ވަޒީފާ ގެއްލޭ މީހުނަށް އިނާޔަތް ދޭ ފަންޑެއް ގާއިމުކުރަން ވާލްޑް ބޭންކުން 24 މިލިއަން ޑޮލަރުގެ އެހީ

އޭދަފުށީގައި ކާށި ސަޕްލައި ކުރުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އޭދަފުށީގައި ކާށި ސަޕްލައި ކުރުމުގެ މަސައްކަތުގައި ބަޔަކު ހަރަކާތްތެރިވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިކޮށްދީ އެފަދަ ފަރާތްތަކަށް އިނާޔަތް ދެވޭނެ ފަންޑެއް ގާއިމުކުރަން ވާލްޑް ބޭންކުން 24 މިލިއަން ޑޮލަރުގެ އެހީ ދޭން ނިންމައިފި އެވެ.

ވާލްޑް ބޭންކުން ބުނީ ރާއްޖޭގެ އިގުތިސޯދީ ދުވެލި ބާރު ނަމަވެސް، ހާއްސަކޮށް ޒުވާނުންގެ މެދުގައި ވަޒީފާ ނެތް ފަރާތްތައް ގިނަ ކަމަށެވެ. އަދި ވަޒީފާ އަދާކުރާ އަންހެނުންގެ ނިސްބަތް މަދުއިރު، އަތޮޅު ތެރޭގައި ވަޒީފާ ލިބުމުގެ ދަތިކަން އެބައޮތް ކަމަށް ވާލްޑް ބޭންކުން ބުންޏެވެ.

މީގެ ސަބަބުން، ރިސޯޓުތަކަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ލިބުމުގައި ދަތިކަމާ ކުރިމަތިވެފައިވާއިރު، މުވައްޒަފުންގެ އާމްދަނީއަށް ކުރާ އަސަރު ކުޑަކުރަން މިހާރު އޮތް ހަމައެކަނި ވަސީލަތަކީ ޕެންޝަން ކަމަށް ވެސް ބުނެފައިވެ އެވެ.

ވާލްޑް ބޭންކުން އިތުރަށް ބުނީ ހާއްސަކޮށް ކޮވިޑާ ގުޅިގެން އާމްދަނީއަށް ކުރި އަސަރު ކުޑަކުރަން ޒުވާނުންގެ މެދުގައި އަމިއްލަ މަސައްކަތެއް ކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމަށް ގިނަ ގޮންޖެހުންތައް ދިމާވެފައިވާ ކަމަށެވެ.

"ކޮވިޑުގެ ސަބަބުން ވަޒީފާ ގެއްލުނު ފަރާތްތައް ގިނަވެފައިވާ ކަމަށް ބެލެވޭއިރު، އެފަދަ ފަރާތްތައް އެނބުރި ވަޒީފާގެ މައިދާނަށް ނުކުތުމަށް އެހީތެރިކަން ބޭނުންވޭ،" ވާލްޑް ބޭންކުން ރާއްޖޭގެ އިތުރުން ނޭޕާލާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޮސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވާލްޑް ބޭންކުގެ މި އެހީގެ އަމާޒަކީ އިގުތިސޯދީ މުހިންމު ދާއިރާތައް ކަމަށްވާ ޓޫރިޒަމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ އަތޮޅު ތެރޭގައި އިޖުތިމާއީ ހިދުމަތްތައް ފުޅާކުރުން ކަމަށެވެ.

"ސަސްޓެއިނަބަލް އެންޑް އިންޓިގްރޭޓެޑް ލޭބާ ސާވިސަސް" (ސެއިލްސް)ގެ އަމާޒަކީ ވަޒީފާ ނެތް ފަރާތްތަކަށް އިންޝޫރަންސް ސްކީމެއް ގާއިމުކޮށް ދިނުމާއެކު އެފަދަ ފަރާތްތަކަށް އެހީތެރިވެދޭނެ ނިޒާމެއް ގާއިމުކުރުން ކަމަށް ވާލްޑް ބޭންކުން ބުނެ އެވެ.

މިގޮތުން، ޕެންޝަން އޮފީސް މެދުވެރިކޮށް ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާ ކުރާ ފަރާތްތަކުން ފައިސާ ޖަމާކުރާ ފަންޑެއް ގާއިމުކޮށް، އެ ފަންޑުން ވަޒީފާ ގެއްލޭ ހާލަތްތަކުގައި އިނާޔަތެއް ދެވޭނެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ވާލްޑް ބޭންކުން އިތުރަށް ބުންޏެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުން ވެސް މި ފަންޑަށް ފައިސާ ޖަމާކޮށް، މުސްތަގުބަލުގައި އާމްދަނީއަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް އެ އިނާޔަތް ހޯދޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، އިކޮނޮމިކް މިނިސްޓްރީން ގާއިމުކޮށްފައިވާ ޖޮބް ސެންޓަރު ރާއްޖޭގެ ފަސް ސަރަހައްދަކަށް ފުޅާކޮށް، އެ ސެންޓަރުތައް މެދުވެރިކޮށް ކައުންސެލިންގެ ހިދުމަތާއި، ވަޒީފާ ހޯދުމާއި، ހާއްސަ ޓްރޭނިންތައް ކުރިއަށް ގެންދެވޭއިރު، އަންހެނުންނަށް ހާއްސަ ޕްރޮގްރާމްތަކެއް ވެސް ހިންގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

"ކޮވިޑުގެ ބަލިމަޑުކަމުގެ ނޭދެވޭ އަސަރު، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ ވަރަށް ބޮޑަށް ކޮށްފައި. އެ ފަރާތްކަކަށް ސަރުކާރުން ދިން އެހީއިން ކޮންމެވެސް މިންވަރެއްގެ ލުޔެއް ލިބުނު ނަމަވެސް، ވަރަށް ގިނަ ފަރާތްތަކުގެ ވަޒީފާ ގެއްލި ނޫނީ ނޯޕޭއަށް ވަނީ ފޮނުވާލާފައި،" ވާލްޑް ބޭންކުގެ ސީނިއާ އިކޮނޮމިސްޓް ތޯމަސް ވޯކާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ އިޖުތިމާއީ ފަންޑެއް ގާއިމުކުރުމުން، މުސްތަގުބަލުގައި އިގުތިސޯދަށް އަތުވެދާނެ ހީނަރުކަމުން އަރައިގަތުމަށް އާންމު ފަރުދުންގެ އިތުރުން ގައުމަށް ވެސް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox