މަންކީޕޮކްސް އާއްމު ނޫން ގައުމުތަކުގައި ފެތުރުން ހުއްޓުވިދާނެ: ޑަބްލިއުއެޗްއޯ

މަންކީޕޮކްސް ފަތުރާ ވައިރަސް. -- ފޮޓޯ: ސީޑީސީ

މަންކީޕޮކްސް ފަތުރާ ވައިރަސް. -- ފޮޓޯ: ސީޑީސީ

ޖެނީވާ، ސްވިޓްޒަލޭންޑް (މޭ 23) - އާއްމުކޮށް މަންކީޕޮކްސް ނުފެންނަ ގައުމުތަކުގައި އެ ބަލި ކޮންޓްރޯލްކޮށް، އިންސާނުންގެ ގައިން އެހެން އިންސާނުންގެ ގަޔަށް ބަލި ފެތުރުން ހުއްޓުވިދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރު މާރިއާ ވޭން ކެރްކޮވޭ ވިދާޅުވީ މިހާތަނަށް ރިކޯޑްކޮށްފައި ވަނީ މަންކީޕޮކްސްގެ 200 އަށް ވުރެ މަދު އަދަދެއްގެ ކޭސްތަކެއް ކަމަށެވެ.

"މިއީ ކޮންޓްރޯލް ކުރެވިދާނެ ހާލަތެއް. ވަކިން ހާއްސަކޮށް މި ބަލި މިހާރު ފެންނަމުން މިދާ ޔޫރަޕާއި އުތުރު އެމެރިކާގެ ގައުމުތަކުން އެކަން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ އިންސާނުންގެ ގައިން ގަޔަށް މި ބަލި އެރުން ހުއްޓުވަން. މި ބަލި އާއްމުވެފައި ނުވާ ގައުމުތަކުގައި އެކަން ކުރެވޭނެ."

އޭނާ ވިދާޅުވީ ބަލި ފެތުރެމުން ދަނީ "ކްލޯޒް ކޮންޓެކްޓް" ވެގެން ކަމަށެވެ. މިހާތަނަށް ރިކޯޑް ކުރި ކޭސްތަކުގެ ތެރޭގައި ސީރިއަސް ކޭސްތައް މަދު ކަމަށް ފާހަގަކުރެއްވި އެވެ.

ޑަބްލިއުއެޗްއޯ އެމެޖެންސީޒް ޕްރޮގްރާމްގެ ސްމޯލްޕޮކްސް ސެކްރެޓޭރިއެޓް ބަލަހައްޓާ ރޯޒަމުންޑް ލުވިސް ވިދާޅުވީ މަންކީޕޮކްސްއަކީ މީގެ 40 އަހަރު ކުރިން ދެނެގަނެވުނު ބައްޔެއް ކަމަށާއި ފާއިތުވި ފަސް އަހަރު ވެސް އެފްރިކާގެ ގައުމުތަކުން ޔޫރަޕަށް ދަތުރު ކުރި ބައެއް މީހުންގެ ގައިން މި ބަލި ފެނުނު ކަމަށެވެ.

"އެކަމަކު މިއީ އެއް ފަހަރާ ގިނަ އަދަދެއްގެ ގައުމުތަކުން، އެފްރިކާއަށް ދަތުރު ނުކުރާ ގިނަ ބަޔެއްގެ ގައިން މި ބަލި ފެންނަ ފުރަތަމަ ފަހަރު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަލި އާއްމުކޮށް ފެންނަ ނުވަތަ އެންޑެމިކް ގައުމުތަކަކީ ނައިޖީރިއާ، ކެމެރީން، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ކަމަށެވެ.

މި ވައިރަސް މިޔުޓޭޓްވި ކަމުގެ ހެކި އަދި ފެންނަން ނެތް ނަމަވެސް، ވައިރަހެއް އުޅޭތާ ގިނަ ދުވަސްވާ ނަމަ މިޔުޓޭޓްވުމުގެ ފުރުސަތު އޮންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޑާބްލިއުއެޗްއޯގެ އިތުރު އޮފިޝަލެއް ކަމަށްވާ އެންޑީ ސީލް ވިދާޅުވީ މިއީ ޖިންސީ ގުޅުމުގެ ސަބަބުން ގައިން ގަޔަށް އަރާ ބައްޔެއް ނޫން ކަމަށާއި ކޮންމެ މީހަކު ވެސް "ކްލޯޒް ކޮންޓެކްޓް" ވެއްޖެ ނަމަ ބަލި ޖެހިދާނެ ކަމަށެވެ.

މީގެ ކުރިން ބައެއް ރިޕޯޓުތައް ބުނީ ގިނަ ކޭސްތަކުގައި ފާހަގަވެފައި ވަނީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުން ކަމަށެވެ. އެކަމަކު ސީލް ވިދާޅުވީ މިއީ އެފަދަ މީހުންނާ ގުޅުން ހުރި ބައްޔެއް ނޫން ކަމަށެވެ.

"ކޮންމެ މީހަކަށް ވެސް މަންކީޕޮކްސް ޖެހިދާނެ ގައިގޯޅިވެ އުޅޭ ނަމަ ނުވަތަ ކްލޯޒް ކޮންޓެކްޓެއްގެ ގޮތުގައި ހިމެނޭ ނަމަ."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox