ޕެނެމާގެ ރައީސަށް ލޭގެ ކެންސަރު ޖެހިއްޖެ

ޕެނެމާގެ ރައީސް ލޯރެންޓީނޯ ކޯޓިޒޯ ކޯހެން. -- ފޮޓޯ: އޭއެފްޕީ

ޕެނެމާގެ ރައީސް ލޯރެންޓީނޯ ކޯޓިޒޯ ކޯހެން. -- ފޮޓޯ: އޭއެފްޕީ

ޕެނެމާ ސިޓީ، ޕެނެމާ (ޖޫން 21) - ޕެނެމާގެ ރައީސް ލޯރެންޓީނޯ ކޯޓިޒޯއަށް ލޭގެ ކެންސަރު ޖެހިފައިވާކަން އިއުލާން ކުރައްވައިފި އެވެ.

ޓީވީ މެދުވެރިކޮށް އުމުރުން 69 އަހަރުގެ ކޯޓިޒޯ ވިދާޅުވީ "ހެމޮގްލޮބިން ދަށްވެ، ވައިޓް ބްލަޑް ސެލް ކައުންޓް މަދުވާން ފެށިކަން ޑޮކްޓަރުންނަށް ފާހަގަވީ" މިދިޔަ މޭ މަހުގެ ފަހުކޮޅު ހެދި ރޫޓީން ޓެސްޓަކުން ކަމަށެވެ.

ސްޕެޝަލިސްޓުން ލަފާ ދިނީ ބޯން މެރޯ ބަޔޮޕްސީ ހެދުމަށް ކަމަށާއި އެމެރިކާގެ ލެބޯޓަރީއަކަށް ސާމްޕަލްތައް ފޮނުވި ކަމަށް ކޯޓިޒޯ ވިދާޅުވި އެވެ.

އެ ސާމްޕަލްތަކުން އެނގުނު ގޮތުގައި ކޯޓިޒޯއަށް ޖެހިފައި ވަނީ "އިންޓަމީޑިއޭޓް ރިސްކް" މައިއެލޮޑިސްޕްލާސްޓިކް ސިންޑްރޯމް އެވެ. އެއީ ލޭގެ ސެލްތައް އުފެއްދުމަށް އަސަރު ކުރާ ބާވަތުގެ ކެންސަރެކެވެ.

ކޯޓިޒޯ ވިދާޅުވީ ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ޖުލައި މަހު އެމެރިކާގެ ހިޔުސްޓަން ސިޓީގައި ދެ ވަނަ ފަހަރަށް ތަހުލީލުތަކެއް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވަން ބޭނުން ވަނީ އަޅުގަނޑުގެ ހާލު ރަނގަޅޭ. އަޅުގަނޑު މި ހުރީ ފަސްޖެހޭ ގޮތަކަށް ނޫން. އަޅުގަނޑުގެ މަސައްކަތް އާދައިގެ މަތިން ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.

އެތެރެހަށީގެ ބޭހާއި ކްރިޓިކަލް ކެއާއަށް ހާއްސަ ޑރ. ޖޫލިއޯ ސަންޑޮވާލް އޭއެފްޕީއަށް ވިދާޅުވީ ޕެނެމާގެ ރައީސަށް ޖެހުނު ލޭގެ ކެންސަރަކީ މީހާ ވަރުބަލިކޮށްލާ، ބަލިކަށިކޮށްލާ، ބަރުދަން ލުއިވުމަށް މަގުފަހިވާ ބާވަތެއް ކަމަށެވެ.

އެއީ އުމުރުން ދުވަސްވުމުން ދިމާވާ ޖެނެޓިކް މައްސަލައަކާ ހެދި ފެންނަ ކެންސަރުގެ ބާވަތެއް ކަމަށާއި އާއްމުކޮށް އެ ބަލި ފެންނާނީ އުމުރުން 60 އަހަރަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބަލީގެ ލައިފް އެކްސްޕެކްޓެންސީ ނުވަތަ ދުނިޔޭގައި ހުންނާނެ ކަމަށް ބެލެވޭ މުއްދަތު ބިނާވަނީ ޖެހިފައިވާ ބާވަތުގެ ކެންސަރުގެ މައްޗަށް ކަމަށާއި އެއީ "ހަ މަހާއި 15 އަހަރާ ދެމެދުގެ މުއްދަތެއް" ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox