ލޯނުތައް ނުދެއްކި ރަޝިއާ ޑީފޯލްޓުވުމުގެ ތުންފަތް މަތީގައި

ރަޝިއާގެ ފިނޭންސް މިނިސްޓަރު އެންޓޮން ސިލުއަނޯވް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ރަޝިއާގެ ފިނޭންސް މިނިސްޓަރު އެންޓޮން ސިލުއަނޯވް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި ރަޝިއާއިން ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު އާދީއްތަ ދުވަހުގެ ސުންގަޑީގެ ކުރިން ނުދެއްކި، 1998 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެ ގައުމު ޑީފޯލްޓް ވާން ގާތްވެއްޖެ އެވެ.

ރަޝިއާ އަތުގައި ފައިސާ އެބަ ހުއްޓެވެ. އަދި އެ ފައިސާ ދައްކަން ވެސް އެ ގައުމު ތައްޔާރެވެ. ނަމަވެސް ޔޫކްރެއިން ހަނގުރާމައާ ހެދި އަޅާފައި ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ބައިނަލްއަގްވާމީ ކްރެޑިޓަރުންނާ ހަމައަށް ފައިސާ ފޮނުވޭނެ ގޮތެއް ނެތެވެ.

ރަޝިއާ ފިނޭންސް މިނިސްޓަރު ވިދާޅުވީ މިއީ "ބޮޑު ޖޯކެއް ކަހަލަ ހާލަތެއް" ކަމަށެވެ. އެމެރިކާ އާއި އީޔޫއިން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ބައިނަލްއަގްވާމީ ބޭންކިން ނެޓްވޯކްގައި ރަޝިއާއަށް އެއްވެސް މުއާމަލާތެއް ނުކުރެވެ އެވެ.

Advertisement

ރަޝިއާގެ ސަރުކާރުން ބުނީ ސުންގަޑީގެ ކުރިން ހުރިހާ ފައިސާއެއް ދައްކަން ބޭނުންވާ ކަމަށެވެ. ހަނގުރާމަ ފެށި ފަހުން ފާއިތުވި ހަތަރު މަހު އެ ގައުމުން ވަނީ ސުންގަޑީގެ ކުރިން ފައިސާ ދެއްކޭނެ ގޮތް ހޯދާފަ އެވެ.

ރަޝިއާގެ 40 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެނީ ޑޮލަރުން ނުވަތަ ޔޫރޯއިންނެވެ. އޭގެ 50 ޕަސެންޓަކީ ބޭރުގެ ދަރަންޏެވެ.

އިންޓްރެސްޓް ގޮތުގައި 100 މިލިއަން ޑޮލަރު ދައްކަން ޖެހުނީ 27 މޭ ގެ ކުރިންނެވެ. ރަޝިއާއިން ބުނީ ޔޫރޯކްލިއާ ބޭންކަށް ފައިސާ ފޮނުވާފައި ވާނެ ކަމަށެވެ. ނަމަވެސް ބްލޫމްބާގް ނިއުސްއިން ބުނީ އެ ބޭންކުން ފައިސާ ޕްރޮސެސް ނުވެ ތާށިވެފައިވާ ކަމަށެވެ.

ތަޖުރިބާކާރުން ބުނީ ސުންގަޑި ހަމަވި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކްރެޑިޓަރުންނަށް ފައިސާ ނުލިބިއްޖެ ނަމަ ރަޝިއާ ޑީފޯލްޓް ވާނެ ކަމަށެވެ.

ރަޝިއާގެ މުއާމަލާތް ބްލޮކް ކުރި ކަމަށް ޔޫރޯކްލިއާއިން ނުބުނެ އެވެ. ނަމަވެސް އަޅާފައިވާ ހުރިހާ ބައިނަލްއަގްވާމީ ފިޔަވަޅުތަކަށް އަމަލު ކުރާ ކަމަށް ބުންޏެވެ.

ފިޔަވަޅުތަކުގެ މައްސަލައިގައި ރަޝިއާއިން އެންމެ ފަހުން ޖޫން 23 ވަނަ ދުވަހު ބުނީ މުސްތަަގްބަލުގައި ހުރިހާ ދަރަންޏޭއް އަދާ ކުރާނީ އެ ގައުމުގެ ނޭޝަނަލް ސެޓްލްމަންޓް ޑިޕޮޒިޓަރީ ބޭންކް މެދުވެރިކޮށް ރޫބްލްސްއިން ކަމަށެވެ. އެކަމަކު އެއްބަސްވުންތަކުގައި ބުނެފައި ވަނީ އަގު އަދާ ކުރަން ވާނީ ޑޮލަރުން ނުވަތަ އެހެން ބޭރު ފައިސާއިން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox