ވީއޭއެމް އެސޯސިއޭޝަން ކަޕް: ފޯރިގަދަ މެޗުތަކެއް، ޕޮލިހާއި ވެމްކޯ ފެށުން ރަނގަޅުކޮށްފި

Jun 12, 2022, 3:45 AM
ޕޮޮލިސް ކްލަބްގެ މާއިޝް އާއި ނާފިއު ރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕޮޮލިސް ކްލަބްގެ މާއިޝް އާއި ނާފިއު ރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ދެ މެޗުގައި ވާދަވެރި ކުޅުމަކަށް ފަހު ޕޮލިސް ކުލަބުން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކުރިއިރު، ކުލަބު ވެމްކޯ އިން އޮފު އެފްސީގެ މައްޗަށް ކުރި ހޯދައިފި އެވެ.

މި އަހަރުގެ ވޮލީބޯޅަ ސީޒަންގެ ފިރިހެން ފުރަތަމަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާ އެކު ރޭ ފަށާފައިވާއިރު، މި އަހަރުގެ މުބާރާތަކީ އެންމެ ފެންވަރު ރަނގަޅު އަދި ފޯރިގަދަ މުބާރާތަށް ވާނެކަމަށް ބެލެވުނެވެ އެވެ. ފުރަތަަމަ ދެ މެޗުގައި ވެސް ފޯރި އާއި ވާދަވެރިކަން ފެނުނީ މަތީ ލެވަލެއްގަ އެވެ.

އެސޯސިއޭޝަން ކަޕްގައި މިއަހަރު ވާދަކުރާ ހަ ޓީމަކީ ޕޮލިސް ކުލަބު، ކުލަބު ވެމްކޯ، ގުޑީސް، އޮފު އެފްސީ، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ސްޕޯޓްސް ކުލަބު ސިޓީ އެވެ.

ފުރަތަމަ މެޗުގައި ޕޮލިހާއި ގުޑީސް ވާދަކޮށް ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށް ފަހު މެޗު ކާމިޔާބުކުރީ ޕޮލިހުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 3-2 އިންނެވެ.

ޕޮލިހާއި ގުޑީސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހަމަހަމަކޮށް ފެނުނު މެޗުގެ ފުރަތަމަ ސެޓު ޕޮލިހަށް ކާމިޔާބުކުރެވުނީ 30-28 އިންނެވެ. ރާއްޖޭގެ ގައުމީ ވޮލީ ޓީމުގައި ހިމެނުނު ޒުވާން ކުޅުންތެރިޔާ، މާއިޝް އަހުމަދު ފުރަތަަމަ ފަހަރަށް ގައުމީ ލެވަލްގެ މުބާރާތެއްގެ ފަށާ ހައެއްގައި ކުޅެން ނުކުމެ، ތަފާތު ރޫހެއްގައި ކުޅެލި އެވެ. އަދި ގައުމީ ޓީމުގެ ޝުއައިބު އަބްދުލް ލަތީފް ވެސް ޕޮލިހުގެ މިޑްލް ކުޅުންތެރިއެއްގެ ގޮތުގައި މޮޅަށް ކުޅުނެވެ.

އާ ހިތްވަރަކާ އެކު ނުކުމެ ގުޑީސް އިން ޖެހިޖެހިގެން ދެ ސެޓު ހޯދައި ލީޑު ނެގި އެވެ. ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން މިލޮރަޑް ކިޔާޗްގެ ކޯޗުކަމުގައި ކުޅޭ ގުޑީސް އިން ކެޕްޓަން، ހުސައިން ވިޝާމް (ބުޅިކޭ) އާއި ހަސަން ނިލާމް (ޕާޓޭ)ގެ އިތުރުން އިންޑިއާގެ ދެ އެޓޭކަރުން ކަމަށްވާ ރިޔާޒުއްދީން އަދި ވަރުންގެ ބާރު އެޓޭކުތަކާ އެކު މި ދެ ސެޓު ކާމިޔާބުކުރީ 23-25 އާއި 20-25 އިންނެވެ.

ހަތަރު ވަނަ ސެޓުގައި ޕޮލިހުން އަނެއްކާވެސް ތަފާތު ދެއްކި އެވެ. މި ފަހަރު ޕޮލިހުން އެންމެ ބޮޑު ތަފާތެއް ދެއްކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސެޓަރު މުތުސާމީ އާއި އަނޫ ޖޭމްސް އެވެ. މީގެ އިތުރުން ރާއްޖޭގެ ޒުވާން އެޓޭކަރު މާއިޝް ވެސް ޕޮލިހަށް މުހިންމު ޕޮއިންޓުތަކެއް ހޯދައިދިނެވެ. ސެޓު ދިޔައީ 25-23 އިންނެވެ.

ފަސް ވަނަ ސެޓު ފަށައިގެން ޕޮލިހުން ފަސް ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ނަމަވެސް ފަހަތުން އަރާ ގުޑީސް އިން ނަތީޖާ 9-9 އަށް އެއްވަރުވެސް ކުރި އެވެ. މި ވަގުތު ކޮޅުގައިވެސް ފެނުނީ ސެޓަރު މުތުސާމީގެ ތަފާތެވެ. ގުޑީސްގެ ބްލޮކަރުންނަށް ފުރުސަތު ނުދީ ހިއްލާލި ބޯޅަތައް އަނޫ ޖޭމްސް ކާމިޔާބުކުރީ އިތުބާރާ އެކުގަ އެވެ. ޕޮލިހުން 15-12 އިން ސެޓު ކާމިޔާބުކޮށް އެސޯސިއޭޝަން ކަޕްގެ ފުރަތަމަ މެޗު ކާމިޔާބު ކުރި އެވެ.

ރޭގެ މެޗުގެ ތެރެއިން ވެމްކޯ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުބާރާތުގެ ދެ ވަނަ މެޗުގައި ކުލަބު ވެމްކޯ އިން އޮފު އެފްސީގެ މައްޗަށް ކުރި ހޯދީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ވެމްކޯ އިން ކާމިޔާބުކުރީ ފަސޭކަމާ އެކު، 25-15 އަދި 25-17 އިންނެވެ. ވެމްކޯގެ ސެޓަރު، ރަންޖިތު ސިންގްގެ މޮޅު ބޯޅަތަކުގެ ބޭނުން އެ ޓީމުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްވަލް ރާއި ވަރަށް ރަނގަޅަށް ހިފައި، ޑޮމިނޭޓްކުރަމުންދިޔަ އެވެ.

ސީދާ ތިން ސެޓުން މެޗު ނިމޭނެ ކަމަށް ބަލައިގެން ތިއްބައި، ތިން ވަނަ ސެޓުގެ ކުރީކޮޅު ވެމްކޯގެ އެޓޭކަރު އަމިތު ސިންގ އަށް އަނިޔާވެ، ބަދަލުކުރަން ޖެހުނު ހިސާބުން މެޗުގެ އޮއިވަރު ބަދަލުވި އެވެ.

އޮފު އެފްސީގެ ހަމަލާތައް ހުއްޓުވާން އުނދަގޫވެ، ވެމްކޯ އަށް ތިން ސެޓު 21-25 އިން ގެއްލުނެވެ. މި ސެޓު ލިބި ހަތަރު ވަނަ ސެޓުގައި ލީޑުގައި އޮވެ ކުޅުނީ އޮފު އެފްސީ އެވެ. އެ ޓީމުން ފަހު ކޮޅަށް ދިޔައިރު ވެސް ފަސް ޕޮއިންޓުގެ ލީޑެއްގައި ވެސް އޮތެވެ. މެޗު ނިންމާލަން ފުރުސަތު ލިބުނު ނަމަވެސް ފަހު ވަގުތު ކުރި ރަނގަޅު ބްލޮކްތަކާއިއެކު ވެމްކޯ އިން މެޗު އަނބުރާލި އެވެ. އިބްރާހިމް ނިޒާރު (ބޮޑޭ)ގެ ކޯޗުކަމުގައި ކުޅޭ ވެމްކޯ އިން ހަތަރު ވަނަ ސެޓު 28-26 އިން ހޯދައި މެޗު ކާމިޔާބު ކުރި އެވެ. ގައުމީ ޓީމްގެ ކެޕްޓަން ކުޑަކާއްޓޭ އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ބްލޮކަރު އަޝްވަލް ރާއީގެ ކުޅުން ވެމްކޯ އިން ފާހަގަކުރެވުނެވެ.

މުބާރާތުގައި މިރޭ ވެސް ދެ މެޗެއް ކުޅޭނެ އެވެ. މިރޭގެ ފުރަތަމަ މެޗުގައި ސިފައިން ނުކުންނާނީ ސްޕޯޓްސް ކުލަބު ސިޓީ އާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ގުޑީސް ނުކުންނާނީ އޮފު އެފްސީ އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox