އެސޯސިއޭޝަން ކަޕް: ގުޑީސް ބަލިކޮށް ސިޓީ އަށް ދިރުމެއް

Jun 15, 2022, 5:26 PM
މިރޭގެ މެޗުގެ ތެރެއިން ސިޓީގެ ކުޅުންތެރިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިރޭގެ މެޗުގެ ތެރެއިން ސިޓީގެ ކުޅުންތެރިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވީއޭއެމް އެސޯސިއޭޝަން ކަޕްގައި މިރޭ ކުޅުނު މެޗުން ގުޑީސް ސްޕޯޓްސް ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައި، ސްޕޯޓްސް ކްލަބް ސިޓީން މުބާރާތުގައި ކުރިއަށް ދިއުމަށް މުހިންމު މޮޅެއް ހޯދައިފި އެވެ.

އެސޯސިއޭޝަން ކަޕްގައި ސިޓީ ކުޅުނު ފުރަތަމަ މެޗުން ވަނީ ސީދާ ތިން ސެޓުން އެންމެ ފަހުގެ ޗެމްޕިއަން ސިފައިން އަތުން މޮޅުވެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ވެމްކޯ އަތުން ސިޓީ ވަނީ 3-1 ސެޓުން ބަލިވެފަ އެެވެ. ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނިގެން ސެމީ ފައިނަލުން ނޫނީ ސީދާ ފައިނަލުގެ ޖާގައެއް ހޯދަން ބަލާއިރު، މިރޭ ގުޑީސް އަތުން ސިޓީ އަށް ލިބުނީ މުހިންމު މޮޅެކެވެ.

ސިޓީން މިރޭގެ މެޗުގެ ސެޓުތައް ގެންދިޔައީ 25-19، 25-18 އަދި 25-19 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗަށް ނުކުތްއިރު، ގުޑީސް އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ ކެޕްޓަން އަދި ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ) އަނިޔާގައި ހުރުމުގެ މައްސަލަ އެވެ. ބުޅިކެ އަށް ފުރަތަމަ މެޗުގައި އަނިޔާވެގެން ނިމުނުއިރު، ގުޑީސް އިން ދެ ވަނަ މެޗުގައި އޮއްފު އެފްސީ އަތުން ބަލިވިއިރު، އެ މެޗުގައި ބުޅިކެ ނުކުޅެ އެވެ. ބުޅިކެ ނުލައި މިރޭ ވެސް ކުޅެން ޖެހުނުއިރު، މި މެޗު ފަށައިގެން، ފުރަތަމަ ސެޓުގައި ގުޑީސްގެ ބިދޭސީ އެއް ކުޅުންތެރިޔާ، ގޮނިބީދޫ ސިޔާމްސުންދަރު ފަޔަށް އަނިޔާވެގެން ޖެހުނީ ބަދަލު ކުރާށެވެ.

ސިޓީއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ތެރެއިން ގުޑީސްގެ ނިލާމް (ކ) އެ ޓީމުގެ ހަސަންއާ އެކު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގުޑީސް އަށް މިރޭގެ މެޗުގައި ސިޓީ އަށް ޕްރެޝަރު ކޮށްލެވޭ ވަރުގެ ކުޅުމެއް ނުދެއްކުނެވެ. ބައެއް ބޯޅަތަކުގައި ގުޑީސްގެ ހަސަން ނިލާމް (ޕާޓޭ)ގެ އެޓޭކްތައް ކާމިޔާބުވި ނަމަވެސް، ސިޓީން ވަނީ ފަސޭހަކަމާ އެކު މި މެޗުން މޮޅުވެފަ އެވެ. ސިޓީގެ އަލީ ހުޒާމް (ހުޒަަންޓެ) ރަނގަޅު އެޓޭކްތަކެއް ކުރިއިރު، އެ ޓީމުގެ ބިދޭސީ ތިން ކުޅުންތެރިން ކަމަށްވާ، ވިނާޔަކު ރޮކާޑޭ، ވިނީތު ކުމާރް އަދި ހަރްދީޕް ސިންގް ވަނީ ތަފާތު ދައްކައި، ރަނގަޅު ފޯމެއްގައި ކުޅެފަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ގިނަ ޕޮއިންޓްތަކެއް ސިޓީ އަށް ހޯދައިދިން އައުޓްސައިޑް އެޓޭކަރު ވިނީތު އެވެ.

ސިޓީގެ ކޯޗު ނަލަ ހުސެއިން ޝަރީފް ބުނީ މި މޮޅުގެ ކްރެޑިޓް ހައްގުވަނީ ކުޅުންތެރިންނަށް ކަމަށާއި ޓީމެއްގެ ގޮތުގައި މޮޅުވާން ކުރާ މަސައްކަތް ފާހަގަކުރާ ކަމަށެވެ. ސިޓީ ޓީމުން ކުރިއަށްދާނީ ޓީމެއްގެ ގޮތުގައި އެ ރޫހުގައި ކަމަށްވާއިރު، މިރޭ ލިބުނު މޮޅުގައި އެ ބައި ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށް ނަލަ ވަނީ ބުނެފަ އެވެ.

ސިޓީ އަށް ކުރިއަށް އޮތީ ހުކުރު ދުވަހުގެރޭ ޕޮލިހާ ކުޅޭ މެޗާއި ހޮނިހިރު ދުވަހު ހަވީރު އޮއްފުއާ ބައްދަލުކުރާ މެޗެވެ.

މުބާރާތުގައި މާދަމާ ދެ މެޗެއް ކުޅޭނެ އެވެ. ހަވީރު ކުޅޭ މެޗުގައި އޮއްފު އިން ބައްދަލުކުރާނީ ސިފައިންނާ އެވެ. އެ މެޗު ފަށާނީ 16:15 ގަ އެވެ. އަދި މާދަމާރޭ 20:15 ގައި ކުޅޭ މެޗުގައި ގުޑީސް އާއި ވެމްކޯ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox