އެސޯސިއޭޝަން ކަޕް ފައިނަލް: ވެމްކޯގެ އަމާޒަކީ ތިން ސެޓުން ކާމިޔާބުކުރުން، ޕޮލިސް ވަރުގަދަކޮށް

Jun 9, 2022, 5:17 AM
ޕޮލިހުގެ ކޯޗު ނަދީމްބެ (ކ) އާއި ވެމްކޯގެ ކޯޗު ނާޒިމާ: މިރޭގެ ފައިނަލާ މެދު ދެ ޓީމުގެ ވެސް އުންމީދުތައް ބޮޑު.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ޕޮލިހުގެ ކޯޗު ނަދީމްބެ (ކ) އާއި ވެމްކޯގެ ކޯޗު ނާޒިމާ: މިރޭގެ ފައިނަލާ މެދު ދެ ޓީމުގެ ވެސް އުންމީދުތައް ބޮޑު.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯ ފައިނަލަށް ދިޔައީ މެޗަކުން ބަލިނުވެ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ޕޮލިސް ކްލަބް، ފައިނަލާ ހަމައަށް ކުރި ދަތުރުގައި ބަލިވީ ހަމައެކަނި ފުރަތަމަ ސެމީގައި ވެމްކޯ އަތުންނެވެ. ވެމްކޯ އިން މިރޭގެ ފައިނަލް މެޗު ތިން ސެޓުން ކާމިޔާބުކުރަން އަމާޒުހިފާފައިވާއިރު، ޕޮލިސް ވެސް އޮތީ ވަރުގަދަ ރޫހެއްގައި ތަށި ހޯދުމަށް ކުރެވުނު ހުރިހާ ކަމެއް ކުރަން ތައްޔާރަށެވެ.

ފުރަތަމަ ސެމީގައި ވެމްކޯ އިން ދެ ސެޓު ގެންގޮސްފައި ވަނިކޮށް ޕޮލިހުން އެއްވަރުކުރި އެވެ. ވެމްކޯ މޮޅުވީ ނަތީޖާ ނެރެން ކުޅުނު ފަސް ވަނަ ސެޓު ކާމިޔާބުކޮށްގެންނެވެ.

ސެމީ ފައިނަލު މެޗުގައި ކުރެވުނު ތަޖުރިބާގެ އަލީގައި އަމާޒަކީ ސީދާ ތިން ސެޓުން ޕޮލިސް ކުލަބު ބަލިކޮށް ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކުރަން ބޭނުންވާ ކަމަށް ވެމްކޯގެ ކޯޗު އައިޝަތު ނާޒިމާ ވަނީ ބުނެފަ އެވެ.

ނާޒިމާ ބުނީ ޓީމާ މެދު 100 ޕަސެންޓު އިތުބާރު އެބައޮތް ކަމަށެވެ. ފައިނަލް މެޗަށް ނުކުންނަނީ ޕޮލިހަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށް ވެސް ނާޒިމާ ވަނީ ބުނެފަ އެވެ. ޕޮލިހުގައި ހުރީ ތަޖުރިބާކާރު ކޯޗެއް ކަމަށާއި، ސެމީ ފައިނަލު މެޗުގައި އެކަން ފެނުނު ކަމަށް ނާޒިމާ ބުންޏެވެ.

ސެމީގެ މެޗަކީ ސީދާ ތިން ސެޓުން ވެމްކޯ އަށް މޮޅުވެވޭނެ މެޗެއް ކަމަށާއި، ފަސް ސެޓަށް މެޗު ދިޔައީ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށް ނާޒިމާ ބުންޏެވެ. އެކަން މިރޭގެ ފައިނަލުގައި ތަކުރާރުވިޔަ ނުދޭން ނާޒިމާ ހުރީ އަމާޒުހިފައިގެންނެވެ. ކުޅުންތެރިންނަށް ވިސްނައިދެނީ ވެސް އެ ގޮތަށެވެ.

"ޓީމާ މެދު 100 ޕަސެންޓް އިތުބާރު އެބައޮތް. ގަބޫލުކުރަން ޕޮލިހަކީ ވަރުގަދަ ޓީމެއްކަން، އެ ޓީމްގައި ހުރީވެސް ތަޖުރިބާކާރު ކޯޗެއް. އެކަން އެނގިގެން ނުކުންނާނީ. ޔަގީންކަން އެބައޮތް ޓީމާ މެދު. ސެމީގައި ވަރަށް މަސައްކަތްކޮށްގެން ފައިނަލަށް ދިޔައީ. އެކަމަކު އަމާޒަކީ ފައިނަލުގައި ސީދާ ތިން ސެޓުން މޮޅުވެ ތަށި ހޯދުން." ކުރިން ވޮލީ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ނާޒިމާ ބުންޏެވެ.

ނާޒިމާ ބުނީ މެޗަކުން ބަލިނުވެ، ކުޅުންތެރިން ތިބީ ރަނގަޅު ފޯމެއްގައި ކަމަށެވެ. ހުރިހާ މެޗެއްވެސް އެއް ފޯމެއްގައި ފަސޭހަ ނުކޮށް ކުޅެފައިވުމަކީ ފައިނަލަށް ނުކުންނައިރު، ޓީމާ މެދު އިތުރަށް ޔަގީންކަން ބޮޑުވާ ސަބަބެއްގެ ގޮތުގައި ނާޒިމާ ފާހަގަކުރި އެވެ.

"އަސްލުގައި ކުޅުންތެރިން މިއަދާ ހަމައަށް ވެސް އައީ އެއްވެސް މެޗެއް އީޒީނުކޮށް ވަރަށް ފަރުވާތެރިވެގެން ކުޅުނީ. ސެމީގައި ފަސް ސެޓަށް ދިޔަސް، މިސްޓޭކްތައް ރަނގަޅުކޮށް އިތުބާރާ އެކު އެ ކުޅުނީ. ފައިނަލަށް ނުކުންނައިރު، އެއީ ވަރަށް ބޮޑު ހިތްވަރަކަށްވާނެ،" ނާޒިމާ ބުންޏެވެ.

ފުރަތަމަ ސެމީގައި ވެމްކޯ އަތުން ބަލިވެ، ޕޮލިސް ފައިނަލުގެ ފުރުސަތު ހޯދަން ކުޅެން ޖެހުނީ ތިން ވަނަ ސެމީގައި ކްލަބް އީގަލްސްއާ އެެވެ. އީގަލްސް އަތުން ޕޮލިސް މޮޅުވީ 3-1 ސެޓުންނެވެ.

ޕޮލިސް ކުލަބުގެ ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ) ބުނީ ސެމީ ފައިނަލު ފުރަތަމަ މެޗުގައި ވެމްކޯއާ ދެކޮޅަށް ވަރަަށް ވަރުގަދައަށް ކުޅެފައި ޖެހިގެން އައި ދުވަހު ތިން ވަނަ ސެމީގައި އީގަލްސްއާ ކުޅެން ޖެހުމުން ޓީމުން ވަރުބަލިކަން ފެނުނު ކަމަށެވެ. ނަމަވެސް އީގަލްސް ބަލިކޮށް ފައިނަލަށް ދެވުމަކީ ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ނަދީމްވެ ވަނީ ފާހަގަކޮށްފަ އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ކުޅުންތެރިންގެ މަސައްކަތް. އެއީ ވަރުގަދަ ޓީމަކާއި ދެކޮަޅަށް ފަސް ސެޓު ކުޅެފައި މި މެޗަށް (ތިން ވަނަ ސެމީ އަށް) މި އައީ. އެ ވަރުބަލިކަމާ އެކު މި މެޗަށް ނުކުމެ ކުދިން ކުރި މަސައްކަތުން މޮޅުމިވީ. ވަރުބަލި ކަންމަތީގައި ފަސޭހަކޮށްލިނަމަ މި މެޗު ވަރަށް ޓަފްވީސް އޭ ބުނެވޭނީ." ގައުމީ ލެވަލްގައި ތަޖުރިބާ ބޮޑު ކޯޗު ނަދީމްބެ ބުންޏެވެ.

ނަދީމްބެ ބުނީ ފައިނަލަށް ނުކުންނައިރު ކުޅުންތެރިން އަރާމުކުރަން އަދި ރިކަވަރީއަށް ވަގުތުކޮޅެއް ލިބުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ސެމީގައި ވެމްކޯ އަތުން ބަލިވި މެޗުގައި ފެށުން ދިޔައީ ގޯސްކޮށް ކަމަށެވެ. އެކަމުން އިބުރަތް ނަގައި، ފޯކަސް ރަނގަޅަށް ބަހައްޓައިގެން ފަހުން މެޗުޔަކުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްގެން ފައިނަލުގައި ކުޅެން މަސައްކަތް ކުރާނެ ކަމަށް ނަދީމްބެ ވަނީ ބުނެފަ އެވެ.

"މި މުބާރާތުގައި އަޅުގަނޑުމެން މި ވިސްނަނީ މެޗަކަށް ފަހު މެޗެއް. އެހެންވީމަ ޕްރެޝަރު ހޭންޑްލްކުރުމާއި ކަންކަމަށް ބަލާއިރު، ކުދިން ވަރަށް ރަނގަޅަށް ހޭނިފައި އެ ތިބީ. އެ ގޮތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި މި ތިބީ. އިރާދަކުރެއްވިޔާ، ފައިނަލް މެޗު ކާމިޔާބުކުރުން އަމާޒަކީ" ނަދީމްބެ ބުންޏެވެ.

އެންމެ ފަހުން އެސޯސިއޭޝަން ކަޕް އޮތީ 2019 ވަނަ އަހަރުގަ އެވެ. އެ މުބާރާތުގައި ފައިނަލުގައި ވެމްކޯ އިން ވަނީ ޕޮލިހުގެ މައްޗަށް 3-1 ސެޓުން ކުރި ހޯދާ ފައެވެ. ވެމްކޯ އާއި ޕޮލިސް ވާދަކުރާ އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗު ފަށާނީ މިރޭ 20:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox