ކުޑަގިރި ޕިކްނިކް އައިލެންޑަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފި

ކުޑަގިރި ކަރަންޓު ނެޓްވޯކްގެ މަސައްކަތް ފެށުން-- ފޮޓޯ: ސްޓެލްކޯ

ކުޑަގިރި ކަރަންޓު ނެޓްވޯކްގެ މަސައްކަތް ފެށުން-- ފޮޓޯ: ސްޓެލްކޯ

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ފަޅު ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ ކ. ކުޑަގިރީގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި އަހަރު ހުޅުވުމަށް ނިންމާފައިވާ ކުޑަގިރީގައި ކަރަންޓު ނެޓްވޯކް ގާއިމް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެލްކޯއާ އެވެ. ސްޓެލްކޯއިން ބުނީ އަމާޒަކީ ކަރަންޓު އެޅުމާއި އެ ރަށުގެ މަގުބައްތި ޖެހުމުގެ މަސައްކަތް 15 ދުވަސް ތެރޭގައި ނިންމާލުން ކަމަށެވެ.

ކުޑަގިރިއަށް ކަރަންޓު ދިނުމަށް ޓަކައި ޖުމްލަ 3000 މީޓަރުގެ ކޭބަލް ވަޅުލުމަށް ސްޓެލްކޯއިން ވަނީ ނިންމާފަ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތް މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކ. ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހަދަން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.

ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދެ ރަށެއް ހިއްކިއިރު، މި ދެ ރަށުގައި ވެސް، ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތަފާތު އެކި ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޮޓަރިތަކާއި، ޕޫލް ސަރަހައްދަކާއި، ފުޓްސަލް ދަނޑު ފަދަ ތަންތަން ހިމެނެ އެވެ.

ނައިބު ރައީސް ކުޑަގިރީގައި-- ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ކުޑަގިރީގައި-- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ކުޑަގިރީގައި-- ފޮޓޯ: ރައީސް އޮފީސް

ކުޑަގިރީގައި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ޓަކައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ އެޗްޑީސީން އެ ރަށުގައި ހަދަން ހަމަޖެހިފައިވާ ކޮޓަރިތަކުގެ ބިންގާ އަޅުއްވައި ދެއްވާފަ އެވެ. އަދި ގަހެއް ވެސް އިންދަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox