ވީއޭއެމް އެސޯސިއޭޝަން ކަޕް: ފަހަތުން އަރައި ޗެމްޕިއަން ސިފައިން އަތުން ޕޮލިސް މޮޅުވެއްޖެ

Jun 13, 2022, 2:34 PM
ސިފައިންނާއި ޕޮލިސް މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ސިފައިންނާއި ޕޮލިސް މިއަދު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގައި ދިވެހި ސިފައިންގެ ކުލަބުން ދެ ސެޓު ހޯދާފައިވަނިކޮށް ފަހަތުން އަރައި ތިން ސެޓު ހޯދައި، 3-2 އިން ޕޮލިސް ކުލަބުން ލީގު ބުރުގެ ދެ ވަނަ މޮޅު ހޯދައިފި އެވެ.

އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ޕޮލިސް ކުލަބުން ވަނީ ކުޅުނު ފުރަތަމަ މެޗުވެސް 3-2 ގެ ނަތީޖާ އަކުން ގުޑީސް ސްޕޯޓްސް ކުލަބާ ވާދަކޮށް ކާމިޔާބުކޮށްފަ އެވެ. އަނެއް ކޮޅުން، ސިފައިންވަނީ ކުޅުނު ފުރަތަމަ މެޗުގައި ސްޕޯޓްސް ކުލަބު ސިޓީ އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ. ރޭ ސިޓީ އަތުން ބަލިވި މެޗަށް ފަހު، 24 ގަޑިއިރު ނުވަނިސް ސިފައިން މި ވަނީ ދެ ވަނަ މެޗެއް ކުޅެފަ އެވެ. އެކަމަކު، ސިފައިން ރަނގަޅު ރޫހެއްގައި ފެށި މި މެޗު ފަހުން މުޅިން އެއްކޮށް މަންޒަރު ބަދަލުވީ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ސިފައިން ކާމިޔާބުކުރީ ފަސޭހަކަމާ އެކުގަ އެވެ. ޕޮލިހަށް މާ އެދެވޭ ކުޅުމެއް މި ސެޓުގައި ނުދެއްކުނުއިރު ސާވިސްތަކާއި ރިސީވް މި ފެނުނީ ދަށްކޮށެވެ. ސިފައިން ޓީމުގެ އެޓޭކަރު ޝޮން ޓީ ޖޯންގެ ބާރު ހަމަލާތަކާ އެކު އެ ޓީމުން މި ސެޓު 25-15 އިން ކާމިޔާބުކުރި އެވެ.

ދެ ވަނަ ސެޓު ޕޮލިހުން ފެށީ ލީޑުގައި އޮވެ އެވެ. އަނޫ ޖޭމްސް އާއި ބްލޮކަރު އަކިން އައްމާލްގެ ރަނގަޅު ހަމަލާތަކުން ޕޮލިހުން ރަނގަޅު ވާދައެއް ކުރި ނަމަވެސް ސެޓުގެ މެދުތެރެއިން ސިފައިން ލީޑު ނެގި އެވެ. އެ ލީޑު ފުޅާކޮށް 25-20 އިން ސިފައިން ސެޓު ކާމިޔާބުކޮށް މެޗުގެ ކޮންޓްރޯލް ނެގުމާ ގާތަށް ޖެހިލި އެވެ. ސިފައިންގެ އާދަމް ނަސީމް (އެޑަމް)ގެ ރަނގަޅު ޝޮޓްތަކެއް ފުރަތަމަ ދެ ސެޓުގައި ފެނިގެންދިޔަ އެވެ.

ސިފައިންގެ އެޑަމް މިއަދުގެ މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ/ ނައުޝަމް ވަހީދު

ތިން ވަނަ ސެޓުގެ ޕޮލިހުން ފެށި ލީޑުގައި އޮވެ އެވެ. ނަމަވެސް މިފަހަރު އެ ލީޑު ގެއްލުނަނުދީ ފަހު ވަގުތާ ހަމައަށް ހިފެހެއްޓި އެވެ. މި ފަހަރުގެ މުބާރާތުގައި ފެންނަ އެންމެ ހުނަރުވެރި ސެޓަރު، ޕޮލިހުގެ މުތުސާމީގެ ލީޑާޝިޕާ އެކު ޕޮލިހުން ލީޑު ގެއްލުވާ ނުލައި ކުޅުނުއިރު، އަނޫ ޖޭމްސްގެ ބާރު ހަމަަލާތަކުން ފަހު ވަގުތު ލީޑު ފުޅާކުރި އެވެ. ސިފައިންނަށް އަރާ ހަމަކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ޕޮލިހުން މި ސެޓު 22-25 އިން ކާމިޔާބުކޮށް އުއްމީދު ހޯދި އެވެ. މިއީ ސިފައިންގައި ޕްރެޝަރު ބޮޑުވާން ފެށި ހިސާބެވެ.

ހަތަރު ވަނަ ސެޓުވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ފަހު ކޮޅާ ހަމައަށް ވާދަވެރިކޮށް ސިފައިން ޓީމަށް ސެޓު ގެއްލުނީ ބިދޭސީ ކުޅުންތެރިންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިގެންނެވެ. އަކިން އާއި އަނޫ ޖޭމްސްގެ ހުނަރުން މިފަހަރުވެސް ޕޮލިހުން ތަފާތު ދެއްކި އެވެ. މި ސެޓު އެޓީމުން ހޯދީ 20-25 އިންނެވެ.

ފަހު ސެޓުގައި ޕޮލިސް ފެނުނީ އާދަޔާ ޚިލާފު ރޫހެއްގައި ކުޅުނު ތަނެވެ. ފެށިގޮތަށް ބޮޑު ލީޑެއް ނަގައި އެ ލީޑު ދެމެހެއްޓި އެވެ. ދިވެހި ކުޅުންތެރިންގެ ކުޅުންވެސް މި ސެޓުގައި ވަރަށް ބޮޑަށް ފާހަގަވި އެވެ. ފަހު ސެޓު އިތުބާރާއިއެކު ކުޅެ ޕޮލިހުން ހޯދީ 7-15 އިންނެވެ. ސިފައިން ވަނީ މި މެޗުގައި އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ، އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)ގެ ބޭނުން ރަނގަޅަށް ފުރަތަމަ މެޗަށް ވުރެ ބޮޑަށް ހިފަން މަސައްކަތް ކޮށްފަ އެވެ.

މެޗަށް ފަހު ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ބުނީ ފެށުން ގޯސްވި ކަމުގައިވިޔަސް ހުރިހާ ކުޅުންތެރިން އާ ހިތްވަރަކާއިއެކު ކުޅެ ދެއްކި ކުޅުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މި މެޗުގައި ފެނުނީ ޕޮލިހުގެ ކޮންމެ ކުޅުންތެރިއަކު ވެސް އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކަށް ކުރި އިތުބާރު ކަމަށާއި، މިއީ ކޯޗެއްގެ ގޮތުގައި އެންމެ ބޮޑަށް ލިބޭ ހިތްވަރުކަމަށް ފައްލޯ ފާހަގަކުރި އެވެ.

ދިވެހި ސިފައިން ކުލަބުގެ ކޯޗު ޖުނައިދު އަބްދުﷲ ބުނީ ވާދަވެރި ދެ ޓީމް ކުޅޭއިރު ތަފާތަކަށް ވާނީ އަބަދުވެސް ބިދޭސީ ކުޅުންތެރިން ކަމަށެވެ. ސިފައިން ޓީމްގެ ބިދޭސީ ކުޅުންތެރިންނަށް މިދިޔަ ދެ މެޗުގައިވެސް ނުކުޅެވުމަކީ ބަލިވުމުގެ މައިގަނޑު ސަބަބުކަން ޖުނައިދު ފާހަގަކުރި އެވެ.

ހިތްވަރު ލާން ޖެހޭ ދަނޑިވަޅުގައި ބިދޭސީ ތިން ކުޅުންތެރިންގެ ފަރާތުން ޓީމަށް ފައިދާވާ ކަހަލަ ކުޅުމެއް ނުފެންނަ ކަމަށް ޖުނައިދު ބުންޏެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކުލަބު ވެމްކޯ އާއި ސްޕޯޓްސް ކުލަބު ސިޓީ އެވެ. ދެ ޓީމު ވެސް ވަނީ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. ދެ މެޗުން މޮޅުވެގެން ފެށި ހަމައެކަނި ޓީމަކީ ޕޮލިހެވެ. ސިޓީ އާއި ވެމްކޯގެ މެޗު ފަށާނީ މިރޭ 20:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox