ޔޫކްރެއިންގެ ކުރީގެ ރައީސް ގައުމުން ފުރުން މަނާކޮށްފި

ޔޫކްރެއިންގެ ކުރީގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގެ ކުރީގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ. -- ފޮޓޯ: އޭއެފްޕީ

ކިޔެވް، ޔޫކްރެއިން (މޭ 28) - ޔޫކްރެއިންގެ ކުރީގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ ގައުމުން ފުރުން މަނާކޮށްފި އެވެ.

އެކަން ހާމަކުރަމުން ޕޮރޮޝެންކޯ ވިދާޅުވީ ރަޝިއާގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އޮތް ސިޔާސީ އެއްބަސްވުމަށް ސަރުކާރުން ކަމޭނުހިތާ ކަމަށެވެ.

ޕޮރޮޝެންކޯ ރައީސްކަން ކުރެއްވީ 2014 އިން 2019 އަށެވެ. ހަނގުރާމައާ ގުޅިގެން އެމަނިކުފާން ދަނީ ވަރަށް ގިނައިން ބޭރުގެ މީޑިއާއަށް އިންޓަވިއުތައް ފޯރުކޮށްދެއްވަމުންނެވެ.

ޕޮރޮޝެންކޯގެ ޔޫރަޕިއަން ސޮލިޑާރިޓީ ޕާޓީއަކީ ޔޫކްރެއިން ޕާލިމެންޓްގެ ދެ ވަނައަށް އެންމެ ބޮޑު ޕާޓީ އެވެ. އެ ގައުމުގެ އެންމެ ބޮޑު ޕާޓީއަކީ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ ވެރިކަން ކުރާ ޕާޓީ އެވެ.

ފެބްރުއަރީ މަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އެރުމުން، ރަޝިއާއަށް ތާއީދު ކުރާ ބައެއް ސިޔާސީ ޕާޓީތައް ޔޫކްރެއިނުން މަނާ ކުރި އެވެ.

އެހެން ނަމަވެސް ބައެއް ޕާޓީތައް މަސައްކަތް ކުރިއަށް ގެންދަން ފުރުސަތު ދިނީ "ސިޔާސީ އެއްބަސްވުމެއްގެ" ދަށުންނެވެ. އެގޮތުން ހުރިހާ ޕާޓީތަކުން ވެސް އެތެރޭގެ ހިޔާލު ތަފާތުވުން އެއް ފަރާތްކޮށް ހަނގުރާމައާ ދެކޮޅަށް އެއްބައިވަންތަ ވާން އެއްބަސްވި އެވެ.

ނަމަވެސް ހޮނިހިރު ދުވަހު ޕޮރޮޝެންކޯގެ އޮފީހުން ބުނީ އެމަނިކުފާނަށް ގައުމުން ބޭރަށް ދަތުރު ނުކުރެއްވުނު ކަމަށާއި ސަރުކާރުން ސިޔާސީ އެއްބަސްވުމާ ހިލާފުވެއްޖެ ކަމަށެވެ.

ޕޮރޮޝެންކޯ ގައުމުން ބޭރަށް ވަޑައިގަންނަވަން ހަމަޖެހުނީ ލިތުއޭނިއާގައި އޮންނަ ނޭޓޯ ޕާލިމެންޓް އެސެމްބްލީގައި ޔޫކްރެއިނުން ބައިވެރިވާ ވަފުދުގެ މެމްބަރެއްގެ ގޮތުގަ އެވެ. އެކަމަށް ދަތުރު ކުރުމަށް ހާއްސަ ހުއްދަ ވެސް ލިބިވަޑައިގެންނެވި އެވެ.

ދަތުރުގެ ތެރެއިން ލިތުއޭނިއާގެ ރައީސް ގިޓަނަސް ނޯސެޑާ އާއި އީޔޫގެ ޕާލިމެންޓް މެމްބަރުންނާ ބައްދަލުކުރަން ތާވަލުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox