އެސޯސިއޭޝަން ކަޕް: ޔަގީންކަމާ އެކު ފަސޭހަ މެޗެކޭ ބުނެވޭވަރުގެ މެޗެއް ނެތް

Jun 17, 2022, 8:18 AM
އެސޯސިއޭޝަން ކަޕްގެ މެޗެއްގެ ތެރެއިން ސިޓީގެ ކޯޗު ނަލަ ހުސެއިން ޝަރީފް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެސޯސިއޭޝަން ކަޕްގެ މެޗެއްގެ ތެރެއިން ސިޓީގެ ކޯޗު ނަލަ ހުސެއިން ޝަރީފް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ޓީމުތައް ފެންނަނީ ހަމަހަމަކޮށް ކަމަށާއި ޔަގީންކަމާ އެކު ފަސޭހަ މެޗެއް ކަމަށް ބުނެވޭ ވަރުގެ މެޗެއް ނެތް ކަމަށް ސްޕޯޓްސް ކްލަބް ސިޓީގެ ކޯޗު، ނަލަ ހުސެއިން ޝަރީފް ބުނެފި އެވެ.

އެސޯސިއޭޝަން ކަޕްގައި ސިޓީ ކުޅުނު ފުރަތަމަ މެޗުން ވަނީ ސީދާ ތިން ސެޓުން އެންމެ ފަހުގެ ޗެމްޕިއަން ސިފައިން އަތުން މޮޅުވެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ވެމްކޯ އަތުން ސިޓީ ވަނީ 3-1 ސެޓުން ބަލިވެފަ އެެވެ. ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނިގެން ސެމީ ފައިނަލުން ނޫނީ ސީދާ ފައިނަލުގެ ޖާގައެއް ހޯދަން ބަލާއިރު، ބުދަ ދުވަހުގެރޭ ގުޑީސް އަތުން، ސީދާ ތިން ސެޓުން ސިޓީ އަށް ލިބުނީ މުހިންމު މޮޅެކެވެ.

އިއްޔެގެ މެޗުތަކަށް ފަހު އެސޯސިއޭޝަން ކަޕްގެ ލީގު ބުރަށް ބަލާއިރު، އެއް ވަނައިގައި އޮތީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. ލީގު ބުރުގައި ވެމްކޯ އަށް ބާކީ އޮތީ ހޮނިހިރު ދުވަހުގެރޭ ޕޮލިސް ކްލަބާ ބައްދަލުކުރާ މެޗެވެ. ފުލުގައި ވިއްދާފައި އޮތް ސިފައިންނާއި ފުލުހުންނަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ސިޓީ އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެެވެ. ގަދަ ތިން ޓީމު ތެރޭގައި ހިމެނުމުގެ ފުރުސަތު އޮތީ މި ހަތަރު ޓީމަށެވެ.

ލީގު ބުރު ނިމޭއިރު، އެއް ވަނަ ދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އަނެއް ޖާގަ ލިބޭނީ ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ. އެސޯސިއޭޝަން ކަޕްގައި މިރޭ ޕޮލިހާއި ސިޓީ ބައްދަލުކުރާއިރު، މޮޅުވާ ޓީމަކަށް ގަދަ ތިނެއްގެ ޖާގަ ޔަގީންވާނެ އެވެ.

"މިހާ އެއްވަރެއްގައި ޓީމުތައް މި އުޅެނީ، (އިންޑިއާގެ) ޕްރައިމް ލީގުގައި ކުޅުނު ވަރަށް ރަނގަޅު ޕްލޭޔަރުން އަސްލު މި އުޅެނީ. އެހެންވީމަ ވަކި، ނޭނގޭނެ ނަތީޖާ ކުރިން ޑިސައިޑް ކުރާކަށް. ހަމަ ކުޅުނީމަ އެނގޭނީ، އަސްލު، އަޅުގަނޑުމެން ނުކުންނާނީ އެންމެ ވަރުގަދަކޮށް މޮޅުވާން،" ނަލަ ހުސެއިން ބުންޏެވެ.

ސިޓީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު، އެ ޓީމުގައި ގައުމީ ޓީމުގެ ވައިސް ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) ހިމެނެ އެވެ. މީގެ އިތުރުން ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ވިނާޔަކް، ހަރްދީޕް އަދި ވިނީތު ހިމެނެ އެވެ.

މިރޭގެ މެޗުގައި ސިޓީއާ ދެކޮޅަށް ނުކުންނަ ޕޮލިހަކީ މިހާތަނަށް މި ފަހަރުގެ މުބާރާތުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމެވެ. ޕޮލިސް ވަނީ ފުރަތަމަ މެޗުން 3-2 ސެޓުން ގުޑީސް ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި ފަހަތުން އަރައި، 3-2 ސެޓުން ސިފައިންގެ ކްލަބްގެ މައްޗަށް ކުރިހޯދިއިރު، ތިން ވަނަ މެޗުގައި އޮއްފު އެފްސީ އަތުން ޕޮލިސް މޮޅުވީ ހަމަ ފަހަތުން އަރައި 3-1 ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ޕޮލިހާއި ސިޓީ ކުޅޭ މެޗު ފަށަނީ 20:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox