ރަން މެޑަލާ ރަށްޓެހި ނާޒިމާގެ ތައުރީފު ޗެމްޕިއަން ވެމްކޯގެ ޓީމަށް

Jun 10, 2022, 3:26 AM
ވެމްކޯގެ ކޯޗު ނާޒިމާ މެޗަށް ފަހު އިންޓަވިއު ދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެމްކޯގެ ކޯޗު ނާޒިމާ މެޗަށް ފަހު އިންޓަވިއު ދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވީއޭއެމް އެސޯސިއޭޝަން ކަޕްގެ އަންހެން ބައިގެ ފައިނަލުގައި ޕޮލިސް ކުލަބު އަތުން ސީދާ ތިން ސެޓުން މޮޅުވި މެޗުގައި ކްލަބް ވެމްކޯގެ ކޮންފިޑެންސް ލެވެލާއި ކުޅުންތެރިންގެ ހިތްވަރާއި ޓީމު ރޫހު ފެނުނީ މަތީ ފެންވަރެއްގައި ކަމަށް ވެމްކޯގެ ކޯޗު އައިޝަތު ނާޒިމާ ބުނެފި އެވެ.

އެސޯސިއޭޝަން ކަޕްގެ އަންހެން ބައިގެ ޗެމްޕިއަންކަން ވެމްކޯ އިން ދިފާއުކުރީ ފައިނަލުގައި ޕޮލިސް ކުލަބުގެ މައްޗަށް ފަސޭހަކަމާ އެކު ކުރިހޯދައިގެންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-20، 25-16 އަދި 25-12 އިންނެވެ. މިއީ ފަހުގެ ތާރީހެއްގައި ޕޮލިސް ކުލަބު ގައުމީ ލެވެލްގެ މުބާރާތެއްގެ ފައިނަލެއްގައި މިހާ ތަފާތު ބޮޑުކޮށް ބަލިވި ފަހަރެވެ.

ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ވެމްކޯ އިން ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމަށް އުނދަގޫ ހާލަތެއް ކުރިމަތިވީ ފުރަތަމަ ސެމީގައި ޕޮލިސް އަތުން 3-2 ސެޓުން މޮޅުވި މެޗުގަ އެވެ.

ފައިނަލް މެޗަށް ފަހު ނާޒިމާ ބުނީ ސެމީ ފައިނަލު މެޗުގައި ޓީމުން ދެއްކި ކުޅުމާ އެކު ފައިނަލުގައި ތަފާތު ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެެވެ. އަދި ކުޅުންތެރިންގެ ކޮންފިޑެންސް ލެވެލް ވެސް ހުރީ ވަރަށް ރަނގަޅަށް ކަމަށް ނާޒިމާ ވަނީ ބުނެފަ އެވެ.

"ކޮންފިޑެންސާ އެކު ސީދާ ތިން ސެޓުން މޮޅުވާން ނުކުތީ، އެންމެން ފޯމުގައި ކުޅެ، ކުޅުންތެރިންގެ ހިތްވަރުގެ ނަތީޖާ މި ފެނުނީ،" މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދި ނާޒިމާ ބުންޏެވެ.

އަލްހަމްދުލިﷲ ޝުކުރު، ގޯލްޑްއާ އިރާދަކުރެއްވިއްޔާ ރައްޓެހި ހަމަ -- ނާޒިމާ (ވެމްކޯ ކޯޗު)

މުބާރާތުގައި ވެމްކޯ އިން ޖުމްލަ ހަ މެޗު ކުޅުނުއިރު، އެ ޓީމަށް ސެޓު ގެއްލުނީ ހަމައެކަނި ސެމީ ފައިނަލް މެޗުގަ އެވެ. އެ މެޗުގެ ދެ ސެޓު ގެއްލުނު ނަމަވެސް ފައިނަލްގައި ތަފާތު މޮޅުކޮށް ކުޅެ "100 ޕަސެންޓް" ރެކޯޑަކާއިއެކު ވެމްކޯ އިން ތަށި ދިފާއުކުރީ އެވެ.

ނާޒިމާ ބުނީ ސެމީ ފައިނަލްގައި ދެ ސެޓު ގެއްލުނީ ސާވިސްތައް ބޭކާރުކޮށްލެވިގެން ކަމަށެވެ. އަދި އެ މެޗުގެ މިސްޓޭކްތައް ރަނގަޅުކޮށް ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ ފައިނަލުގައި ހުރިހާ ކަމެއް ރަނގަޅަށް ގެންދަން ފޯކަސް ކޮށްގެން ކަމަށެވެ.

ނާޒިމާ ބުނީ ވެމްކޯގެ އެންމެ ބޮޑު ތަފާތަކީ ޓީމްގެ ރޫހު ކަމަށާއި، ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުން އެ ޓީމުގައި ގިނަވުމަކީ އިތުރަށް ޓީމުގެ ކުޅުންތެރިންގެ ގުޅުން ރަނގަޅުވި ސަބަބެއް ކަމަށެވެ.

"ވެމްކޯގެ މުވައްޒަފުން ޓީމްގައި ތިބެފައި. ސަޕޯޓަރުންގެ ސަޕޯޓާއި، ޓީމު ބޮންޑު ވަރުގަދަވާނެ ކޮންމެ ގޮތެއްވިޔަސް. ބޭރުން މަދު ކުޅުންތެރިން ގެނަޔަސް ޓީމް ސްޕިރިޓް ހަމަ ރަނގަޅުކޮށް މި ފެނުނީ." ނާޒިމާ ބުންޏެވެ.

ވެމްކޯގެ ކޯޗު ނާޒިމާ (ވ): އޭނާ ވަނީ މި ކާމިޔާބީގެ ކްރެޑިޓް ވެމްކޯގެ ޓީމަށް ހައްގުވާ ކަމަށް ބުނެފައި،--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ނާޒިމާ ބުނީ ވޮލީއާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށްފަހު އެނބުރި އައިސް ނުކުމެ "ރަން މެޑަލް" އަކާ އެކު ނިންމާލެވުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. މި ސީޒަންގެ ގައުމީ މުބާރާތަށް ނުކުންނައިރު ވެސް އަޒުމަކީ ތަށި ހޯދުން ކަމަށް ބުނެފައިވެ އެވެ.

"އަލްހަމްދުލިﷲ ޝުކުރު، ގޯލްޑްއާ އިރާދަކުރެއްވިއްޔާ ރައްޓެހި ހަމަ، އަބަދުވެސް ގިވްއަޕް ނުކޮށް މަސައްކަތް ކުރަނީ، އިރާދަކުރެއްވިއްޔާ ނާޒި އަށް އެނގުނު އެއްޗެއްގެ ބޭނުންކޮށް ހަމަކުރިއަށް ދާނަން،" ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ނާޒިމާ ބުންޏެވެ.

ވެމްކޯ ކުޅުންތެރިންގެ އިތުބާރު ނާޒިމާ އަށް ބޮޑުވުމަކީ މުބާރާތުގައި ކުރިއަށްދާން އެ ޓީމަށް ފަސޭހަވި އެއް ސަބަބެވެ. އަދި ޓީމުގެ ކުޅުންތެރިން ބަހާލައިގެން މުޅި މުބާރާތުގައި ބޭނުންކޮށް، ރަނގަޅު ވަގުތުގައި ކުޅުންތެރިން މެނޭޖްކުރުމުގައި ވެމްކޯ އިން ގިނަ ފަހަރު ރަނގަޅު ގޮތަށް ނިންމާފައިވުމުގެ ނަތީޖާ އަކަށްވުމަކީ މާ ބޮޑު ޕްރެޝަރެއް ނެތި ތަށި ދިފާއުކުރެވުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox