އެމްއެންޔޫގެ އެތެރޭގައި ބޮޑު ކޯޅުމެއް، ތުހުމަތުތައް ޗާންސެލަރަށް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދާއި ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދާއި ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޗާންސެލަރު ޑރ. ހަސަން ހަމީދާއި ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފާ ދެމެދު ބޮޑު ކޯޅުމެއް އޮތްކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި މިއަދު ހާމަވެއްޖެ އެވެ.

މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން އެމްއެންޔޫގެ އިސް ބޭފުޅުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފު ވިދާޅުވީ، ޔުނިވާސިޓީގެ ޗާންސެލަރާއި ވައިސް ޗާންސެލަރުގެ ދައުރު ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި ވިޔަސް، ޗާންސެލަރު އެކަން ބައްލަވާ ގޮތް "ޑިފައިންކޮށްދޭން" ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ވައިސް ޗާންސެލަރުކަމަށް ފަހުން ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް އެކަން ސާފުވާން އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ޝަރީފު ތުހުމަތު ކުރެއްވި ގޮތުގައި ވައިސް ޗާންސެލަރުގެ ދައުރާ މެދު ޗާންސެލަރު ދެކެވަޑައިގަންނަވާ ގޮތުގެ ސަބަބުން ޔުނިވާސިޓީގެ ހިންގުމަށް ވެސް މަޑުޖެހުން އާދެ އެވެ. އެއީ ޔުނިވާސިޓީއެއް ހިންގުމުގައި ދިމާވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޗާންސެލަރު ގަބޫލުފުޅުކުރައްވާ ޗާންސެލަރަކީ ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ހުންނަ ބޭފުޅަކަށް ވާތީ، މިނިސްޓަރެއްގެ ދަރަޖައިގައި އައްޔަންކުރައްވާފައި ހުންނާތީ، އެހެން ގޮޮތް ގޮތަށް މިކަން [ވައިސް ޗާންސެލަރުގެ ދައުރާ މެދު] ބެލެވޭނެ ކަމަށް. އެކަމަކު ގާނޫނުގައި ކަޅާ ހުދުން ވަރަށް ސާފުކޮށް ލިޔެފައި އެބަ އޮތް ވައިސް ޗާންސެލަރުގެ ރޯލު،" ޝަރީފު ވިދާޅުވި އެވެ.

ޗާންސެލަރާއި ވައިސް ޗާންސެލަރުގެ ދައުރާ މެދު އެ ދެބޭފުޅުން އެއްބަސްވެވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގައި އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، ރިސާޗް އެންޑް އެންޓަޕްރައިޒް ޑރ. އައިޝަތު ޝެހެނާޒް އާދަމް ވެސް ވިދާޅުވީ އެ ޔުނިވާސިޓީގެ "ރޯލްތައް ޑިފައިން ވެފައި އޮންނަ ގޮތުން" އޭނާއަށް ވެސް ދަތިތަކާ ކުރިމަތިވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ، މިސާލަކަށް ޗާންސެލަރަށް އަޅުގަނޑުމެން ރިޕޯޓްކުރަން ޖެހޭ ކަންތައްތަކަކީ ވައިސް ޗާންސެލަރަށް ރިޕޯޓްކުރަން ޖެހޭ ކަންތައްތަތަކީ [ކޮބައިކަމެއް]،" ޗާންސެލަރު ހަސަން ހަމީދު ވެސް ބައިވެރިވެވަޑައިގެން އިންނެވި ބައްދަލުވުމުގައި ޝެހެނާޒް ވިދާޅުވި އެވެ.

ޔުނިވާސިޓީގެ ގާނޫނުގައި އޮންނަ ގޮތުން ޑެޕިއުޓީ ވައިސް ޗާންސެލަރުން ރިޕޯޓްކުރަން ޖެހޭނީ ވައިސް ޗާންސެލަރަށް ކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް ބައެއް ފަހަރު ކަން ހިނގަނީ އެހެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފާއި ޝެހެނާޒްގެ ވާހަކައަށް ފަހު، ކޮމިޓީގެ މެމްބަރުންނަށް ސުވާލުކުރަން ހުޅުވައިލި ފުރުސަތުގައި، ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ އެދިވަޑައިގެންނެވީ ދިމާވާ ދަތިތައް، ވައިސް ޗާންސެލަރު ޝަރީފު އިތުރަށް ތަފްސީލުކޮށް ދެއްވުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ ޔުނިވާސިޓީގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އޮންނަނީ އޭނާއަށް ކަމަށް ވިޔަސް އޭނާއަށް ނާންގަވައި، އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ޗާންސެލަަރު ހަސަން ހަމީދު އިރުޝާދުތައް ދެއްވާ ކަމަށެވެ.

"އަޅުގަނޑަށް ނޭނގި އަޅުގަނޑުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އިންސްޓްރަކްޝަންސް ދީގެން ގަސްކެނޑުން ފަދަ ވަރަށް ނޭދެވޭ ކަހަލަ އަމަލު، ކަންކަން އެބަ ކުރޭ. އަދި ހަމަ އޭގެ އިތުރަށް މިސާލަކަށް ޕްރޮކިއުމަންޓް ކޮމިޓީއަށް ނޫނީ ޕްރޮކިއުމެންޓްގައި ހުންނަ ސްޓާފަށް އެބަ ކަންކަން އަންގާ [ޗާންސެލަރު]،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރެއްވީ އެއީ ޗާންސެލަރު ހަސަން ހަމީދަކީ ކުރިން ވައިސް ޗާންސެލަރުކަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ ލިބޭ އިހުތިރާމްގެ ނާޖާއިޒް ފައިދާ ނެންގެވުމުގެ ގޮތުން ކުރައްވާ ކަންތައްތައް ކަމަށެވެ.

ޔުނިވާސިޓީ ކައުންސިލަށް ވައިސް ޗާންސެލަރު ހުށަހަޅުއްވާ ކަންކަން ޓޭބަލް ނުކުރެއްވުން ފަދަ ކަންތައްތައް ހަސަން ކުރައްވާ ކަމަށް ވެސް ޝަރީފު ތުހުމަތުކުރެއްވި އެވެ.

"އޭގެ އެއް ކަމެއްގެ ގޮތުގައި މުވައްޒަފުންނަށް ލިބެން ޖެހޭ އިނާޔަތްތައް ނޫނީ، އަޅުގަނޑު ކުރިން ވެސް ދެންނެވިހެން ހެލްތު އިންޝުއަރެންސް ކަންތަކުގައި، ޗާންސެލަރަށް ފެނިވަޑައިނުގަންނަވަނީ އެއީ އެހާ ރަނގަޅު ކަންތައްތަކުގެ ގޮތުގައި، ނުފެންނަންޏާ އޭތި ޕާކްކޮށްލާފައި ބާއްވަނީ،" ޝަރީފު ވިދާޅުވި އެވެ.

ޗާންސެލަރު ރައްދެއް ނުދެއްވާ

ޝަރީފާއި ޝެހެނާޒްގެ ވާހަކައަށް ފަހު އެވާހަކަ ތަކާ ގުޅޭ ގޮތުން ޗާންސެލަރު ހަސަން ހަމީދު ވާހަކަ ދައްކަވަން، ކޮމިޓީގެ މެމްބަރު އަދި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާން ހަސަން އެދިވަޑައިގެންނެވި އެވެ. އެހެންވެ، ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އެ ފުރުސަތު ހަސަންއަށް ދެއްވި އެވެ.

އެ ފުރުސަތުގައި ހަސަން ވިދާޅުވީ ބައްދަލުވުމުގައި އެހައިތަނަށް ދެކެވުނު ވާހަކަތަކަކީ "ކޮން ކޮންޓެސްޓެއްގައި، ކޮންކަހަލަ ވެއްޓެއްގައި" ދެކެވުނު ވާހަކަތަކެއް ކަން ސާފުވެވަޑައިނުގަންނަވާ ކަމަށެވެ.

"އެހެންވީމާ ވަރަށް ދަތި ކުއްލިއަކަށް ޖަވާބުދޭން،" އޭނާ ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވުމުން މުގައްރިރު ވިދާޅުވީ، މަޝްވަރާކުރާނީ ޔުނިވާސިޓީގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި ދިމާވާ ދަތިތަކާ ބެހޭ ގޮތުން ކަން، ޔުނިވާސިޓީގެ އިސް ބޭފުޅުން، ބައްދަލުވުމަށް ވަޑައިގެންނެވުމަށް އެދި ކޮމިޓީން ފޮނުވި ސިޓީގައި ބުނެފައިވާނެ ކަމަށެވެ.

"އެއީ ބައެއް އިއްޒަތްތެެރި މެމްބަރުން ވެސް މި ކޮމިޓީގައި އެކަހަލަ ޝަކުވާ ކުރައްވާތީއާއި، ކޮމިޓީން ބޭރުގައި ވެސް،" އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އެހިސާބުން ބައެއް މެމްބަރުން އެދިވަޑައިގެންނެވީ ކޮމިޓީ ސިއްރުކުރާށެވެ. އެކަމަށް ނެގި ވޯޓުގައި އެގޮތަށް ފާސްވުމުން ކޮމިޓީ ސިއްރުކުރީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox