އެސޯސިއޭޝަން ކަޕް: ޓީމެއްގެ ގޮތުގައި ކުޅެގެން އީގަލްސް އަށް ޕޮލިސް ބަލިކުރެވޭނެ

Jun 7, 2022, 6:25 AM
އީގަލްސްގެ ކޯޗު މުންނަ (މ) އެ ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

އީގަލްސްގެ ކޯޗު މުންނަ (މ) އެ ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ނައުޝަމް ވަހީދު

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ތިން ވަނަ ސެމީ ފައިނަލުގައި މިރޭ ޕޮލިސް ކްލަބާ ދެކޮޅަށް ކްލަބް އީގަލްސް އަށް މޮޅެއް ހޯދޭނީ ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ކުޅެގެން ކަމަށް އީގަލްސްގެ ކޯޗު، މުނާ މުނީރު (މުންނަ) ބުނެފި އެވެ.

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ފުރަތަމަ ސެމީގައި ރޭ ކްލަބް ވެމްކޯ އަތުން 3-2 ސެޓުން ޕޮލިސް ބަލިވެ، އެ ޓީމުން ތިން ވަނަ ސެމީ ފައިނަލުގައި ކުޅެން ޖެހުނީ އީގަލްސްއާ އެވެ. އީގަލްސް އިން ރޭ ވަނީ ދެ ވަނަ ސެމީ ފައިނަލުގައި ފަސޭހަކަމާ އެކު ކްލަބް ވޮލީބޯލް ތިން ސެޓުން ބަލިކޮށްފަ އެވެ.

މެޗަށް ފަހު, "އަދަދު" އަށް މުންނަ ބުނީ ކްލަބް ވޮލީބޯލް އަތުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ރޭގެ މެޗުގައި ކުޅުނީ ވަރަށް ބޮޑަށް ރެސްޓްކުރެވޭ ގޮތަށް ބަލައިގެން ކަމަށެވެ. އެ ގޮތުން ރޭގެ މެޗަށް ޓީމު ރޭވިއިރު ވެސް މުންނަގެ ފޯކަސް ބޮޑަށް އޮތީ ތިން ވަނަ ސެމީ އަށެވެ.

"ޕޮލިހަށް އިންނާނެ އެޑްވާންޓޭޖަކީ އެ މީހުން އޭޒް އަ ޓީމް (ޓީމެއްގެ ގޮތުގައި) ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ ހަމަ މި މުބާރާތަށް ތައްޔާރުވާތާ، އެކަމަކު، އީގަލްސްގައި މި އޮތީ ޓޫ ވީކްސް އިން (ދެ ހަފްތާ އިން) ފޯމް ކޮށްލި ޓީމެއް، އެކަމަކު، ތަޖުރިބާއާ އެކު ވަރަށް ރަނގަޅަށް މެނޭޖް އެބަކުރޭ، އެހެންވީމަ އަޅުގަނޑުމެން ވެސް ފޯރި ނަގާފައި، ޓީމް ވޯކް ދައްކައިފިއްޔާ، އިރާދަކުރެއްވިއްޔާ މޮޅުވެވޭނެ ޕޮލިސް ކައިރިން ވެސް،" މުންނަ ބުންޏެވެ.

އީގަލްސް އިން ޓީމު އެކުލަވާލިއިރު، އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ ސެންޓަ ބްލޮކަރެއް ނެތުމުން ކަމަށް މުންނަ ވަނީ ބުނެފަ އެވެ. އަދި މެޗުތައް ދާގޮތުން ވެސް އެ އުނދަގޫ ކުރިމަތިވާ ކަމަށް މުންނަ ފާހަގަކުރި އެވެ.

"މި ޓީމުގައި ވާގޮތަކީ، ސެންޓަ ބްލޮކަރެއް އެކަކު، ހަމަ މަދު، އެހެންވެ، އަޅުގަނޑުމެންގެ އައުޓްސައިޑް އެޓޭކަރެއް މި ކުޅެނީ ސެންޓަ ބްލޮކަރަކަށް،" މުންނަ ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި ޕޮލިހުން ވަނީ އީގަލްސް އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

ރޭގެ މެޗުގެ ތެރެއިން ޕޮލިހުގެ ކޯޗު ނަދީމްބެ: ޕޮލިސް އަށް ފައިނަލަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ނަދީމްބެ ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފައިނަލަށް ދެވޭނެ ކަމުގެ އުންމީދު ޕޮލިހަށް ބޮޑު

ސެމީ މެޗަށް ފަހު ޕޮލިހުގެ ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ)، "އަދަދު" އަށް ބުނީ ވެމްކޯ އަތުން ބަލިވުމުގެ އެންމެ ބޮޑު ސަބަބަކީ ރަނގަޅަށް ނުފެށުން ކަމަށެވެ. އަދި ފުރަތަމަ ސެޓުތަކުގައި ހެދުނު ގޯސްތައް ރިކަވާނުވެގެން ފަހު ސެޓުގައި ވެސް އުޅެން ޖެހުނު ހާލަތުތައް އައި ކަމަށް ނަދީމްބެ ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެންގެ އެބަހުރި ރަނގަޅު ކުރަން ޖެހޭ ކަންކަން، އެކަމަކު، ބައެއް ވަގުތު އެބަހުރި އެކަންކަން ވަރަށް ރަނގަޅަށް ކޮށްފައި ވެސް އެކަމަކު، ކޮންސިސްޓަންޓްކޮށް އެކަން ނުކުރެވިގެން ފުރުސަތުތަކެއް ގެއްލިގެންދިޔަ އޯވަރޯލްކޮށް ދަންނަވަންޖެހޭނީ ކުޅުންތެރިން ކުޅުނުލެއް ވަރަށް ރަނގަޅޭ. އެކަމަކު، އޭތި ގިނަ ވަގުތު ހިފަހައްޓައިލެވުނު ނަމަ މި އަށް ވުރެ ރަނގަޅަށް ވެސް ކުޅެވުނިސް،" ނަދީމްބެ ބުންޏެވެ.

ރަނގަޅު ވާދަވެރި މެޗެއް ވެމްކޯއާ އެކު ނިންމާލެވުނުއިރު، ނަދީމްބެ ހުރީ ތިން ވަނަ ސެމީގައި އީގަލްސް އަތުން މޮޅުވެގެން ފައިނަލަށް ދިއުމުގެ އަޒުމުގަ އެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިންގެ އެބަހުރި އެ އަޒުމު. ކާމިޔާބަށް އެދި އެ މަސައްކަތް ކުރާ އެ އަޒުމު އެބަހުރި، މި ކުދިން ފަހަތަކަށް ނުޖެހޭނެ، ދެން އޮތް މެޗު ވެސް ކާމިޔާބުކޮށްގެން، އިންޝާﷲ ފައިނަލަށް ދިއުމުގެ އަޒުމުގައި ތިބީ އިރާދަކުރެއްވިއްޔާ،" ނަދީމްބެ ބުންޏެވެ.

އެންމެ ފަހުން އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަން 2019 ވަނަ އަހަރު ބޭއްވިއިރު، ޕޮލިސް ބަލިކޮށް ތަށި އުފުލާލީ ވެމްކޯ އެވެ.

މި ފަހަރުގެ ފައިނަލް އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭއިރު، ވެމްކޯއާ ދެކޮޅަށް ފައިނަލުގައި ކުޅޭނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ތިން ވަނަ ސެމީ ފައިނަލް މެޗަށް ފަހު އެވެ. އީގަލްސް އާއި ޕޮލިސް ކުޅޭ ތިން ވަނަ ސެމީ ފައިނަލް މެޗު އޮތީ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ 20:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox