ކެމިކަލް ހުރި ކޮންޓެއިނަރުތަކެއްގައި ރޯވެ ބަންގްލަދޭޝްގައި 25 މީހުން މަރުވެއްޖެ

މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެ 25 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި

މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެ 25 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި

ބަންގްލަދޭޝްގެ ސިޓީއެއް ކަމަށްވާ ޗިޓަގޮންގައި ހުންނަ ކޮންޓެއިނަރު ރައްކާ ކުރާ ތަނެއްގައި ހުރި ކޮންޓެއިނަރުތަކެއްގައި ރޯވެ ހިނގި ހާދިސާއެއްގައި 25 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ކޮންޓެއިނަރުތަކުގައި ހުރީ އަލިފާން ހިފާ ޒާތުގެ ކެމިކަލް އެވެ. އަދި، ކޮންޓެއިނަރުތައް ގޮވުމުން އަލިފާންގަނޑު ބޮޑު ހިސާބަކަށް ފެތުރި އެތައް ބަޔަކަށް އަނިޔާވީ އެވެ.

އެ ކޮންޓެއިނަރުތަކުގައި ރޯވާން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ.

އެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށް އަނިޔާވެފައިވާ އެންމެނަށް ފަރުވާ ނުދެވިދާނެ ކަމަށް ބެލެވޭއިރު ލޭ ހޯދުމަށް އާންމުންގެ އެހީއަށް ވަނީ އެދިފަ އެވެ.

އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ގިނައީ ހަށިގަނޑުގެ 60 ޕަސެންޓާއި ޕަސެންޓާ ދޭތެރޭ ފިހިފައިވާ މީހުންނެވެ. ގިނަ މީހުން ތިބީ ސީރިއަސް ހާލަތުގަ އެވެ.

އަނިޔާ ލިބުނު މީހުންގެ ތެރޭގައި އެ ތަނުގައި މަސައްކަތްކުރާ މީހުންނާއި އަލިފާން ރޯވުމުން ނިއްވުމަށް ހަރަކާތްތެރިވި ސިފައިންނާއި ފުލުހުން ހިމެނެ އެވެ.

އެ ގޮވުމަށް އެތައް ގަޑިއިރެއް ވެފައިވާއިރު މިއަދު ހެނދުނު ވެސް އަލިފާން އެއްކޮށް ނިއްވާލެވިފައެއް ނުވެ އެވެ. ގޮވުމުގެ އަސަރު ހަތަރު ކިލޯމީޓަރު ދުރުގައި ހުރި ތަންތަނަށް ވެސް ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަލިފާން ރޯވެ މީހުން މަރުވުމަކީ ބަންގްލަދޭޝްގައި އާންމުކޮށް ހިނގާ ކަމެކެވެ.

މި ހާދިސާ ހިނގީ 6،500 ކޮންޓެއިނަރުގެ ޖާގަ ހުންނަ ތަނެއްގަ އެވެ. އެތަނުގައި ގާތްގަނޑަކަށް 600 އަށްވުރެ ގިނަ މީހުން މަސައްކަތްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox