އަރަބި އަދި އިސްލާމީ ތަރުބިއްޔަތަށް އިސްކަންދީގެން ކިޔަވައިދޭ ޕްރައިވެޓް ސްކޫލެއްގެ ބިންގާ ހުޅުމާލޭގައި މިއަދު އަޅައިފި އެވެ.
މި ސްކޫލަކީ ކުވެއިތުގެ އަލް ޖެރީ ގްރޫޕުން ހުޅުމާލޭ ފޭސް ވަންގައި އިމާރާތްކުރާ ސްކޫލެކެވެ. އަލް ޖެރީ ގްރޫޕަކީ ތައުލީމީ ދާއިރާގައި 60 އަހަރުގެ ތަޖުރިބާ ލިބިފައިވާ، ގަލްފު ގައުމުތަކުގައި އެންމެ ފުޅާދާއިރާއެއްގައި "ޕްރިމިއަމް އެޑިއުކޭޝަން" ފޯރުކޮށްދޭ ކުންފުންޏެކެވެ.

ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
އަލް ޖެރީ ގްރޫޕުން ހުޅުމާލޭގައި އިމާރާތްކުރާ "އަޖިއާލް ބައިލިންގުއަލް ސްކޫލް"ގައި ކިޔަވައިދޭނީ އަރަބި އިނގިރޭސި ބަހުންނެވެ.

މި ސްކޫލުގެ ބިންގާއަޅަން ބޭއްވި ރަސްމިއްޔާތުގައި އަލް ޖެރީ ގްރޫޕުން ބުނީ އަމާޒަކީ ސްކޫލު އިމާރާތްކުރުމުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ފުރުސަތު ހުޅުވާލުމެވެ. ތާވަލާ އެއްގޮތަށް މަސައްކަތް ކުރިޔަށް ގޮސްފި ނަމަ އަންނަ އަހަރުގެ އޮގަސްޓުގައި ސްކޫލުގެ މަސައްކަތް އެއްކޮށް ނިމޭނެ އެވެ.
މި ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އިންނެވެ.












