ޕޮލިހާއި ވެމްކޯގެ ވަރުގަދަ ފެށުން ކުރިއަށް

May 29, 2022, 7:19 AM
ވެމްކޯގެ އަރީޝާ ޔޫތު ނިއު ޖެނެރޭޝަން ކުޅުންތެރިއަކު ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު

ވެމްކޯގެ އަރީޝާ ޔޫތު ނިއު ޖެނެރޭޝަން ކުޅުންތެރިއަކު ކައިރިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި ކުޅުނު ދެ ވަނަ މެޗުން ޕޮލިސް ކްލަބާއި ކްލަބް ވެމްކޯ ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލުގައި ވާދަކުރި ޕޮލިހާއި ވެމްކޯ އިން މި ފަހަރުގެ މުބާރާތް ފަށާފައިމި ވަނީ ވަރުގަދަ ފޯމެއްގަ އެވެ. މި ދެ ޓީމުން ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. ވެމްކޯ އިން ފުރަތަމަ މެޗުގައި އަލްމާ ސްޕޯޓްސް ކްލަބް ތިން ސެޓުން ބަލިކުރިއިރު، ރޭ ޔޫތު ނިއު ޖެނެރޭޝަން އަތުން މޮޅުވީ ވެސް ތިން ސެޓުންނެވެ. ޕޮލިހުން ފުރަތަމަ މެޗުގައި ވަރުގަދަ ޓީމެއް އެކުލަވާލާފައި އޮތް ކްލަބް އީގަލްސް ބަލިކުރީ ތިން ސެޓުންނެވެ. އަދި ރޭ ވަނީ ދިވެހި ސިފައިންގެ ކްލަބް އަތުން ވެސް ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ޔޫތު ނިއު ޖެނެރޭޝަން ކައިރީގައި ވެމްކޯ އިން ވަނީ އެ ޓީމުގެ މޮޅު ކުޅުން ތަކުރާރުކޮށްފަ އެވެ. އެއްވެސް ސެޓެއްގައި ޔޫތު ނިއު ޖެނެރޭޝަނަށް ރަނގަޅު ފައިޓެއް ނުދެވުނުއިރު، ވެމްކޯގެ ހަމަލާތައް ހުއްޓުވޭނެ ހައްލެއް ވެސް ނުހޯދެ އެވެ. ވެމްކޯ އިން ސެޓޫތައް ގެންދިޔައީ 25-07، 25-07 އަދި 25-08 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރު އެވެ.

ސިފައިންގެ ޓީމުން ފުރަތަމަ މެޗުގައި ވަނީ ހާފްލައިންލިންކްއޭޖް ބަލިކޮށްފަ އެވެ. އެކަމަކު، ރޭ ސިފައިންނާ އިދިކޮޅަށް ނުކުމެ އޮތް ޕޮލިހުގައި ތިބީ ހުނަރުވެރި މޮޅު ކުޅުންތެރިންނެވެ. ގައުމީ ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) އާއި ޝަހާ ޝާމިންގެ މޮޅު ކުޅުމާ އެކު ޕޮލިހުން ވަނީ ފުރަތަމަ ސެޓު، 25-15 އިން ގެންގޮސްފަ އެވެ. ފުރަތަމަ ސެޓު ގެއްލުމުން ސިފައިން ދެ ވަނަ ސެޓުގައި ރަނގަޅު ހިތްވަރެއް ކުރި އެވެ. އެކަމަކު، ފަހު ވަގުތު ޕޮލިހުން ތަފާތު ދައްކައި، ސެޓު ނިންމުމުގެ ތަޖުރިބާގެ ބޭނުން ހިފި އެވެ. ސިފައިންގެ މައްޗަށް ދެ ވަނަ ސެޓުގައި ޕޮލިހުން ކުރިހޯދީ 31-29 އިންނެވެ.

ދެ ވަނަ ސެޓު އެހާ ވާދަވެރިކޮށް ގޮސް، ސިފައިންގެ ޓީމަށް ގެއްލުމުން ތިން ވަނަ ސެޓުގައި އެ ޓީމުގެ ކިބައިން ކޮންމެވެސް ވަރަކަށް ވަރުބަލިކަން ފެނި، އޭގެ ފައިދާ ޕޮލިހުން ނެގި އެވެ. ޕޮލިހުން ތިން ވަނަ ސެޓު ގެންދިޔައީ 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ކެޕްޓަން، ހައްވަ އެވެ.

މުބާރާތުގައި މިރޭ ވެސް ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި އަލްމާ ސްޕޯޓްސް ކްލަބް ނުކުންނާނީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބްއާ ދެކޮޅަށެވެ. އެ މެޗު އޮތީ 20:15 ގަ އެވެ. ދެ ވަނަ މެޗު 21:45 ގައި ފަށާއިރު، ކްލަބް އީގަލްސް ނުކުންނާނީ ހާފްލައިންލިންްކްއޭޖާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox