އަހަރުގެ ބަޖެޓް ފާސްކޮށް، ކްރިކެޓްގެ ފޯކަސް ޑިވެލޮޕްމަންޓްގެ މުހިންމު މަސައްކަތަށް

Jun 19, 2022, 6:36 AM
ކްރިކެޓް ބޯޑްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ސީބީއެމްގެ ރައީސް ފައިސަލް (މ) އާއި ނައިބު ރައިސް އަހުމަދު ހުސެއިން (ކ) އަދި ޖެނެރަލް ސެކްރެޓަރީ މުނާޒް.

ކްރިކެޓް ބޯޑްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ސީބީއެމްގެ ރައީސް ފައިސަލް (މ) އާއި ނައިބު ރައިސް އަހުމަދު ހުސެއިން (ކ) އަދި ޖެނެރަލް ސެކްރެޓަރީ މުނާޒް.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އަހަރީ އާންމު ޖަލްސާ ބާއްވައި، ބަޖެޓް ފާސްކުރުމުގެ އިތުރުން ޑިވެލޮޕްމަންޓްގެ މުހިންމު މަސައްކަތްތަކެއް ކުރަން އަމާޒުހިފައިފި އެވެ.

އިއްޔެ ބޭއްވި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓްގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 5،704،264 ރުފިޔާ އެވެ. ހަރަދުވާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 5،896،456 ރުފިޔާ އެވެ. އެހެންކަމުން، މިއީ 192،192 ރުފިޔާ ޑެފިސިޓް ބަޖެޓެކެވެ.

ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް ވަނީ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ އިތުރުން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިތަކުގެ މައުލޫމާތު ޖަލްސާގެ ހާޒިރީންނާ ހިއްސާކޮށްފަ އެވެ. އަދި މި އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އެ ގޮތުން ޑިވެލޮޕްމަންޓްގެ މަސައްކަތުގައި އާ ކަންތައްތަކެއް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޑިވެލޮޕްމަންޓްގެ ކަންކަމުގައި އިސްކަން ދޭނެ އެންމެ ބޮޑު ކަމަކީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) އަށެެވެ. މީގެ ކުރިން ވެސް ކްރިކެޓުން ހިންގި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކާމިޔާބެވެ. ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމުން ރަނގަޅު ކުޅުންތެރިންތަކެއް އުފެދި، އެ ކުޅުންތެރިން ކުރިއެރުންތައް ހޯދައި ގައުމީ ޓީމާ ހަމައަށް ވެސް ވަނީ ގޮސްފަ އެވެ.

މި ފަަހަރު ކްރިކެޓް ބޯޑްގެ ވިސްނުމަކީ އަންހެން ކްރިކެޓް ކުރިއެރުވުމަށް އިސް މަސައްކަތެއް ކުރުމެވެ. އެ ގޮތުން އަންނަ އޮގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބިދޭސީ ތިން ކޯޗުންގެ ބެލުމުގެ ދަށުން ޔޫތު ޑިވެލޮޕްމަންޓްގެ މަސައްކަތްތައް ފެށޭއިރު، އަންހެން ކްރިކެޓަށް ވެސް ކޯޗެއް ހިމެނޭނެ އެވެ.

އެ ތިން ކޯޗުންގެ ތެރޭގައި ހިމެނޭ އަންހެން ބިދޭސީ ކޯޗުގެ މަސައްކަތަކީ ގައުމީ އަންހެން ކްރިކެޓް ޓީމަށް ކޯޗުކޮށްދިނުމާއި ސްކޫލްތަކުން ކްރިކެޓަށް ޝައުގުވެރިވާ އަންހެން ކުދިންނަށް ޓްރެއިނިން ދީ ކޯޗުކޮށްދިނުން ކަމަށް ކްރިކެޓް ބޯޑުން މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox