ލަންކާ ޓުއާ ތިން ވަނަ މެޗުން ވެސް ރާއްޖޭގެ ކްރިކެޓް ޓީމަށް މޮޅެއް

Jun 26, 2022, 3:46 AM
ލަންކާ ޓުއާ ތިން ވަނަ މެޗުން ވެސް ރާއްޖޭގެ ކްރިކެޓް ޓީމަށް މޮޅެއް

އަންނަ މަހު މެލޭޝިއާގައި ކުރިއަށްދާ ކުއަޑް މުބާރާތަށް ތައްޔާރުވާން މިހާރު ސްރީ ލަންކާގައި ގައުމީ ކްރިކެޓް ޓީމުން ކުރިއަށްގެންދާ ޓުއާގައި ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.

ފުރަތަަމަ މެޗުގައި ލިބަޓީ ސީސީ އަތުން ރާއްޖެ މޮޅުވީ ކެޕްޓަން އަޒްޔާން ފަރުހަތުގެ ސެންޗަރީއާ އެކު 57 ލަނޑުންނެެވެ. ދެ ވަަނަ މެޗުގައި ސްރީ ލަންކާ ލައިޓް އިންފެންޓްރީއާ ވާދަކޮށް ރާއްޖެ ވަނީ ފަސް ލަނޑުން މޮޅުވެފަ އެވެ. ރާއްޖޭން ތިން ވަނަ މެޗުގައި އިއްޔެ ނުކުތީ ސްލިޓް ޔުނިވާސިޓީ ޓީމާ ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކުރީ ދެ ލަނޑުންނެވެ.

ލަންކާ ޓުއާގައި ޖުމްލަ ހަތް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، އިއްޔެގެ މެޗު ކުރިއަށްދިޔައީ ކޮލަމްބޯގެ މޮރަޓުވާ ސްޓޭޑިއަމްގަ އެވެ. ޓޮސް ދިމާވުމުން ރާއްޖޭން ނިންމީ ބެޓް ކުރުމަށެވެ. ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ރާއްޖޭން ވަނީ 120 ލަނޑު އެއްކޮށްފަ އެވެ. ރާއްޖޭން އެންމެ ގިނަ ލަނޑު އެއްކުރީ 32 ބޯޅައިން 29 ލަނޑު ހެދި މުހައްމަދު ރިޝްވާން އާއި 17 ބޯޅައިން 25 ލަނޑު ހެދި ހަސަން ހާޒިގް ރަޝީދު އެވެ.

ޖަވާބުގައި ސްލިޓުން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 118 ލަނޑެވެ. ރާއްޖޭގެ އަމީލް މައުރޫފް އާއި ވައިސް ކެޕްޓަން، އާދަމް ނާސިފް އުމަރު ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގައިފަ އެވެ.

ސްރީ ލަންކާ ޓުއާގައި ދެން ގައުމީ ޓީމު ކުޅޭ މެޗުތަކުގައި ނުކުންނާނީ ޕެނަޑޫރާ ސްޕޯޓްސް ކްލަބާއި ޕްރިންސް އޮފް ވޭލްސް ކޮލެޖްގެ 19 އަހަރުން ދަށުގެ ޓީމާއި އަދި ސްރީ ލަންކަން ނެޝަނަލް ޑެފް ކްރިކެޓް ޓީމާ ދެކޮޅަށެވެ.

ރާއްޖޭން ލަންކާގައި މި ކުރިއަށްގެންދާ ޓުއާ އަކީ އަންނަ މަހު 1-12 އަށް މެލޭޝިއާގައި ބާއްވާ ކުއޮޑް ސީރީސް އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޓުއާ އެކެވެ. އަންނަ މަަހު އޮތް މެލޭޝިއާ މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ބޫޓާން އާއި ތައިލެންޑް އެވެ. މީގެ ކުރިން ވެސް މެލޭޝިއާ މުބާރާތްތަކުގައި ވާދަކޮށް ރާއްޖޭން ކާމިޔާބު ހޯދާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox