަނާ ކަމެއްގެ ގޮތުގައި ފާހަގަނުވާ ކަމަށް ބީބީސީއިން ބުނެ އެވެ.

އެ ފައިސާ ފޮނުވީ ޕްރިންސް އޮފް ވޭލްސް ޗެރިޓެބަލް ފަންޑަށް ކަމަށް ކްލެރެންސް ހައުސް އޮފިޝަލުން ވިދާޅުވި އެވެ. އެ ފަންޑުން ބުނީ އެހީ ލިބުނީ ސައްހަ ގޮތުގައި ކަމަށް އޮޑިޓަރުން ކަނޑައެޅި ކަމަށެވެ.

ޗާލްސްގެ ޗެރިޓީތަކަށް އެހީގެ ގޮތުގައި ލިބޭ ފަައިސާގެ ކަންކަން ނޫސްތަކުން ބަލަން ފެށީ ސައުދީ އަރަބިއްޔާގެ ޑޯނަަރަކަށް އިނގިރޭސި "އޮނާ" ލަގަބު އަދި ރައްޔިތުކަން ދޭން ޗެރިޓީއަކުން ހުށަހެޅި ކަމުގެ ތުހުމަތު ފެންމަތިވުމުންނެވެ.

މި އަހަރުގެ ކުރީކޮޅު އިނގިރޭސި ފުލުހުން ބުނީ އެ ތުހުމަތު ފެންމަތިވުމުން އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox