ވީއޭއެމް އެސޯސިއޭޝަން ކަޕް: ރަނގަޅު ފޯމެއްގައި އޮތަސް ސިފައިންނަށް ޕްލޭއޮފް ފަސޭހައެއް ނުވާނެ

Jun 21, 2022, 3:53 AM
ސިފައިންގެ ކޯޗު ޖުނައިދު: ކުރިން ވެމްކޯ ބަލިކުރެވިފައި އޮތް ކަމުގައި ވިޔަސް ޕްލޭއޮފް ފަސޭހަނުވާނެ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: އިމޭޖަސް.އެމްވީ

ސިފައިންގެ ކޯޗު ޖުނައިދު: ކުރިން ވެމްކޯ ބަލިކުރެވިފައި އޮތް ކަމުގައި ވިޔަސް ޕްލޭއޮފް ފަސޭހަނުވާނެ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: އިމޭޖަސް.އެމްވީ

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބުން މި ފަަހަރުގެ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދަން މިރޭ ކުޅޭ ޕްލޭއޮފް މެޗުގައި ބައްދަލުކުރާނީ ކްލަބް ވެމްކޯއާ އެވެ. ސިފައިން މި ވަގުތު ރަނގަޅު ފޯމެއްގައި އޮތް ނަމަވެސް ޕްލޭއޮފް މެޗު އެއްވެސް ގޮތަކުން ފަސޭހައެއްނުވާނެ ކަމަށް ސިފައިންގެ ކޯޗު ޖުނައިދު އަބްދުﷲ ވަނީ ބުނެފަ އެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ފޯމެޓް، ރޭވިފައި އޮތްގޮތުން ލީގު ބުރު ނިމުނުއިރު، އެއް ވަނައިގައި އޮތް ސްޕޯޓްސް ކްލަބް ސިޓީ ވަނީ ސީދާ ފައިނަލުގެ ޖާގަ ހޯދައިފަ އެވެ. ފައިނަލުގެ ފަހު ޖާގަ ހޯދަން ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ކުޅޭނީ ޕްލޭއޮފް މެޗެކެވެ. ޕްލޭއޮފްގައި ކުޅެނީ ސިފައިންނާއި ވެމްކޯ އެވެ.

"ފުރަތަމަ ފެށިއިރު އަޅުގަނޑުމެން ޓީމު އޮތީ ފޯމަކަށް ނޭޅި، ފިޒިކަލް ވެސް ދަށްކޮށް ދިޔައީ ބޭރު މީހުންގެ އެއީ ކަންނޭނގެ ފުރަތަމަ ކޮޅު އެ ދިމާވި ކަމަކީ ދެން މަޑުމަޑުން އަޅުގަނޑުމެން އިންޖަރީތަށް ރިކަވާކުރަމުން މި ހިސާބަށް މި އައީ. ވަރަށް ހިތްހަަމަޖެހުނު ފަހުން އެއްވެސް މެޗަކުން ބަލިނުވެ މި ހިސާބަށް ސީދާ ތިނެތިން އައީމަ،" އެންމެ ފަހުން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކުރި މެޗަށް ފަހު ސިފައިންގެ ކޯޗު ޖުނައިދު ބުންޏެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގައި ސިފައިން ކުޅުނު ފުރަތަމަ މެޗުގައި ސްޕޯޓްސް ކުލަބު ސިޓީ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އޭގެ ފަހުން ދެ ވަނަ މެޗުގައި ޕޮލިސް ކުލަބު އަތުން 3-2 ސެޓުން ބަލިވި އެވެ. އެ މެޗު ޕޮލިހުން ކާމިޔާބުކުރީ ސިފައިން ދެ ސެޓު ހޯދާފައިވަނިކޮށް ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ.

ފުރަތަމަ ދެ މެޗުން ބަލިވި ކަމުގައިވިޔަސް ސިފައިން ވަނީ ލީގު ބުރުގައި ދެން ކުޅުނު ތިން ފެންވަރު ދައްކާލައިފަ އެވެ. ލީގު ބުރުގެ ފަހު ތިން މެޗުގައި ވެމްކޯ، އޮއްފު އެފްސީ އަދި ގުޑީސް އަތުން ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ.

ވެމްކޯގެ އަޝްވަލް ރާއީ ކައިރިން ދިވެހި ސިފައިންގެ ކްލަބްގެ އާދަމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ވެމްކޯ ލީގު ބުރުގައި ބަލިވި ހަމައެކަނި މެޗަކީ ސިފައިން އަތުންނެވެ. ލީގު ބުރުގައި ވެމްކޯ އަތުން މޮޅުވެފައި އޮތް ނަމަވެސް ޖުނައިދު ބުނީ ޕްލޭއޮފްގައި ބުރަ މަސައްކަތް ކޮށްގެން ނޫނީ މޮޅެއް ނުވާނެ ކަމަށެވެ. އަދި ވެމްކޯ އިން ރަނގަޅަށް ތައްޔާރުވެގެން ޕްލޭއޮފަށް ނުކުންނައިރު، އެ މެޗު ފަސޭހައެއް ނުވާނެ ކަމަށް ޖުނައިދު ގަބޫލުކުރެ އެވެ.

"(ލީގު ބުރުގައި ވެމްކޯ) ބަލިކުރީމަ އަކީ ޖެހިގެން އަންނަ ބުރުުގައި އަޅުގަނޑުމެންނަށް ލިބޭނެ އަނެއްހެން މާ ބޮޑު ހިތްހަމަޖެހުމެއް ނޫން. އެއީ ކޮންމެ ގޮތެއް ވިޔަސް އެންމެ ސެމީއެއް (ޕްލޭއޮފެއް) މި އިންނަނީ. ޕްލޭއޮފްގައި ކުރިއަށް ވުރެ ހިތްވަރު ނަގައިގެން ބަލިކުރަން ބޭނުމީ،" ޖުނައިދު ބުންޏެވެ.

"އަބަދުވެސް މެޗަކަށް ނުކުންނައިރު އެންމެ ބޮޑަށް ބަލަނީ އިދިކޮޅު ޓީމުތަކުގެ އެޓޭކަށް. ދެން އަޅުގަނޑުމެންގެ ބްލޮކް ކުރުމާ އެ ކަންކަމަށް. އިދިކޮޅު ޓީމު ބްލޮކް ކުރެވޭނެވަރުގެ ކުޅުންތެރިން އެބަތިބި. އެ އަށް ބޮޑަށް ފޯކަސް މި ކުރަނީ،"

މިރޭ ކުޅޭ ޕްލޭއޮފުން މޮޅުވާ ޓީމެއް ފައިނަލުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ އެސޯސިއޭޝަން ކަޕްގެ ނުކުންނާނީ ސިޓީއާ ދެކޮޅަށެވެ.

ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ބުނީ ވަރަށް އުނދަގޫ ހާލަތްތަކެއްގެ ތެރެއިން ވެސް އެ ޓީމަށް ލީގު ބުރުގެ ރަނގަޅު ހިސާބެއްގައި ނިންމާލެވުނީ ވަރަށް ރަނގަޅަށް ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ. ލީގު ބުރުގެ ފަހު މެޗުގައި ޕޮލިސް ކްލަބް އަތުން ވެމްކޯ އަށް ލިބުނު މޮޅަކީ މުބާރާތުގެ ފައިނަލަށް ދާން ބަލައި، ޕްލޭއޮފްގެ ކުރިން ލިބުނު ބޮޑު މޮޅެއް ކަމަށް ނިޒާރު ވަނީ ބުނެފަ އެވެ.

ވެމްކޯ އަށް މި ފަހަރުގެ މުބާރާތުގެ ކުރިން ލިބުނު ބިދޭސީ ތިން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ވަނީ ސީރިއަސް އަނިޔާއެއް ލިބިގެން ފޮނުވާލަން ޖެހިފަ އެވެ. ވެމްކޯގެ އަމިތުސިންހް ކަޕްތާންސިންހްގެ ކަކުލަށް އަނިޔާވީ ފުރަތަމަ މެޗުގައި އޮއްފުއާ ދެކޮޅަށް ކުޅެނިކޮށެވެ.

ސިފައިންނާއި ވެމްކޯ ކުޅޭ ޕްލޭއޮފް މެޗު ފަށާނީ މިރޭ 20:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox