އެސޯސިއޭޝަން ކަޕް: 100 ޕަސެންޓް ރެކޯޑަކާ އެކު ވެމްކޯ އާއި ޕޮލިހަށް ގްރޫޕު އެއް ވަނަ

Jun 5, 2022, 6:31 AM
ޕޮލިސް ކްލަބްގެ ކުޅުންތެރިން ރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ އިމޭޖަސް.އެމްވީ

ޕޮލިސް ކްލަބްގެ ކުޅުންތެރިން ރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު/ އިމޭޖަސް.އެމްވީ

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕް އޭގެ އެއް ވަނަ ކުލަބު ވެމްކޯ އިން ހޯދިއިރު، ގްރޫޕް ބީގެ އެއް ވަނަ ޕޮލިސް ކުލަބުން ހޯދައިފި އެވެ.

މި ދިޔަ މަހުގެ 24 ވަނަ ދުވަހު ފެށި އެސޯސިއޭޝަން ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު، ގްރޫޕް އޭ އިން ސެމީ ފައިނަލަށް ދިޔައީ ވެމްކޯ އާއި ކުލަބު ވޮލީބޯލް އެވެ. ގްރޫޕް ބީގެ އެއް ވަނަ ޕޮލިހަށް ލިބުނު އިރު، ދެ ވަނަ އަށް ދިޔައީ ކުލަބު އީގަލްސް އެވެ.

މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ފައިނަލުގައި ވާދަކުރި ދެ ޓީމް ކަމަށްވާ ވެމްކޯ އާއި ޕޮލިހެވެ. މި މެޗުން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމެއް ތިން ވަނަ ސެމީ ފައިނަލުގައި ނުކުންނާނީ ދެ ވަނަ ސެމީ ފައިނަލުގައި އީގަލްސް އާއި ކުލަބު ވޮލީބޯލް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުގައި ވާދަކުރީ ކުލަބު ވޮލީބޯލް އާއި ވެމްކޯ އެވެ. މި މެޗަށް ނުކުތްއިރު ވެސް ދެ ޓީމަށް ސެމީގެ ޖާގަ ޔަގީންވެފައި އޮތުމުން ދެ ޓީމުން ވެސް ފެނުނީ ގިނަ އެކްސްޕެރިމެންޓްތަކެއް ކުރިތަނެވެ. ބިދޭސީ ކުޅުންތެރިއަކާއި ނުލައި މުބާރާތަށް ނުކުތް ކުލަބު ވޮލީބޯލް އަށް ވެމްކޯގެ ކުރިމަތީގައި މާ ބޮޑު ކަމެއް ނުކުރެވުނެވެ. ވެމްކޯ އިން ސީދާ ތިން ސެޓުން މި މެޗު ކާމިޔާބުކުރީ 25-9، 25-9، އަދި 25-16 އިންނެވެ. މެޗު މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ ޕަޗަރަޕޯން ސިތިސާދް އެވެ.

ރޭގެ މެޗުގެ ތެރެއިން ވެމްކޯގެ ރީމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު

ގްރޫޕް ބީގެ ފަހު މެޗުގައި ޕޮލިސް ކުލަބުން ނުކުތީ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންއާ ދެކޮޅަށެވެ. މި މެޗުން މޮޅުވެގެން ވޮލީބޯލް ޔޫތް ނިއުޖެނެރޭޝަން އަށް ސެމީ ފައިނަލުން ޖާގަ ލިބެން އޮތް ނަމަވެސް އެ ޓީމް 3-1 ސެޓުން ބަލިވީ އެވެ. ވޮލީބޯލް ޔޫތް ނިއުޖެނެރޭޝަން މި މެޗުން ބަލިވުމުން ގްރޫޕްގެ ދެ ވަނަ ލިބުނީ ރޭ ކުޅިބަލަން ތިބި އީގަލްސް އަށެވެ.

ޕޮލިހުގެ ކެޕްޓަން، ހައްވާ ރާޝިދާ އާއި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ނޭޕާލް ކަމަނާ ބިސްތާގެ މޮޅު ކުޅުމާ އެކު ޕޮލިހުން ކާމިޔާބުކުރި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-18، 18-25، 25-14 އަދި 25-6 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ ކެޕްޓަން ހައްވަ އެވެ.

ފުރަތަމަ ސެޓުގައި ޕޮލިހުން ރަނގަޅު ހަމަލާތައް ފޮނުވާލައި، ރަނގަޅު ރޫހެއްގައި ކުޅެގެން މެޗުގެ ކޮންޓްރޯލް ނެގި އެވެ. ޕޮލިހުގެ ސެޓަރު ހައިފާ އިމާދުގެ ރަނގަޅު ބޯޅަތަކާ އެކު ހައްވަ އާއި ޝަހާ ޝާމިން އަދި ކަމަނަގެ އެޓޭކްތައް މި ސެޓުގައި ފެނުނީ ރަނގަޅަށެވެ. އެކަމަކު، ދެ ވަނަ ސެޓުގައި ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކުރި އެވެ. އެ ޓީމުގެ ކެޕްޓަން ޝަމްހާ ރިޔާޒް (ޝަމްކޮ) އާއި ނަރީމާ އިދުރީސް (ނަންނި) އަދި ސްރީ ލަންކާ ކުޅުންތެރިޔާ، ތިލިނީ ވަސާނާ ޕެރޭރާގެ ރަނގަޅު ކުޅުމެއް ފެނުނުއިރު، އެ ޓީމުން މި ސެޓު ގެންދިޔަ އެވެ.

ދެ ވަނަ ސެޓުގައި ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަން އިން ދެއްކި ކުޅުން އަލުން ތަކުރާރުކުރުން ވީ އުނދަގޫ ކަމަަކަށެވެ. ޕޮލިހުގެ ތަޖުރިބާކާރު ކުޅުންތެރިން ތަފާތު ދައްކައި، ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ގެންދިޔަ އެވެ. ޕޮލިސް ގޭމްގެ ތެރޭގައި ބޭއްވުމަށް އެ ޓީމުގެ ކޯޗު، މުހައްމަދު ނަދީމް (ނަދީމްބެ) ރަނގަޅު ވަގުތު ޓައިމްއައުޓްތަކެއް ނަގައި، ޓީމު ހަމަޔަކަށް އެޅުވުމުގައި ކާމިޔާބު ހޯދި އެވެ.

މުބާރާތުގެ ސެމީ ފައިނަލު ފުރަތަމަ މެޗުގައި ޕޮލިހާއި ވެމްކޯ ކުޅޭނީ މާދަމާ ހަވީރެވެ. ދެ ވަނަ ސެމީ ފައިނަލް މާދަމާ ރޭ ކްލަބް ވޮލީބޯލް އާއި ކްލަބް އީގަލްސް ކުޅުމަށް ހަމަޖެހިފައިވާއިރު، ފަހު ސެމީ ފައިނަލް މެޗު ކުޅޭނީ އަންގާރަ ދުވަހުރެ އެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:15ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox