ކްރިކެޓް ގައުމީ ޓީމުގެ މެނޭޖަރަކަށް ޝާޒް

Jun 9, 2022, 4:23 AM
ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ކ) އާއި ޝާޒް.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް (ކ) އާއި ޝާޒް.-- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ގައުމީ ފިރިހެން ކްރިކެޓް ޓީމުގެ މެނޭޖަރަކަށް އިބްރާހިމް ޝާޒް ހަބީބު ހަމަޖައްސައިފި އެވެ.

ކްރިކެޓްގައި އެކި ގޮތްގޮތުން އަމަލީގޮތުން ހަރަކާތްތެރިވަމުން އަންނަ ޝާޒް، ގައުމީ ކްރިކެޓް ޓީމުގެ މެނޭޖަރަކަށް ހަމަޖައްސާފައިވަނީ އަންނަ މަހު މެލޭޝިއާގައި ކުރިއަށްދާ މުބާރާތަކަށެވެ.

އެއީ އަންނަ މަހު 1-12 އަށް މެލޭޝިއާގައި ބާއްވާ ކުއޮޑް ސީރީސް އަށެވެ. އެެ މުބާރާތުގައި ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ދެން ވާދަކުރަނީ ބޫޓާން އަދި ތައިލެންޑް އެވެ. މީގެ ކުރިން ވެސް ރާއްޖޭން ވަނީ މި ފަދަ މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

މެލޭޝިއާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ކްރިކެޓް ޓީމުން ސްރީ ލަންކާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޓްރެއިނިން ޓުއާ އަށް ދިއުމަށް ހަމަޖެހިފައިވަނީ މި މަހު 21 ވަނަ ދުވަހު އެވެ. މުބާރާތާ ހަމައަށް ލަންކާގައި ކުރިއަށްދާ ޓުއާގައި ބޭނުންވާ ވަރަށް ޓީމު އެކުލަވާލަން ފަސޭހަވެގެންދާނެ އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްބޯޯޅަ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އެކި މަގާމުތައް މީގެ ކުރިން ފުރުއްވި ޝާޒް އަށް ޒިންމާ ހަވާލުކުރަން ކްރިކެޓް ބޯޑުން ނިންމީ ފުރިހަމަ އިތުބާރާ އެކީ ޓީމުގެ ކަންކަމުގެ ޒިންމާ ފުރިހަމަ އަށް ނެގޭނެ ފަރާތަކާ ކަންކަން ހަވާލުކުރުމުގެ ވިސްނުމުގަ އެވެ. އަދި ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފައިވާ ޝާޒް އަކީ އެޑްމިނިސްޓްރޭޓިވް ކަންކަމުގައި ވެސް ތަޖުރިބާ ހުރި ފަރާތެއް ކަމަށްވާތީ، ކްރިކެޓް ބޯޑުން ނިންމީ ޝާޒް ޓީމުގެ މެނޭޖަރަކަށް ހަމަޖެއްސުމަށެވެ.

އެންމެ ފަހުން ގައުމީ ކްރިކެޓް ޓީމުގެ މެނޭޖަރަކަށް މަސައްކަތް ކޮށްފައިވަނީ މީގެ އަހަރުތަކެއް ކުރިން ވެސް ގައުމީ ކްރިކެޓް ޓީމުގެ މެނޭޖަރުގެ ޒިންމާ އުފުލި އަލި މުހައްމަދު މަނިކު (އަލިބެ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox