ނަޑާލް ބުނަނީ ވިމްބަލްޑަންގައި ކުޅެވޭ ވަރަށް ފިޓް ކަމަށް

Jun 18, 2022, 7:30 AM
ސްޕެއިންގެ ރަފައެލް ނަޑާލް މަޔޯކާގައި އިންޓަވިއުއެއް ދެނީ..-- ފޮޓޯ: އޭއެފްޕީ

ސްޕެއިންގެ ރަފައެލް ނަޑާލް މަޔޯކާގައި އިންޓަވިއުއެއް ދެނީ..-- ފޮޓޯ: އޭއެފްޕީ

ޕަލްމާ، ސްޕެއިން (ޖޫން 18) - މި މަހު ފަހުކޮޅު ފަށާ އަހަރުގެ ތިން ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ވިމްބަލްޑަންގައި ކުޅެވޭ ވަރަށް ފިޓްވެފައިވާ ކަމަށް މަޝްހޫރު ޓެނިސް ތަރި ރަފައެލް ނަޑާލް ބުނެފި އެވެ.

ފަޔަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުނުވެ، އިންޖެކްޝަން ޖަހައިގެން ކުޅެން ޖެހޭނަމަ ކުރިއަށް އޮތް ވިމްބަލްޑަން ޓެނިސް މުބާރާތުން ނުފެންނާނެ ކަމަށް ނަޑާލް ވަނީ މީގެ ކުރިން ބުނެފަ އެވެ. ފަޔަށް ލިބިފައިވާ އަނިޔާއާ ހެދި ނަޑާލަށް ކެރިއަރުގެ ފަހުކޮޅުގައި ގާތްގާތުގައި ގިނަ މުބާރާތްތަކެއް ނުކުޅެވެ އެވެ.

ނަޑާލް، 36، އަކީ މި އަހަރު މިހާތަނަށް ބޭއްވި ދެ ގްރޭންޑް ސްލޭމް މުބާރާތުގެ ޗެމްޕިއަނެވެ. ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުުރުމަށް ފަހު، މި މަހު ފަސް ވަނަ ދުވަހު ވަނީ ފްރެންޗް އޯޕަން ތަށި އުފުލާލައިފަ އެވެ.

އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަންގެ ކާމިޔާބާ އެކު ނަޑާލް ވަނީ 22 ގްރޭންޑް ސްލޭމް ތަށި ހަމަކޮށް ރެކޯޑް ފުޅާކޮށްފަ އެވެ. އެންމެ ގިނަ ގްރޭންޑް ސްލޭމް ހޯދުމުގެ ރެކޯޑް އޮތް ނަޑާލާ އެންމެ ގާތުން ވާދަކުރަނީ ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އާއި ސާބިއާގެ ނޮވަކް ޖޮކޮވިޗް އެވެ. މި ދެ ކުޅުންތެރިންނަށް ކާމިޔާބު ކުރެވުނީ 20 ގްރޭންޑް ސްލޭމް އެވެ.

މަޔޯކާގެ ޓްރެއިނިން ސެންޓަރުގައި ނަޑާލް މެޗެއް ކުޅެނީ: ވިމްބަލްޑަންގައި ކުޅޭގޮތަށް ފައިނަލް ކުރާނީ ލަންޑަންގައި ކުޅޭ އެގްޒިބިޝަން މެޗުތަކަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މި މަހު 27 ވަނަ ދުވަހު އިންގްލެންޑްގައި ފަށާ ވިމްބަލްޑަންގައި ނަޑާލް ވާދަކުރާނެތޯ ސުވާލު އުފެދިފައިވަނިކޮށް އިއްޔެ ނަޑާލް ބުނީ ވިނައިގައި މި ހަފްތާގައި ކުރަން ފެށި ޕްރެކްޓިހުން ފެނުނު މަންޒަރުތަކަށް ބަލާއިރު، އޭނާގެ އަނިޔާގެ މައްސަލަ އަށް ހައްލެއް ލިބިފައިވާ ކަމަށާއި ވިމްބަލްޑަންގައި ކުޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އަހަރެން ހޯމަ ދުވަހު ލަންޑަން އަށް ދާނަން. ގޮސްފައި އެގްޒިބިޝަން އެއް ކުޅެލުމަށް ފަހު ހަފްތާއެއްގެ ޓްރެއިނިން އެއް ވެސް ބޭނުން މި ހުރިހާ ކަމަކަށް ބަލާފައި މުބާރާތުގައި ކުޅޭނީ. އަހަރެންގެ ވިސްނުމުގައި ބުނަންޏާ މުބާރާތުގައި (ވިމްބަލްޑަންގައި) ކުޅެލެވޭ ވަރުވާނެ،" 2008 އާއި 2010 ވަނަ އަހަރު ވިމްބަލްޑަން ކާމިޔާބުކުރި ނަޑާލް ބުންޏެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ނަޑާލަށް ނުކުޅެވުނީ ފަޔަށް ލިބިފައިވާ އަނިޔާއާ ހެދި އެވެ. އޭގެ ކުރިން އަހަރު ކޮވިޑް-19 އާ ހެދި ވިމްބަލްޑަން ވަނީ ކެންސަލްކޮށްފަ އެވެ. އެހެންކަމުން، ނަޑާލް މި ފަަހަރުގެ މުބާރާތުގައި ކުޅެފިނަމަ މިއީ ތިން އަހަރު ތެރޭ ވިމްބަލްޑަންގައި އޭނާ ފެންނާނެ ފުރަތަމަ ފަހަރެވެ.

"ވިމްބަލްޑަންގައި ކުޅެފައި، ދެން އޮތީ އަރާމްކުރުން، އެ އަށް ފަހު ކެނަޑާ އަށް، ދެން ޔޫއެސް އޯޕަން،" ނަޑާލް މި އަހަރުގެ ޕްލޭންތަކާ ބެހޭގޮތުން ބުންޏެވެ.

ނަޑާލް ބުނީ ފްރެންޗް އޯޕަންގައި ދެއްކުނު ކުޅުމާއި އެ ފަދަ ފޯމެއްގައި ރަނގަޅަށް ފިޓްވެ، ހުރެ ކުޅެފިނަމަ އޭނާ އަށް ވިމްބަލްޑަންގައި ފުރުސަތެއް އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox