ބަޓްލާ ތަފާތު ދައްކައި ރާޖަސްތާން ފައިނަލަށް ގެންގޮސްދީފި

May 27, 2022, 8:39 PM
މިރޭގެ މެޗުގެ ތެރެއިން ބަޓްލާ އުފާފާޅުކުރަނީ.

މިރޭގެ މެޗުގެ ތެރެއިން ބަޓްލާ އުފާފާޅުކުރަނީ.

އަހުމަދުއާބާދު، އިންޑިއާ (މެއި 27) - ޖޯޝް ބަޓްލާ ތަފާތު ދައްކައި، ހަތް ވިކެޓުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު ބަލިިކޮށް، ރާޖަސްތާން ރޯޔަލްސް އިންޑިއަން ޕްރިމިއާ ލީގުގެ ފައިނަލަށް ގެންގޮސްދީފި އެވެ.

އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ރާޖަސްތާން ކުޅޭނީ ފުރަތަމަ މުބާރާތުގައި ވެސް ފައިނަލަށް ދަތުރުކޮށްފައިވާ ގުޖުރާތު ޓައިޓަންސާ އެވެ. ގުޖުރާތުން ފައިނަލުގެ ޖާގަ ހޯދީ ފުރަތަމަ ޕްލޭއޮފްގައި ހަތް ވިކެޓުން ރާޖަސްތާން ބަލިކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ސްޓޭޑިއަމް، ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ރާޖަސްތާނަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ފީލްޑިން އަށް ދިއުމަށެވެ. އެއީ، ބަޓްލާ ފަދަ ހުނަރުވެރި ކުޅުންތެރިންގެ ބެޓިން އިން ފަހުން އަރައި ތަފާތު ދެއްކޭނެ ކަމުގެ ޔަގިންކަން އޮތުމުންނެވެ.

ބެންގަލޫރުން މިރޭ ކުޅެން އަރައި، ޕްރެޝަރަށް ދިޔައީ އެ ޓީމުގެ ކެޕްޓަން، ފަފް ޑޫ ޕްލެސިސް އާއި ޓީމުގެ ތަރި، ވިރާތު ކޯލީ އަށް މާ ބޮޑު ސްކޯއެއް ނުހެދުމުންނެވެ. ކޯލީ ވަނީ ހަތް ލަނޑުން ނުބައިވެފަ އެވެ. އަދި ޕްލެސިސް އަށް އެއް ކުރެވުނީ 25 ލަނޑެވެ. އެންމެ ފަހުން ޕްލޭއޮފްގައި ބެންގަލޫރު މޮޅުވީ، ރަޖަތު ޕަތީދާރު ހެދި ސެންޗަރީގެ އެހީގަ އެވެ. އެކަމަކު، އެ ވަރުގެ ކުޅުމެއް މިރޭ ރަޖަތު އަށް ވެސް ނުދެއްކުނެވެ. ރަޖަތު ވަނީ 42 ބޯޅައިން 58 ލަނޑަށް ނުބައިވެފަ އެވެ.

ބެންގަލޫރުގެ 20 އޯވަރު ހަމަވިއިރު، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 157 ލަނޑެވެ. މިއީ، ޖަވާބުގައި ކުޅެން އަރައި، ނަތީޖާ އަނބުރާލަން ރާޖަސްތާނަށް އުނދަގޫ ސްކޯއެއް ނޫނެވެ. އެކަން ސާބިތުކޮށްދިނީ މި ފަަހަރުގެ މުބާރާތުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ބަޓްލާ އެވެ.

ބަޓްލާ ވަނީ މިރޭގެ ނުބައިނުވެ 60 ބޯޅައިން 106 ލަނޑު ހަދައިފަ އެވެ، މިއީ މި ފަހަރުގެ އައިޕިއެލް ސީޒަނުގައި ބަޓްލާގެ ހަަަތަރު ވަނަ ސެންޗަރީ އެވެ. މީގެ ކުރިން އައިޕީއެލްގެ އެއް ސީޒަނެއްގައި ހަތަރު ސެންޗަރީ ހެދުމުގެ ރެކޯޑް އޮތީ ކޯލީ އަތުގަ އެވެ.

ރާޖަސްތާނަށް ދެން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، އޯޕަނިން ބެޓްސްމަނެއްގެ ގޮތުގައި ބަޓްލާއާ އެކު ކުޅުނު، ޔަޝަޝްވީ ޖޭސްވާލް އެވެ. އޭނާ ވަނީ 13 ބޯޅައިން 21 ލަނޑު އެއްކޮށްފަ އެވެ. ރާޖަސްތާން މޮޅުވީ 18.1 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެެގެން 161 ލަނޑު ހަމަކޮށް، ހަތް ވިިކެޓުންނެވެ.

ފައިނަލަށް ނުކުންނައިރު، ރާޖަސްތާނުން ވަނީ 2008 ވަނަ އަހަރުގެ އައިޕީއެލް ކާމިޔާބުކޮށްފަ އެވެ. މުޅިން އަލަށް އައިޕީއެލްގައި ވާދަކޮށް ފައިނަލަށް ނުކުންނަން ތައްޔާރުވަމުން އަންނަ، ގުޖުރާތުން ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ދެ ފަހަރެއްގެ މަތިން ރާޖަސްތާން ބަލިކޮށްފަ އެވެ. އެއީ ލީގު ބުރުގައި 37 ލަނޑުންނާއި ފުރަތަމަ ޕްލޭއޮފްގައި ހަތް ވިކެޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox