ވެލިދޫއަށް މި އަހަރު އޮތީ ވަރަށް ބޮޑު އީދެއް

ވެލިދޫގައި މީގެ ކުރިން ބޭއްވި އީދެއްގެ ތެރެއިން--- ފޮޓޯ: ވެލިދޫ ކައުންސިލް

ވެލިދޫގައި މީގެ ކުރިން ބޭއްވި އީދެއްގެ ތެރެއިން--- ފޮޓޯ: ވެލިދޫ ކައުންސިލް

ދިވެހިންނަކީ ޒަމާނުއްސުރެ ކޮންމެ އީދު ދުވަހެއް ވެސް ވަރަށް ފޯރީގައި ފާހަގަކުރަމުން އައި ބައެކެވެ. ކޮންމެ އީދު ދުވަހެއްގެ އީދު ނަމާދުން ފެށިގެން ގޮސް ވަޅު އީދު ދުވަހުގެ އިރު އޮއްސުމާ ހަމައަށް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކުލަގަދަކޮށް އީދު ފާހަގަ ކުރެ އެވެ.

ބޮޑު އީދަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ނ.ވެލިދޫ ތައްޔާރުވަމުންދަނީ ފޯރިގަދަ ބޮޑު އީދެއް ފާހަގަ ކުރުމަށެވެ. އީދުގެ ހަތް ދުވަހަށް ކުޅިވަރުތައް ބަހާލައިގެން ގިނަ ކަންތައްތަކެއް ރާވާފައި ވާއިރު ރައްޔިތަށް އަންގައި، ކުޅިވަރުތަކަށް ޓީމް ހޮވައި ނެށުމުގެ ހަރަކާތްތަކުގެ ޕްރެކްޓިސްތައް ވެސް ވަނީ ފަށައިފަ އެވެ.

އީދު އަންނަން މަދު ދުވަސްކޮޅަކަށްވެފައި ވާއިރު، ވެލިދޫން ފެނިގެންދަނީ އެ ރަށުގެ ކުދި ބޮޑު ހުރިހާ ރައްޔިތުން ވެސް އީދަށް ތައްޔާރުވުމުގެ މަސައްކަތުގައި އަވަދިނެތި އުޅޭ މަންޒަރެވެ.

"ވެލިދޫ އީދު އުފާ" ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހެވެ. ހައްޖު ދުވަހުގެ ރޭ 8:30ގައި އީދު ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައި ވަނީ ރަންފޮށި އުފުލުގެ ހަރަކާތާއި އީދު މަޅި ޖެހުމާއި އެރޭގެ ދަންވަރު އީދު ނެށުމުގެ ހަރަކާތުންނެވެ.

ވެލިދޫ އަންހެނުން ގަނޑި ޖެހުމުގެ ހަރަކާތުގައި-- ފޮޓޯ: ވެލިދޫ ކައުންސިލް
ވެލިދޫ އަންހެނުން ގަނޑި ޖެހުމުގެ ހަރަކާތުގައި-- ފޮޓޯ: ވެލިދޫ ކައުންސިލް

ވެލިދޫ އަންހެނުން ގަނޑި ޖެހުމުގެ ހަރަކާތުގައި-- ފޮޓޯ: ވެލިދޫ ކައުންސިލް

ވެލިދޫގައި ފުރަތަމަ ފަހަރަށް ހިންގޭ މާލި ބައްތެލި ހަރަކާތާއެކު ރަށުގެ ކުދިބޮޑު އެންމެނަށް ބައިވެރި ވެވޭ އާއިލީ ހަވީރެއް ވެސް އޮވެ އެވެ.

މީގެ އިތުރުން ބައިސްކަލާއި ސައިކަލު ރޭހެއްގެ އިތުރުން ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭނެ ގޮތަށް ތަފާތު އެހެން ރޭސްތައް ވެސް އެހެން އަހަރުތަކޭ އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ވެލިދޫގައި މި އީދުގައި ބާއްވާ ބައެއް އިތުރު ކުޅިވަރުތައް:

  • އަންހެނުންގެ ދަފި ނެގުން
  • ދަނޑި ޖެހުން
  • މާފަތި ޖެހުން
  • ފިރިހެނުންގެ ސަގާފީ ކުޅިވަރުތައް
  • ކޯޑި ކުޅުން
  • ބޮޑުމަސް ކުޅުން
  • ކޮސްޓިއުމް ޕެރޭޑް
  • ވާދެމުން
  • ތުވާލި ބޯޅަ މުބާރާތް
  • ތިންމުގޯލި މުބާރާތް
ވެލިދޫގައި މީގެ ކުރިން ބޭއްވި ކަލަރަން އެއްގެ ތެރެއިން-- ފޮޓޯ: ވެލިދޫ ކައުންސިލް
ވެލިދޫގައި މީގެ ކުރިން ބޭއްވި ކަލަރަން އެއްގެ ތެރެއިން-- ފޮޓޯ: ވެލިދޫ ކައުންސިލް

ވެލިދޫގައި މީގެ ކުރިން ބޭއްވި ކަލަރަން އެއްގެ ތެރެއިން-- ފޮޓޯ: ވެލިދޫ ކައުންސިލް

މި އަހަރު ވެލިދޫ އީދު ފާހަގަ ކުރާއިރު ޝޯގައި ރާއްޖޭގެ މަޝްހޫރު މިޔުޒިކް ބޭންޑްތައްވެސް ބައިވެރިވެ އެވެ. އޭގެ ތެރޭގައި އިކުއެޓިކް ވައިބް އާއި ވައިޓް ސްމޯކް ވެސް ހިމެނެ އެވެ. މީގެ އިތުރުން ހަބޭސްގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފިލްމީ ދާއިރާގެ ފަންނާނުން ހިމެނޭ ޔާރާ ޓީމު ވެސް ޕާފޯމްކުރާނެ އެވެ. އަދި ވެލިދޫގެ ފަންނާނުންގެ ޝޯއެއް ވެސް ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެ އެވެ.

މީގެ އިތުރުން އީދު ހަރަކާތްތައް ނިންމުމުގެ ގޮތުން މި އަހަރު ކަލަރަންއަކާއި ފެންކުޅީގެ އިތުރުން ސަގާފީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

ވެލިދޫއަކީ އަކީ 2500އަށްވުރެ މީހުންގެ އެކުވެރި އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގެ ޒުވާނުން އެންމެ ގިނައިން އުޅެނީ ރިސޯޓް ވަޒީފާތަކުގަ އެވެ. ވެލިދޫގައި އިގްތިސޯދީ ގޮތުން ކުރާ މަސައްކަތްތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ފަތުރުވެރިކަމުގެ މަސައްކަތްތަކުގައި ވަޒީފާ އަދާ ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox