އެސޯސިއޭޝަން ކަޕް: ޕޮލިހުގެ އަމިއްލަ ބާރު ކަނޑުވާލައި ވެމްކޯ ޕްލޭއޮފަށް

Jun 18, 2022, 6:14 PM
ވެމްކޯގެ ކުޅުންތެރިން މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެމްކޯގެ ކުޅުންތެރިން މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފަހަތުން އަރައި ޕޮލިސް ކްލަބް އަތުން 3-1 ސެޓުން މޮޅުވެ، ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ޕްލޭއޮފުން ކްލަބް ވެމްކޯ އިން މިރޭ ޖާގަހޯދައިފި އެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ފޯމެޓް ރޭވިފައިވާ ގޮތުން އެއް ވަނަ ހޯދާ ޓީމެއް ދާނީ ސީދާ ފައިނަލަށެވެ. ދެ ވަނަ އާއި ތިން ވަނަ ޕްލޭއޮފެއް ކުޅޭއިރު، މޮޅުވާ ޓީމަކަށް ފައިނަލުގެ އަނެއް ޖާގަ ލިބޭނެ އެވެ.

މިރޭގެ ނަތީޖާއާ އެކު ގަދަ ތިނެއް ކަށަވަރުކޮށް، ވެމްކޯ ޕްލޭއޮފަށް ދިޔައިރު، ޕޮލިހުން ޖެހޭނީ މާދަމާރޭ ގުޑީސް އާއި ސިފައިން ކުޅޭ މެޗުގެ ނަތީޖާ އަށް އިންތިޒާރު ކުރާށެވެ. އެއީ ގުޑީސް އަތުން ސިފައިން ފަސް ސެޓަށް ނުގޮސް ބަލިވެއްޖެނަމަ ޕޮލިހަށް ޕްލޭއޮފުގެ ޖާގަ ލިބޭނެ އެވެ. ޕްލޭއޮފަށް ދާން ގުޑީސް ކައިރިން ސިފައިންނަށް ބޭނުންވަނީ ޕޮއިންޓެކެވެ.

މިއަދު ހަވީރު އޮއްފު އެފްސީ އަތުން ސީދާ ތިން ސެޓުން މޮޅުވެ، ލީގު ބުރުގެ އެއް ވަނަ ހޯދައި ސްޕޯޓްސް ކްލަބް ސިޓީ ވަނީ ފައިނަލުގެ ސީދާ ޖާގަ ހޯދައިފަ އެވެ.

ލީގު ބުރުގެ ޕޮއިންޓް ތާވަލު

ސްޕޯޓްސް ކްލަބް ސިޓީ (5 މެޗު) - 12 ޕޮއިންޓް

ކްލަބް ވެމްކޯ (5 މެޗު) - 11 ޕޮއިންޓް

ޕޮލިސް ކްލަބް (5 މެޗު) - 7 ޕޮއިންޓް

ދިވެހި ސިފައިންގެ ކްލަބް (4 މެޗު) - 7 ޕޮއިންޓް

އޮއްފު އެފްސީ (5 މެޗު) - 3 ޕޮއިންޓް

ގުޑީސް ސްޕޯޓްސް ކްލަބް (4 މެޗު) - 2 ޕޮއިންޓް

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ޕޮލިހުން ވަނީ ފުރަތަމަ ސެޓު 25-20 އިން ގެންގޮސްފަ އެވެ. ވެމްކޯ މޮޅުވީ ދެން ކުޅުނު ތިން ސެޓު، 24-26، 18-25 އަދި 14-25 އިން ގެންގޮސްގެންނެވެ.

މެޗުގެ ތެރެއިން ޕޮލިހުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވާހަކަދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕޮލިހުން ފުރަތަމަ ސެޓު ފެށީ ރަނގަޅު ފޯމެއްގަ އެވެ. ވެމްކޯ އިން ކުރާ ކޮންމެ އެޓޭކެއްގެ ޖަވާބުދެމުންދިޔަ އެވެ. ވެމްކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަޝްވަލް ރާއީގެ ހަމަލާތަކުން ޕޮއިންޓް ހޯދާއިރު، ޕޮލިހުން ދިޔައީ ޒުވާން ކުޅުންތެރިޔާ، މާއިޝް އަހުމަދާއި، ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ އަނޫ ޖޭމްސް އާއި އަކިން އައްމާލްގެ ޕޮއިންޓްތަކުން ލީޑު ދަމަހައްޓަމުންނެވެ. އެ ފޯމުގައި 25-20 އިން ފުރަތަމަ ސެޓު ޕޮލިހުން ގެންދިޔަ އެވެ.

މުޅި މެޗުގައި ވެސް ޕޮލިހަށް މައްސަލަ ދިމާވީ ދެ ވަނަ ސެޓުގަ އެވެ. ސެޓުގައި ވަރަށް ވާދަވެރިކޮށް ދަނިކޮށް، ޕޮލިހުގެ އިންޑިއާ ކުޅުންތެރިޔާ، އަކިން ކުރި އެޓޭކެއްގައި ވެމްކޯ ކުޅުންތެރިއަކު ގައިގައި ޖެހިފައި ބޯޅަ ބޭރަށް ދިޔަ ކަމަށް ބުނެ، އޭނާ އެޕީލްކުރި ނަމަވެސް ރެފްރީ ނިންމީ ގައިގައި ނުޖެހޭ ކަމަށެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ނެޓުގައި އަތުން ޖަހައި، އަކިން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމާ އެކު މެޗުގެ ރެފްރީ، އަހުމަދު ނަޝީދު (ތުއްތުކޯ) ވަނީ އަކިން އަށް ކާޑު ދައްކައި، ސެޓުގައި ނުކުޅެވޭ ގޮތަށް ފޮނުވާލައިފަ އެވެ.

ކާޑު ދައްކައި ދެ ވަނަ ސެޓުން ފޮނުވާލި އަކިން (ކ) އާއި ޕޮލިހުގެ އޮފިޝަލެއް.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަކިން ނުލައި، ކުޅެން ޖެހުމުން، ދެން ޕޮލިހުގެ ސެޓަރު، މުއްތުސާމީ އައްޕަވޫގެ ބޯޅަތަކުގެ ބޭނުންހިފައި އަނޫ އާއި މާއިޝް ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. ޕޮލިހުން 21-17 އިން ލީޑުގައިވެސް އޮއްވައި، ވެމްކޯ އިން ވަނީ ތަޖުރިބާގެ ބޭނުންކޮށްފަ އެވެ. ވެމްކޯގެ ސެޓަރު، ރަންޖިތު ސިންގާއި ސެންޓަ ކުޅުންތެރިޔާ، އާދަމް ފައިރޫޒް ރަނގަޅު ބޯޅަތަކެއް ކުޅުނުއިރު، ވެމްކޯ އިން ވަނީ ހިތްވަރު ދައްކައި، މި ސެޓު 24-26 އިން ގެންގޮސްފަ އެވެ.

ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ދިޔައީ ދާދި އެއް ކަހަލަ ގޮތަކަށެވެ. ސެޓުގެ ކުރީކޮޅުގައި ދެ ޓީމުގެ ކުޅުން ވެސް ވަރަށް ވާންކޮށްދިޔައިރު، 10 އަކުން ފެށިގެން މައްޗަށް ޕޮއިންޓް ދާން ފެށުމާ އެކު، ވެމްކޯ އިން ސެޓުގެ ކޮންޓްރޯލް ނަގައި، ލީޑެއް ނަަގައިގެން ކުޅެން ފަށަ އެވެ. ފަހު ދެ ސެޓު، ވެމްކޯ އިން ގެންދިޔައީ 18-25 އާއި 14-25 އިންނެވެ.

ވެމްކޯގެ ރަންޖިތު (ކ) އާއި އަޝްވަލް (މ) އަދި ފައިރޫޒް މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، ވެމްކޯގެ ރަންޖިތު އާއި އެ ޓީމުގެ ލިބަރޯ ޖަވާމް އަލީ ވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް، މެޗުގެ ތެރެއިން ލޮލަށް ލިބުނު އަނިޔާއަކަށް ފަހު ވެސް، ޖަވާމް ދެއްކި ކުޅުން ފާހަގަކުރަން ޖެހެ އެވެ. އަދި މުހިންމު ވަގުތުތަކުގައި ޓީމު ހަމަޔަކަށް އަޅުވައި، ޑިފެންސް ބޯޅަތަކުގައި ވެމްކޯގެ އަޝްފާގު އާދަމް (އައްކަޅޭ) ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

މެޗަށް ފަހު ޕޮލިހުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ބުނީ ފުރަތަމަ ސެޓު ގެންގޮސް ރަނގަޅަށް ކުޅެން މަސައްކަތް ކުރަނިކޮށް ދެ ވަނަ ސެޓުގައި ދިމާވި ކަމެއްގެ ސަބަބުން އަކިން ބާލަން ޖެހުމުން އުނދަގޫ ހާލަތަކަށް ދިޔަ ކަމަށެވެ. އޭގެ ފަހުން ވެސް ސެޓު ނިންމަން ލިބި ޓެކްނިކަލީ ހެދިގެން ދިޔަ ގޯސްތަކެއްގެ ސަބަބުން އަތުން މެޗު ދިޔައީ ކަމަށް ފައްލޯ ބުނެފައިވެ އެވެ.

ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ބުނީ ހަގީގަތުގައި އެ ޓީމު ޕްރެޝަރަށް ދިޔައީ މާ ބޮޑަށް މޮޅުވާން ބޭނުންވެގެން ކުޅެން ހަދައިގެން އަމިއްލަ އަށް ގޯސްތަކެއް ހެދިގެން ކަމަށެވެ. އެހެން ނަމަވެސް އަނިޔާގައި ހުރެ ވެސް ޓީމުގެ ކުޅުންތެރިން ދެއްކި ހިތްވަރު ނިޒާރު ފާހަަގަކުރި އެވެ. އަދި ޕޮލިސް ކަހަލަ ޓީމެއް އަތުން މި ގޮތަށް މޮޅުވުމަކީ މުބާރާތުގައި ކުރިއަށްދާން ހިތްވަރެއް ކަމަށް ނިޒާރު ބުންޏެވެ.

ލީގު ބުރުގެ ފަހު މެޗުގައި މާދަމާރޭ އޮތީ ސިފައިންނާއި ގުޑީސް އެވެ. މެޗު ފަށާނީ 20:15 ގަ އެވެ. ދެން، އެ އަށް ފަހު އޮންނާނީ އަންގާރަ ދުވަހުގެރޭ ލީގު ބުރުގެ ދެ ވަނަ ވެމްކޯ އާއި ތިން ވަނަ އަށް ދާ ޓީމެއް ކުޅޭ ޕްލޭއޮފް މެޗާއި ބުރާސްފަތި ދުވަހުގެރޭ ކުޅޭ ފައިނަލް މެޗެވެ. ފައިނަލުގައި ސިޓީން ނުކުންނާނީ ޕްލޭއޮފުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox