އިނގިރޭސިވިލާތުގައި މަންކީޕޮކްސް ވެކްސިން ޖަހަން ފަށަނީ

މަންކީޕޮކްސްއަށް ޓެސްޓުކޮށްފައިވާ ސާމްޕަލްތަކެއް. -- ފޮޓޯ: ރޮއިޓާޒް

މަންކީޕޮކްސްއަށް ޓެސްޓުކޮށްފައިވާ ސާމްޕަލްތަކެއް. -- ފޮޓޯ: ރޮއިޓާޒް

ލަންޑަން، އިނގިރޭސިވިލާތް (ޖޫން 21) - މަންކީޕޮކްސް ޖެހުމުގެ ނުރައްކާ ބޮޑު، އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް އެ ބަލީގެ ވެކްސިން ދިނުމަށް އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އެޖެންސީން ލަފާ ދީފި އެވެ.

ހޯމަ ދުވަހާ ހަމައަށް މަންކީޕޮކްސްގެ 793 ކޭސް މުޅި އިނގިރޭސިވިލާތުން ރިޕޯޓުކޮށްފައިވެ އެވެ. ޔޫކޭއެޗްއެސްއޭގެ އޮފިޝަލް މޭރީ ރަމްސީ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ ސަބަބުން ބަލި ފެތުރުން ލިމިޓް ކުރެވުނު ނަމަވެސް "އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ތެރޭގައި ކޭސްތައް އިތުރުވަމުންދާ" ކަމަށެވެ.

"ނުރައްކާ ބޮޑު ފަރާތްތަކަށް ވެކްސިން ޖަހަން ހުޅުވާލުމުން، ބަލި ފެތުރުން ކޮންޓްރޯލް ކުރަން ފަސޭހަ ވާނެ،" އޭނާ ވިދާޅުވި އެވެ.

މަންކީޕޮކްސް ވައިރަސްއަކީ ޖިންސީ ގުޅުމުގެ ސަބަބުން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް މިހާތަނަށް ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް އެއީ ގައިގޯޅިވެ އުޅުމުން ޖެހުމުގެ ފުރުސަތު އޮންނަ ބައްޔެކެވެ.

ޔޫކޭއެސްއެސްއޭއިން ލަފާ ދިނީ ބަލީގެ ނުރައްކާ ބޮޑު ފިރިހެނުންނަށް، ސްމޯލްޕޮކްސްއަށް ހާއްސަ އިމްވަނެކްސް ވެކްސިން ދިނުމަށެވެ.

އިނގިރޭސި ސަރުކާރަށް ސައިންސްގެ ލަފާ ދޭ ޖޮއިންޓް ކޮމިޓީ އިން ވެކްސިނޭޝަން އެންޑް އިމިއުނައިޒޭޝަނުން ވެސް އެ ލަފަޔަށް ތާއީދު ކުރެ އެވެ.

މަންކީޕޮކްސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި، ގޮށްލުމާއި، މުޅި ގައިގައި ފޮޅުތަކެއް ނެގުމެވެ. ޔޫރަޕާއި އެހެން ހިސާބުތަކަށް މި ބަލި ފޯރުމުގެ ކުރިން މިއީ ކޮންމެ އަހަރަކު ވެސް އެފްރިކާގެ ބައެއް ހިސާބުތަކުން ފެންނަ ބައްޔެކެވެ.

ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ މި އަހަރުގެ މިހާތަނަށް 42 ގައުމަކުން 2،100 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ބަލި ފެތުރެމުން ދާތީ އާއްމު ސިއްހަތަށް ނުރައްކާ އޮތްތޯ ވަޒަން ކުރުމަށް އަންނަ ބުރާސްފަތި ދުވަހު ޑަބްލިއުއެޗްއޯގެ ބޮޑު ބައްދަލުވުމެއް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox