ޕޮލިސް ބަލިކޮށް ވެމްކޯ އިން އެސޯސިއޭޝަން ކަޕް ދިފާއުކޮށްފި

Jun 9, 2022, 4:56 PM
ުމުބާރާތުގެ ޗެމްޕިއަންކަން ހޯދި ވެމްކޯ ޓީމު ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ުމުބާރާތުގެ ޗެމްޕިއަންކަން ހޯދި ވެމްކޯ ޓީމު ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލިކޮށް، ކްލަބް ވެމްކޯ އިން ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކޮށްފި އެެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ވީއޭއެމް އެސޯސިއޭޝަން ކަޕް ބޭއްވިއިރު، ވެެމްކޯ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕޮލިސް 3-1 ސެޓުން ބަލިކޮށްގެންނެވެ. މި ފަހަރުގެ ފުރަތަމަ ސެމީގައި ވެމްކޯ އަށް ޕޮލިސް އަތުން މޮޅުވެވުނީ 3-2 ސެޓުންނެވެ. އެކަމަކު، މިރޭގެ ފައިނަލުގައި ޕޮލިހަށް މާ ބޮޑު ފުރުސަތެއް ނުދީ ވެމްކޯ ވަނި މެޗުން މޮޅުވެފަ އެވެ.

ވެމްކޯ އިން މިރޭގެ ފައިނަލް މެޗުގެ ސެޓުތައް ގެންދިޔައީ 25-20، 25-16 އަދި 25-12 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެެރެ ކޯޓުގައި މިރޭ ކުޅުނު ފައިނަލުގައި ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު އެވެ.

މިރޭގެ ފައިނަލް މެޗުގެ ފުރަތަމަ ޕޮއިންޓުން ފެށިގެން ވެމްކޯ ފެނުނީ ތަފާތު ރޫހެއްގައި ކުޅެލިތަނެވެ. އެ ޓީމުގެ ސެޓަރު، ޖޫޒާން ޒަރީރު ދޭ ބޯޅަތަކުގައި ޓީމުގެ އެޓޭކަރުން ކަމަށްވާ ތައިލެންޑްގެ ޕަޗަރަޕޯން ސިތިސާދު އާއި އައިޝަތު މާޖިދާ އަދި އައިމިނަތު އަރީޝާގެ ޝޮޓްތައް ވަރުގަދަކޮށް ފެނިގެންދިޔައިރު، ޕޮލިހަށް އެ އެޓޭކްތައް ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ފުރަތަމަ ސެޓުގައި ޕޮލިހުން ކޮންމެ ވެސް ވަރަކަށް ހަމަލާތައް ފޮނުވާލިއިރު، ވެމްކޯ އިން ސެޓު ނިންމާލީ 25-20 އިންނެވެ.

ދެން ކުޅުނު ދެ ސެޓުގައި ވެސް ވެމްކޯ އޮތީ ބޮޑު ލީޑެއްގަ އެވެ. ޕޮލިހުން ސެމީ ދެ މެޗު (ފުރަތަމަ ސެމީގައި ވެމްކޯއާ ދެކޮޅަށާއި ތިން ވަނަ ސެމީގައި އީގަލްސްއާ ދެކޮޅަށް) ކުޅެފައި އައުމުން އެ ޓީމުގެ ފަރާތުން ފަހު ދެ ސެޓުގައި ވަރުބަލިކަން ފެނިގެންދިޔަ އެވެ. ޕޮލިހުގެ ނޭޕާލް ކުޅުންތެރިޔާ، ކަމަނަ ބިސްޓާ އާއި ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ)ގެ އެޓޭކްތައް ޑިފެންސްކުރުމުގައި ވެސް ވެމްކޯ އިން މިރޭ ކާމިޔާބު ހޯދި އެވެ.

މުހައްމަދު ނަދީމް (ނަދީމްބެ)ގެ ކޯޗުކަމުގައި ކުޅުނު ޕޮލިހުގެ ޑިފެންސްގައި މިރޭ ގިނަ ގޯސްތަކެއް ހެދުނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވެމްކޯގެ، ޕަޗަރަޕޯން އެކަނިމާ އެކަނި އަރައި ވެސް ޕޮލިހުގެ ބައެއް ހަމަލާތައް ބްލޮކްކުރިއިރު، ޖުމްލަކޮށް ބަލާއިރު، ވެމްކޯގެ ކޮންމެ ކުޅުންތެރިއަކު ވެސް ޓީމު ރޫހުގައި މޮޅު ކުޅުމެއް ދެއްކި އެވެ.

އައިޝަތު ނާޒިމާގެ ކޯޗުކަމުގައި ކުޅުނު ވެމްކޯ އިން ތަށި ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މުބާރާތުގެ މޮޅު ކޯޗުގެ މަގާމު ވެސް ލިބުނީ ނާޒިމާ އަށެވެ.

އަންހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ހިމެނެނީ، ޕޮލިހުގެ ހައްވަ، އައިޝަތު ޝަހާ ޝާމިން، މަރިޔަމް އަޒުމާ، ވެމްކޯގެ އަރީޝާ، ހައްވާ ނާޒިމާ، ސިލްމާ ޒާހިރު އަދި ޖޫޒާން އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ ނަރީމާ އިދުރީސް (ނަންނި) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ މާޖިދާ އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ވެމްކޯގެ ޕަޗަރަޕޯން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox