ރާއްޖެވެސް ތައްޔާރުވާންޖެހޭ؛ ދަތިތަކާ ކުރިމަތިވެދާނެކަމުގެ އިންޒާރު ސޯޔާ ދެއްވައިފި

ބީއެމްއެލްއިން ހޮޓެލް ޖެންގައި މިރޭ ބޭއްވި މިދިޔަ އަހަރުގެ އާންމު ޖަލްސާގައި ސޯޔާ ވާހަކަ ދައްކަވަނީ. -ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ބީއެމްއެލްއިން ހޮޓެލް ޖެންގައި މިރޭ ބޭއްވި މިދިޔަ އަހަރުގެ އާންމު ޖަލްސާގައި ސޯޔާ ވާހަކަ ދައްކަވަނީ. -ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދުނިޔޭގެ އިގުތިސޯދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް އިރު، އެކަމުގެ ދަތިތައް ރާއްޖެއަށް ވެސް ކުރިމަތިވެދާނޭ ކަމުގެ އިންޒާރު ދެއްވައި، އެކަމަށް ދުރާލައި ތައްޔާރުވާންޖެހޭ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ ޓިމް ސޯޔާ މިރޭ ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯޔާ ވިދާޅުވީ ދުނިޔޭގެ އިގުތިސޯދީ ހާލަތު ވަރަށް ނާޒުކު ފައްތަރެއްގައި އޮތް އިރު، އެކަމުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ވަރަށް ސީރިއަސް ރިސެޝަނެއް. ކާބޯތަކެއްޗާއި ތެލުގެ އަގު އިންތިހާއަށް މައްޗަށް ދިޔުމުގެ އަސަރު ރާއްޖެއަށް ކުރާނެ. އެފަދަ ހާލަތެއްގެ ނަތީޖާ އަވައްޓެރި ސްރީ ލަންކާއިން ވެސް އެ ދަނީ ފެންނަމުން،" ސޯޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ރާއްޖެއަށް ހުރި ނުރައްކާތަކަށް އަލިއަޅުވާލައްވައި ސޯޔާ ވިދާޅުވީ އާ ވާދަވެރިން އުފެދުމާއި ރާއްޖޭގެ ޑޮލަރުގެ ހާލަތު ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ސޯޔާގެ ވާހަކައިގައި ރާއްޖެއަށް ކުރިމަތިވެދާނެ އެހެން ނުރައްކަލަކަށް ވެސް އިޝާރާތް ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަނީ ލޯންޑަރިންއާ ދެކޮޅަށް ބައިނަލްއަގުވާމީ މިންގަނޑުކަމަށްވާ ފައިނޭންޝަލް އެކްޝަން ޓާސްކްފޯސް (އެފްއޭޓީއެފް) އަންނަނީ މުރާޖައާ ކުރަމުންނެވެ. އެފްއޭޓީއެފް މުރާޖައުކޮށް ނިމޭއިރު، ރާއްޖެއަށް "ރަނގަޅުނުވެދާނެ" ކަމަށް ވެސް ސޯޔާ ވިދާޅުވި އެވެ.

އެފްއޭޓީއެފަކީ މަނީ ލޯންޑަރިންނާއި ޓެރަރިޒަމް ފައިނޭންސިން ހުއްޓުވަން ގައުމުތަކުން އަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑެކެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ އެފަދަ ނުރައްކާތައް ސިފަކޮށްދެއްވަން ސޯޔާ ވަނީ މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" ބުނާ "ވިންޓާ އިޒް ކަމިންގް" އިންޒާރު ބޭނުންކުރައްވައިފަ އެވެ.

"ފިނި މޫސުމް ރާއްޖެއަށް ވެސް އައިސްދާނެ. އެކަމަށް ބީއެމްއެލްއިން މިދަނީ ތައްޔާރުވަމުން. އެކަމަކު މިހާރު އޮތް ސުވާލަކީ އެކަމަށް ތައްޔާރުވާން އެހެން ފަރާތްތަކުން ކުރަނީ ކޮން ކަމެއްތޯ؟،" އޭނާ ސުވާލު ކުރެއްވި އެވެ.

ސަރުކާރަށް 674 މިލިއަން ރުފިޔާ

ސޯޔާގެ ވާހަކައިގައި ވަނީ ފާއިތުވި އަހަރު ބީއެމްއެލްއިން ހޯދި ކުރިއެރުންތަކާއި ކާމިޔާބީތައް ވެސް ފާހަގަކުރައްވައިފަ އެވެ. އެގޮތުން، ބޭންކުގެ ފައިދާ 470 ޕަސަންޓް އިތުރުވެ، 1.9 ބިލިއަން ރުފިޔާއަށް މިދިޔަ އަހަރު އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު، ޓެކްސްގެ ގޮތުގައި ދައުލަތަށް ބީއެމްއެލްއިން 543 މިލިއަން ރުފިޔާއިން ދައްކާފައިވާއިރު، ހިއްސާގެ ފައިދާގެ ގޮތުގައި އިތުރު 131 މިލިއަން ރުފިޔާ ލިބިފައިވާ ކަން ސޯޔާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެނާ [ބީއެމްއެލް] ނުލައި ދައުލަތުގެ ހަރަދުތައް ކުރަން އިތުރަށް ދަތިވާނެ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑުގެ ބަލިމަޑުކަމުގައި ތެރޭގައި ބޭންކުން އަދާކުރި މުހިންމު ދައުރާއި، ބޭންކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން މުސްތަގުބަލުގައި ބޭންކު ހިންގޭނެ ގާބިލު ދިވެހިން ތިބިކަން ސޯޔާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

ރެކޯޑް ޑިވިޑެންޑް

މިރޭގެ ޖަލްސާގައި ބީއެމްއެލްގެ ހިއްސާދާރުން ވަނީ ބޭންކުގެ ތާރީހުގައި ވެސް އެންމެ ބޮޑު އަދަދެއްގެ ފައިދާއެއް ބަހަން ފާސްކޮށްފަ އެވެ.

ބޭންކުގެ ބޯޑުން ހިއްސާދާރުންނަށް ހުށަހެޅީ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި 13ރ. ގެ މަގުން 69.9 މިލިއަން ރުފިޔާ އާއި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި 35ރ. މަގުން އިތުރު 188.3 މިލިއަން ރުފިޔާ ހިއްސާގެ ފައިދާ ބަހާށެވެ.

މި ހުށެހެޅުން ފާސްވުމާއެކު، މި އަހަރު ބީއެމްއެލްގެ ހިއްސާދާރުންނަށް ހިއްސާއަކަށް 48ރ. ލިބޭނެ އެވެ.

މިއީ މޫނުމަތީ އަގު 50ރ. ގައި ހުރި ބީއެމްއެލްގެ ހިއްސާއަކަށް މިހާ ބޮޑު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox