ކޮފީ ޕެކެޓްތަކަކާއި ދެ ކިރުދަޅު ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ކްރިމިނަލް ކޯޓު: ފިހާރައަކުން ވައްކަން ކުރި މީހަކު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކުރި - ފޮޓޯ: އަދަދު ފައިލް

ކްރިމިނަލް ކޯޓު: ފިހާރައަކުން ވައްކަން ކުރި މީހަކު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކުރި - ފޮޓޯ: އަދަދު ފައިލް

މާލޭގެ މަޖިދީމަގުގައި ހުންނަ ރެޑްވޭވް ސްޓޭޑިއަމް ފިހާރައިން ކޮފީ ޕެކެޓްތަކަކާއި ދެ ކިރުދަޅު ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އެ މީހާގެ މައްޗަށް އުފުލާފައިވާ ދައުވާގައިވާ ގޮތުން އޭޕްރީލް 29، 2021 ގެ ރޭގަނޑު ނުވައެއް ޖަހާކަށްހާއިރު އޭނާ ވަގަށް ގެންދިޔައީ ކޯސްޓް ކެލްސިއަމް ބްރޭންޑްގެ 900 ގްރާމްގެ ދެ ކިރުދަޅަކާއި، ނެސްކެފޭ ކްލެސިކް ބްރޭންޑްގެ 500 ގްރާމްގެ ދެ ކޮފީ ޕެކެޓެވެ.

މާލެ މަޖީދީ މަގު ރެޑްވޭވް ސްޓޭޑިއަމް ފިހާރައިގެ ރެކެއްގެ ބިތްދޮށުގައި ހުރެގެން އޭނާ ގެންގުޅުނު ރަތްކުލައިގެ ކޮތަޅަކަށް އެ ތަކެތި ލުމަށް ފަހު، އެ ތަކެއްޗަށްވާ ފައިސާ ނުދައްކައި ފިހާރައިން ނުކުންނަން އުޅުމުން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ވައްކަމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގެ އިބްތިދާއީ މަރުހަލާގެ އަޑުއެހުމުގައި ދައުވާ ރައްދުވާ ފަރާތުން ދައުވާއަށް ފުރަތަމަ އިއުތިރާފްވި އެވެ. އެކަމަކު މައްސަލަ އަވަސް ނިޔާގެ ދަށުން ނިންމަން ވެގެން ބޭއްވި އަޑުއެހުމުގައި އޭނާ ދައުވާއަށް އިންކާރު ކުރި އެވެ.

މައްސަލަ ސާބިތު ކުރަން ދައުލަތުގެ ފަރާތުން ފިހާރާގައި އެ ވަގުތު ތިބި ހަތަރު މީހަކު ޝަފައީ ހެކިންގެ ގޮތުގައި ހުށަހެޅި އެވެ. އަދި ރެޑްވޭވް ފިހާރައިން ދޫކުރި ކޯޓޭޝަނާއި، އޭނާ ފުލުހުންނަށް ދިން އިއުތިރާފް ބަޔާނާއި، ވީޑިއޯ ފުޓޭޖް ރިޕޯޓެއް ވަނީ ކިތާބީ ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ.

ދިފާއުގައި ހުށަހެޅި ހެއްކެއް ނެތްއިރު، ދައުލަތުގެ ހެކި ގަރީނާއީން ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ގާނޫނުގައި އެ ކުށަށް އޮތް އަދަބަށް ރިއާޔަތްކޮށް ކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ. ޖަލުގައި 16 ދުވަސް ހޭދަކޮށްފައިވާތީ އެ މުއްދަތު ތަންފީޒު ކުރާ ޖަލު ހުކުމުގެ މުއްދަތުން ވަނީ އުނިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox