އެސޯސިއޭޝަން ކަޕް: ފޯރިގަދަ ދެ ސެމީ ފައިނަލް މިރޭ!

Jun 6, 2022, 8:11 AM
އެސޯސިއޭޝަން ކަޕް: ފޯރިގަދަ ދެ ސެމީ ފައިނަލް މިރޭ!

ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގެ މެޗުތައް މިރޭ ކުރިއަށްދާނެ އެވެ.

ސެމީ ފައިނަލު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ ނުކުންނާނީ ޕޮލިސް ކުލަބާއި ދެކޮޅަށެވެ. ސެމީގެ ދެ ވަނަ މެޗުގައި މިރޭ ކުލަބު ވޮލީބޯލް ނުކުންނާނީ ކުލަބު އީގަލްސް އާއި ދެކޮޅަށެވެ.

ދެ ސެމީ ފައިނަލް ވެސް ފޯރިގަދަ ވާނެކަމަށް ބެލެވޭއިރު، ޕޮލިހާއި ވެމްކޯ ވާދަކުރާ މެޗަކީ މިހާތަނަށް މި މުބާރާތުގެ އެންމެ ވަރުގަދަ މެޗަށް ވާނެ އެވެ. މި ދެ ޓީމުން ވެސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ފަސޭހަކަމާ އެކު ކާމިޔާބުކޮށްފަ އެވެ.

ވެމްކޯ ހިމެނޭ ގްރޫޕް އޭގައި އެ ޓީމު ކުޅުނު ހަތަރު މެޗުގައި އެންމެ ސެޓެއް ވެސް ގެއްލިފަ އެއް ނުވެ އެވެ. އަނެއް ކޮޅުން ވެމްކޯ އިން ގްރޫޕް ސްޓޭޖުގައި 12 ސެޓު ކުޅުނުއިރު، އެ ޓީމާއި ދެކޮޅަށް ސެޓެއްގައި 10 އަށް ވުރެ މަތިން ހޯދުނީ އެންމެ ދެ ފަހަރެވެ. ހިންމަފުށި ވިކްޓޯރިއަސް ކުލަބުން ވެމްކޯއާ ދެކޮޅަށް އެއް ސެޓުގައި 11 ޕޮއިންޓް ހޯދިއިރު، ގްރޫޕުގެ ފަހު މެޗުގެ ފަހު ސެޓުގައި ކުލަބު ވޮލީބޯލްއިން 16 ޕޮއިންޓް ހޯދި އެވެ.

އެހެންކަމުން، ޕޮލިސް ކުލަބު ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް މިރޭ ކުޅޭ މެޗަކީ ކޯޗު އައިޝަތު ނާޒިމާ އިރުޝާދު ދެމުން އަންނަ ވެމްކޯގެ އަސްލު ފެންވަރު ވަޒަންކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތެކެވެ. މިހާތަނަށް އިދިކޮޅަށް ކުޅުނު ޓީމުތަކަށް ވަރުގަދަ ވާދައެއް ނުކުރެވޭތީ ވެމްކޯގައި ތިބި ކުޅުންތެރިންގެ ހަގީގީ ފެންވަރު ނުފެނެ އެވެ. އެ ގޮތުން ސެޓަރު ޖޫޒާން ޒަރީރު، އެޓޭކަރު އައިޝަތު މާޖިދާ އަދި ބިދޭސީ ކުޅުންތެރިޔާ ޕަޗަރަޕޯން ސިތިސާދުގެ ފޯމު ވަޒަން ކޮށްލަން މިރޭގެ މެޗަކީ ރަނގަޅު އިމްތިހާނެކެވެ.

ޕޮލިހަށް ބަލާއިރު އެޓީމުން ގްރޫޕް ސްޓޭޖު ފެށީވެސް ވަރުގަދަކޮށެވެ. އަންހެން ވޮލީގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކަކާ އެކު ނުކުތް ކުލަބު އީގަލްސްގެ މައްޗަށް ޕޮލިހުން ސީދާ ތިން ސެޓުން ކުރި ހޯދި އެވެ. އޭގެ ފަހުން ސިފައިންގެ މައްޗަށް ވެސް ތިން ސެޓުން ކުރި ހޯދި އެވެ. ފަހު މެޗުގައި ކުލަބު ޔޫތް ނިއުޖެނެރޭޝަންގެ މައްޗަށް ކުރި ހޯދީވެސް އިތުބާރާ އެކު ކުޅެގެންނެވެ.

ގްރޫޕް ސްޓޭޖުގައި ދެއްކި ކުޅުމަށް ބަލާއިރު، ދިވެހި ދެ އެޓޭކަރުން ކަމަށްވާ ހައްވާ ރާޝިދާ އަދި އައިޝަތު ޝަހާ ޝާމިންގެ ކުޅުން ފާހަގަކުރެވެ އެވެ. އިދިކޮޅަށް ކުޅުނު ޓީމްތަކުގައި ރަނގަޅު ބިދޭސީ ކުޅުންތެރިން ތިބުމުން ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ) އަށް ޓީމު ރަނގަޅަށް ޓެސްޓް ކޮށްލަން ވެސް ލިބިއްޖެ އެވެ. ބިދޭސީ ކުޅުންތެރިޔާ ނޭޕާލްގެ ކަމަނާ ބިސްތާ ވެސް އަންނަނީ ޓީމުގެ ކުޅުމަށް ހޭނި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ދެ ވަނަ ސެމީ ފައިނަލުގައި ވާދަކުރާ ދެ ޓީމްގެ ތެރެއިން އީގަލްސް އަކީ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވި ޓީމެކެވެ. ލަންކާގެ އެޓޭކަރު ދިނޭޝާ ޕްރަސާދަނީއާ އެކު ގައުމީ ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިން ހިމަނައިގެން ތައްޔާރުކޮށްފައި އޮތް އީގަލްސް ގްރޫޕް ސްޓޭޖުގައި ބަލިވީ ޕޮލިސް ކުލަބު އަތުންނެވެ. އަނެއްކޮޅުން ވާދަވެރި މެޗުތަކެއް ކުޅެފައި ސެމީ އަށް އެ ޓީމު ނުކުންނާތީ ކޯޗު މުނާ މުނީރު (މުންނަ) ލިބޭނެ ހިތްހަމަޖެހުން ބޮޑުވާނެ އެވެ.

ކުލަބު ވޮލީބޯލް އަކީ މިފަހަރު އެއްވަރެއްގެ ގިނަ ޓީމްތަކެއް ވާދަކުރި ގްރޫޕް އޭގެ ދެ ވަނަ ޓީމެވެ. އެ ޓީމް ބަލިވީ ޗެމްޕިއަން ވެމްކޯ އަތުން އެކަންޏެވެ. އަލްމާ ސްޕޯޓްސް، ހިންމަފުށި އަދި ޔޫތު ނިއުޖެނެރޭޝަން އަތުން އެ ޓީމު މޮޅުވީ ވާދަވެރި މެޗުތަކެއް ކުޅެގެންނެވެ. ސެމީ ފައިނަލުގައި އީގަލްސް އަށް ވަރުގަދަ ވާދައެއް ދޭނެކަމަށް ބެލެވޭ ކުލަބު ވޮލީބޯލް އަށް އިރުޝާދު ދެނީ އަބްދުލްހަސީބް އިބްރާހިމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox