ސޫދާންގައި އިއުލާނު ކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ސޫދާންގައި ވެރިކަން ކުރަމުން އަންނަ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހު --- ފޮޓޯ؛ ރޮއިޓާސް

ސޫދާންގައި ވެރިކަން ކުރަމުން އަންނަ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހު --- ފޮޓޯ؛ ރޮއިޓާސް

މިދިޔަ އަހަރުގެ އޮކްޓޯބަރުގެ މަހުގެ 25 ވަނަ ދުވަހު ސޫދާންގައި ހިންގި ބަގާވާތާ ގުޅިގެން އެ ގައުމުގައި ހިންގަމުން އައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި އެވެ.

އެ ގައުމުގެ ވެރިކަން ކުރަމުން އަންނަ ކައުންސިލުން ވަނީ ސިފައިންގެ ވެރިޔެއްގެ ގޮތުގައި ހުންނެވި ޖެނެރަލް އަބްދުލް ފައްތާހު ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ހާއްސަ ގަރާރެއް ނެރެއްވި ކަމަށް އިއްޔެ ހާމަކޮށްފަ އެވެ.

މިއީ ވެރިކަމުގެ ބާރުތައް ދެފުށް ފެންނަ ގޮތަކަށް ބަދަލުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.

މި ނިންމުން ނިންމާފައި ވަނީ އެ ކައުންސިލުން އިއްޔެ އަސްކަރިއްޔާގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެވެ. މި ބައްދަލުވުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި މީހުން ވެސް ދޫކޮށްލުމަށް މަޝްވަރާ ކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ބަގާވާތާ ދެކޮޅަށް އެ ގައުމުގައި ކުރި މުޒާހަރާއެއްގައި ވަނީ ދެ މީހުން މަރުވެފަ އެވެ. އެކަމާ ގުޅިގެން އދ. ގެ ސްޕެޝަލް ރެޕެޓުއާ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ބަގާވާތާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް އެ ގައުމުގައި ވަނީ ކޮށްފަ އެވެ. އެ މުޒާހަރާތަކުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމް ވެފައިވާ ކަމަށް ބެލެވެ އެވެ.

އެ ހާލަތު އުވާލާފައި ވަނީ ޓްރާންސިޝަނަލް ކެބިނެޓު އުވާލުމަށް ފަހު އެވެ. ސޫދާން މިވަގުތު އޮތީ އިގްތިސާދީ ގޮތުން ވެސް ވަރަށް ދަތި ހާލަތެއްގަ އެވެ. ގިނަ އަދަދެއްގެ ގައުމުތަކުން ވަނީ އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ.

އެހެންކަމުން، މި ނިންމުމާ އެކު އެ ގައުމަށް މި ދަތި ހާލަތުން އަރައި ގަތުމަށް އިތުރު އެހީއަކަށް ވެގެންދާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox