ލީގު ބުރުުގައި ސިފައިން އަތުން ބަލިވުން ވެމްކޯ އިން ނެގީ ފިލާވަޅެއް ގޮތަށް

Jun 22, 2022, 5:58 AM
ވެމްކޯގެ ކޯޗު ނިޒާރު: ލީގު ބުުރުގައި ސިފައިން އަތުން ބަލިވި ހިސާބަކީ ވެމްކޯ އަށް ފެށުމެއް ކަމަށް ބުނެފައިވޭ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ވެމްކޯގެ ކޯޗު ނިޒާރު: ލީގު ބުުރުގައި ސިފައިން އަތުން ބަލިވި ހިސާބަކީ ވެމްކޯ އަށް ފެށުމެއް ކަމަށް ބުނެފައިވޭ.-- ފޮޓޯ: އިމޭޖަސް.އެމްވީ

މި ފަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގެ ކޮލިފައިން ބުރުން ފެށިގެން ފައިނަލާ ހަމައަށް ދިޔައިރު، ކްލަބް ވެމްކޯ ބަލިވީ އެންމެ މެޗަކުންނެވެ. އެއީ ލީގު ބުރުގެ ތިން ވަނަ މެޗުގައި ދިވެހި ސިފައިންގެ ކްލަބް އަތުން ސީދާ ތިން ސެޓުންނެވެ.

ވެމްކޯ އިން އެސޯސިއޭޝަން ކަޕްގެ ފައިނަލުން ފުރުސަތު ހޯދީ ރޭ ކުޅުނު ޕްލޭއޮފް މެޗުގައި ސިފައިން އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ސިފައިން އަތުން ބަދަލުހިފައި، ވެމްކޯ އިން މި ވަނީ ފިިރިހެން ޑިވިޝަނުގައި ފުރަތަމަ ފަހަރަށް ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

"އެ ބައްޔަކީ (ލީގު ބުރުގައި ސިފައިން އަތުން ބަލިވުމަކީ) ފެށުން ހަގީގަތުގައި، ކުޅިވަރުގައި ހާއްސަކޮށް ބައްޔަކީ (އާ) ފެށުމެއް. ވެމްކޯގެ މެނޭޖްމަންޓާއި ވެމްކޯގެ ސަޕޯޓަރުންގެ ހިތްވަރާއި ޓީމު އެކުރި ހިތްވަރުން މިި މުބާރާތުގެ ފައިނަލަށް އިރާދަކުރެއްވިއްޔާ މި ދެވުނީ. ހާއްސަކޮށް ސިފައިންގެ މެޗުން ބަލިވުމުން ވަރަށް ބޮޑަށް ތައްޔާރުވެގެން އައި ދެ މެޗު މިއީ، އެއް މެޗަކީ ޕޮލިސް މެޗާއި ސިފައިންގެ މެޗު، އެ ކާމިޔާބު އަޅުގަނޑުމެންނަށް ލިބިގެން މިދިޔައީ،" ރޭގެ ޕްލޭއޮފް މެޗަށް ފަހު ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ބުންޏެވެ.

ނިޒާރު ދެކޭގޮތުގައި ވެމްކޯ އަށް ފައިނަލުގެ ޖާގަ ލިބުނީ އެ ޓީމުގެ ކުޅުންތެރިންގެ ވޯކް ރޭޓް ރަނގަޅުވުމާއި ކޯޗުންނާއި ކުޅުންތެރިންގެ އިތުބާރު ޓީމެއްގެ ގޮތުގައި ބޮޑުވުމުންނެވެ. އަނެއްކޮޅުން ޕްލޭއޮފް މެޗަށް އައިއިރު، ވެމްކޯ އަށް ދިމާވެފަައިވާ ކުދިކުދި އަނިޔާގެ މައްސަލަތަކަށް ހައްލު ލިބިފައިވުމަކީ ވެސް ރޭގެ މެޗުން ތަފާތުކޮށް މޮޅުވަން ލިބުނު ފަސޭހަ އެކެވެ.

ވެމްކޯ އަށް ލިބުނު ތިން ބިދޭސީ ކުޅުންތެރިންގެ ތެރެއިން، އިންޑިއާގެ އަމިތުސިންހް އަށް ފުރަތަމަ މެޗުގައި އަނިޔާވެ މުބާރާތް ނިމުނުއިރު، އޭނާ ވަނީ އޮޕަރޭޝަން ކުރަން ޖެހޭތީ އިންޑިއާ އަށް ގޮސްފަ އެވެ. ދެން ވެމްކޯގައި ހިމެނޭ ބިދޭސީ ކުޅުންތެރިންނަކީ، ސެންޓަ ބްލޮކަރު އަޝްވަލް ރާއީ އާއި ސެޓަރު، ރަންޖިތު ސިންގް އެވެ.

ނިޒާރު ބުނީ ރަންޖިތު އާއި އަޝްވަލްގެ ސަޕޯޓް ހުރިހާ ގޮތަކުން ވެސް ލިބޭ ކަމަށެވެ.

"ފައިނަލް މެޗަށް ނުކުންނައިރު ވެސް އަޅުގަނޑުމެންނަށް އެނގޭ ޓީމު އޮތް ފެންވަރާއި އޮތް ހާލަތާ އެއްޗެހި. އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން ނުކުންނާނީ،" ބުރާސްފަތި ދުވަހުގެރޭ ސްޕޯޓްސް ކްލަބް ސިޓީއާ ދެކޮޅަށް ކުޅޭ ފައިނަލާ ބެހޭގޮތުން ނިޒާރު ބުންޏެވެ.

ސިޓީ އަތުން ސީދާ ތިން ސެޓުން މޮޅުވެވޭނެތޯ އެހުމުން ނިޒާރު ބުނީ ޔަގީންކަމާ އެކު އެގޮތަށް ނުބުނެވޭނެ ކަމަށާއި އެކަމަކު، ވެމްކޯގެ ގޭމް ކުޅެވިއްޖެނަމަ ފައިބާނީ މޮޅުވެގެން ކަމަށެެވެ.

"ސިޓީ ޓީމަށް ބަލާއިރު، ސިޓީ ޓީމަކީ ވަރަށް ވަރުގަދަ މޮޅު ޓީމެއް. ހާއްސަކޮށް މި މުބާރާތުގައި ވަކި ދަށް ޓީމެކޭ ބުނެވޭ ވަރުގެ ޓީމެއް ނެތް، ހަމަ ކުޅެގެން މޮޅުވާން ޖެހޭނީ. ކުޅެގެން ވަރުގަދަ ފައިޓެއް ދީގެން މޮޅުވެވޭނީ، އަޅުގަނޑުމެން މަސައްކަތް ކުރަނީ ކަންކަން ރަނގަޅުކުރަން، ވާހަކަ އަކީ ހުރިހާ އެންމެން ދޭ ހިތްވަރާއި ކުޅުންތެރިންގެ މަސައްކަތް މިއީ،" ނިޒާރު ބުންޏެވެ.

ސިފައިންގެ ޓީމުގެ ކޯޗު ޖުނައިދު: ވެމްކޯއާ ދެކޮޅަށް ޕްލޭއޮފްގައި ސިފައިންގެ އަސްލު ފެންވަރުގެ ކުޅުމެއް ނުދެއްކޭ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: އިމޭޖަސް،އެމްވީ

އެންމެ ފަހުގެ ޗެމްޕިއަން ސިފައިން މި ފަހަރުގެ މުބާރާތް ފެށީ ސިޓީ އާއި ޕޮލިސް އަތުން ބަލިވެގެންނެވެ. އެކަމަކު، ދެން ކުޅުނު ތިން މެޗުން ވަނީ ވެމްކޯ އާއި އޮއްފު އެފްސީ އަދި ގުޑީސް ސްޕޯޓްސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.

ޖެހިޖެހިގެން ތިން މޮޅު ހޯދުމަށް ފަހު ރޭގެ ޕްލޭއޮފަށް އައި ނަމަވެސް އެ މެޗުގައި ފެނުނީ ސިފައިންގެ ފަރާތުން ދަށް ކުޅުމެކެވެ. ސެޓެއް ވެސް ނުލިބި ބަލިވިއިރު، އެކަށީގެންވާ ވަރުގެ ފައިޓެއް ވެސް ނުދެވުނެވެ.

ސިފައިންގެ ޓީމުގެ ކޯޗު ޖުނައިދު އަބްދުﷲ ބުނީ ރޭ ވެމްކޯ އަތުން ބަލިވީ ސިފައިންގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް މެޗު ފަސޭހަކޮށް ނެގުމުގެ އިތުރުން އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

"ހަމަ ނުކުޅެވިގެންދިޔައީ. ތަންކޮޅެއް ބޮޑަށް އީޒީ (ފަސޭހަ) ކޮށްލެވުނީ. އަނެއްހެން ބުނަންޏާ ވަކި ކުޅުންތެރިއެއް ނެތް، ބޭރު ކުޅުންތެރިންނަށް ވެސް އީޒީކޮށް ނެގުނީ، އެއީ މައްސަލަ އަކީ،" ޖުނައިދު ބުންޏެވެ.

"މެޗަށް ތައްޔާރުވާން ޖެހޭ ވަރަށް ވެސް ނުވެ މި އާދެވުނީ. ދެން މިސްޓޭކަށް ބަލާއިރު، ވަރަށް އީޒީ ސާވިސްތަކެއް މި ދިޔައީ. ރިސީވް ވެސް ނުދެވި، ގޭމް ތެރެއަށް ވެސް ނުވަދެވި. އަމިއްލަ މިސްޓޭކުން މި ބަލިވީ. ކުޅުންތެރިން މެޗުން މޮޅުވާން މާ ބޮޑަށް ބޭނުންވެފައި ހުރެގެން ވިސްނާނުލެވި ކުޅެވިފައި މި ހުރީ،"

ސިފައިންގެ ޓީމު މި ފަހަރުގެ މުބާރާތް ފަށަން ޖެހުނީ އުނދަގޫކޮށް ނަމަވެސް ފަހުން ފޯމަކަށް އެޅުނު ކަމަށް ޖުނައިދު ފާހަގަކުރި އެވެ. އެކަމަކު، ޕްލޭއޮފުން ބަލިވެ މުބާރާތް ނިންމާލަން ޖެހުނީ ފަހު މެޗުގައި އަމިއްލަ ފެންވަރުގައި ވެސް ނުކުޅެވި ކަމަށް ޖުނައިދު ބުންޏެވެ.

ސިޓީ އާއި ވެމްކޯ ކުޅޭ ފައިނަލް މެޗު ފަށާނީ ބުރާސްފަތި ދުވަހުގެރޭ 20:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox