ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަމާ އެކު އަޒްޔާންގެ ހުވަފެން ހަގީގަތަކަށް

Jun 21, 2022, 2:56 AM
ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ކ)، ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަމުގެ ރަމްޒީ ތޮފި އަޒްޔާންއާ ހަވާލުކުރަނީ.

ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ކ)، ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަމުގެ ރަމްޒީ ތޮފި އަޒްޔާންއާ ހަވާލުކުރަނީ.

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް ޔޫސުފް އަޒްޔާން ފަރުހަތު ހަމަޖެއްސިއިރު، ވައިސް ކެޕްޓަނަކަށް އާދަމް ނާސިފް އުމަރު (އާދަޅޭ) އަށް ދީފި އެވެ.

ގައުމީ ޓީމުގެ ކެޕްޓަންކަން އެންމެ ފަހުން ބޭއްވި މުބާރާތްތަކުގައި ކޮށްފައިވަނީ، މުހައްމަދު މަހަފޫޒް (މަހޭ) އެވެ. މަހޭ، އަންނަ މަހު މެލޭޝިއާގައި ބާއްވާ ކުއޮޑް ސީރީސް އަށް ނުދާތީ އެ މުބާރާތުގެ ކުރިން ގައުމީ ޓީމުގެ އާ ކެޕްޓަނުން ހަމަޖައްސާފައިވަނީ އިއްޔެ އެވެ.

ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު 2019 ވަނަ އަހަރު ހޯދި އަޒްޔާން ވަނީ މީގެ ކުރިން 19 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފަ އެވެ.

ކްރިކެޓް ބޯޑުން މީގެ ކުރިން ބޭއްވި އިވެންޓެއްގެ ތެރެއިން ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ކ)، އެ ޓީމުގެ އަޒްޔާން (ވ)އާ ގައުމީ ޓީމުގެ ޖޯޒީ ހަވާލުކުރަނީ.--- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

އަޒްޔާން ނިސްބަތްވަނީ ކްރިކެޓް އާއިލާ އަކަށެވެ. އަޒްޔާންގެ ކާފަ، އަހްމަދު ޖަލީލް އާއި ބައްޕަ، ފަރުހަތު ޖަލީލް އަދި ބޭބެ، ޝަފްރާޒް ޖަލީލް އަކީ މުޅިން ގައުމީ ކްރިކެޓް ޓީމަށް ކުޅެފައިވާ ކުޅުންތެރިންނެވެ.

އަޒްޔާން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޖަލީލް މާލަމުގައި އޭނާ އަށް ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ހަވާލުކުރުމަކީ އެކަން އިތުރަށް ހާއްސަވާ ސަބަބެއް ކަމަށެވެ.

އަޒްޔާންގެ ބައްޕަ، ފަރުހަތުގެ އިސްނެންގެވުމާ އެކު ކްރިކެޓް ކުޅުންތެރިންނަށް ހާއްސަކޮށް، މިދިޔަ އޮކްޓޫބަރު މަހު ހުޅުވި ޖަލީލް މާލަމް އަކީ އަޒްޔާންގެ ކާފަގެ ނަމާ ގުޅުވައިގެން، އެ ލެގަސީ ދިރުވަން ކުރި ކަމެކެވެ. އެ ތަނުގައި އަޒްޔާންއާ ގައުމީ ކެޕްޓަންކަން ހަވާލުކުރުމަކީ އޭނާ އަށް ލިބުނު ހިތްހަމަޖެހުން ދެ ގުނަ ވީ ސަބަބެވެ.

"އަލްހަމްދުލިއްލާހި. ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަނަކަށް ވުމަކީ، ހުވަފެނެއް ހަގީގަތަކަށް ވުން،" އަޒްޔާން ފޭސްބުކްގައި ލިޔެފައިވެ އެވެ.

ވައިސް ކެޕްޓަން އަކަށް ހަމަޖެއްސި، އާދަމް އަކީ މި އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ފަހަކަށް އައިސް .ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އާދަމް އަކީ ގައުމީ ޓީމުގެ ވެސް މުހިންމު މެމްބަރެކެވެ.

ނާސިފް ބުނީ ގައުމީ ކްރިކެޓް ޓީމުގެ ވައިސް ކެޕްޓަނަކަށް އޭނާ ހަމަޖައްސައި ކްރިކެޓް ބޯޑުން ކުރި އިތުބާރުގެ ބަދަލު ދޭން ބޭނުންވާ ކަމަށާއި ކުރެވުނު އެންމެ ރަނގަޅަށް މަސައްކަތްކޮށް ޓީމަށް އެހީތެރިވުމުގައި ދެމިހުންނާނެ ކަމަށެެވެ.

އާ ކެޕްޓަނަކާއި ވައިސް ކެޕްޓަނެއް ކްރިކެޓް ޓީމަށް ހަމަޖެއްސުމަކީ ޓީމުގެ ތެރޭގައި އާ ލީޑަރުން އުފެދުމަށް މުހިންމު ބަދަލެކެވެ.

އަންނަ މަހު 1-12 އަށް މެލޭޝިއާގައި ބާއްވާ ކުއޮޑް ސީރީސްގައި ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ދެން ވާދަކުރަނީ ބޫޓާން އަދި ތައިލެންޑް އެވެ. މީގެ ކުރިން ވެސް ރާއްޖޭން ވަނީ މި ފަދަ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެ މުބާރާތަށް ރާއްޖެ ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ، އިބްރާހިމް ޝާޒް ހަބީބު އެވެ.

ކުއޮޑް ސީރީސް އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ކްރިކެޓް ޓީމު މިއަދު ލަންކާ އަށް ޓްރެއިނިން ޓުއާ އަކަށް ފުރާގޮތަށް ވަނީ ހަމަޖެހިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox