ވީއޭއެމް އެސޯސިއޭޝަން ކަޕް: އޮއްފު ބަލިކޮށް ސިފައިންނަށް ޖެހިޖެހިގެން ދެ ވަނަ މޮޅު

Jun 16, 2022, 4:50 PM
ސިފައިންގެ ޓީމުގެ މިމްރާހު މިއަދުގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިފައިންގެ ޓީމުގެ މިމްރާހު މިއަދުގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސީދާ ތިން ސެޓުން އޮއްފު އެފްސީ ބަލިކޮށް، ވީއޭއެމް އެސޯސިއޭޝަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބުން މި ފަހަރުގެ މުބާރާތުގައި ޖެހިޖެހިގެން ދެ ވަނަ މޮޅު ހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސިފައިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަަތަމަ ދެ މެޗުން ވަނީ ސްޕޯޓްސް ކްލަބް ސިޓީ އާއި ޕޮލިސް ކްލަބް އަތުން ބަލިވެފައި، އެކަމަކު، ދެން ޖެހިގެން އައި ދެ މެޗުން މި ވަނީ ސީދާ ތިން ސެޓުން ވެމްކޯ އާއި އޮއްފު އެފްސީ ބަލިކޮށްފަ އެވެ. މިއަދުގެ މެޗުން އޮއްފުގެ މައްޗަށް ސިފައިން ކުރިހޯދިއިރު، ސެޓުތައް ގެންދިޔައީ، 25-13، 25-16 އަދި 25-21 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރުގެ މެޗަށް ނުކުތްއިރު، ސިފައިން އޮތީ އިއްޔެ ވެމްކޯ އަތުން ހޯދި މޮޅާ އެކު ރަނގަޅު ރޫހެއްގަ އެވެ. އެ ޓީމުން ރަނގަޅަށް ފެށި މި މެޗުގައި ބިދޭސީ ކުޅުންތެރިންނާއި، އެ ޓީމުގެ ދިވެހި ދެ ތަރިން ކަމަށްވާ، އާދަމް ނަސީމް (އެޑަމް) އާއި ސެޓަރު، ހުސެއިން ޝާހިދު (ޝާޑު) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސިފައިންގެ ޓީމުގެ، ޝޯން ޓީ ޖޯންގެ ރަނގަޅު ހަމަލާތަކެއް މި މެޗުގައި ވެސް ފެނިގެންދިޔަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ސިފައިންގެ ޓީމުގެ އެޑަމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޮއްފު އެފްސީ އަށް މިއަދުގެ މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ އެންމެ މުހިންމު ބިދޭސީ ކުޅުންތެރިޔާ އަމިތު ގޫލިއާ އަށް ލިބުނު އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުމެވެ. އޮއްފުން މުޅި މެޗަށް ބަލާއިރު، އެންމެ ރަނގަޅަށް ކުޅުނީ ތިން ވަނަ ސެޓުގަ އެވެ.

ބަދަލުތަކެއް ގެނެސްގެން އޮއްފު އަށް ކުޅެން ޖެހުނު މި މެޗުގައި އެ ޓީމުން ތިން ވަނަ ސެޓުގައި ސިފައިންގެ ޓީމަށް ޗެލެންޖެއް ދިން ނަމަވެސް ފަހުކޮޅުގައި އަމިއްލަ އަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ސެޓު ނިންމުމާ ހަމައަށް ހިތްވަރެއް ނުދެއްކުނީ އެވެ.

ސިފައިން ވަނީ މި މެޗުގެ ތިން ވަނަ ސެޓުގައި، އެ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިޔާ، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)ގެ ބޭނުން ހިފައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ އެޑަމް އެވެ.

މި މެޗަށް ފަހު ޕޮއިންޓް ތާވަލުގެ ކުރީގައި އޮތީ ހަތް ޕޮއިންޓާ އެކު ސިފައިންނާއި ޕޮލިހެވެ. ދެން، އޮތި ހަ ޕޮއިންޓް ހޯދާފައިވާ ކްލަބް ވެމްކޯ އާއި ސިޓީ އެވެ. އޮއްފު އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ގުޑީސް އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުޑީސް އާއި ވެމްކޯ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox