ޔޫކޭގައި މަންކީޕޮކްސްގެ "ލޯކަލް ޓްރާންސްމިޝަނެއް" އޮތް ކަމަށް އިއުލާންކޮށްފި

އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކަކުން މަންކީޕޮކްސް ފެނިފައިވޭ. -- ފޮޓޯ: އޭއެފްޕީ

އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކަކުން މަންކީޕޮކްސް ފެނިފައިވޭ. -- ފޮޓޯ: އޭއެފްޕީ

ލަންޑަން، އިނގިރޭސިވިލާތް (މޭ 22) - އިނގިރޭސިވިލާތުގައި މަންކީޕޮކްސްގެ "ލޯކަލް ޓްރާންސްމިޝަނެއް" އެބަ އޮތް ކަމަށް އިއުލާންކޮށްފި އެވެ.

އިނގިރޭސިވިލާތުގެ އެތެރޭގައި މަންކީޕޮކްސް ފެތުރެމުންދާ ކަމަށް އިއުލާން ކުރީ ގައުމުން ބޭރަށް ދަތުރު ނުކުރާ މީހުންނަށް ވެސް ބަލި ޖެހި ރިޕޯޓުކޮށްފައި ވާތީ އެވެ.

ޔޫކޭ ހެލްތު ސެކިއުރިޓީ އެޖެންސީ (ޔޫކޭއެޗްއެސްއޭ) އިން ބުނީ ބައްޔާ ގުޅޭ އާ ތަފާސްހިސާބު ހޯމަ ދުވަހު ހާމަކުރާނެ ކަމަށެވެ. މިދިޔަ ހުކުރު ދުވަހު އެކަނިވެސް 20 ކޭސް ރިޕޯޓުކުރި އެވެ.

"ހުޅަނގު އެފްރިކާއަށް ދަތުރު ނުކުރާ އަދި އެ ހިސާބަށް ދަތުރު ކުރި މީހަކާ ކޮންޓެކްޓު ނުވާ މީހުންނަށް ވެސް ބަލި ޖެހިގެން ރިޕޯޓުކޮށްފައިވޭ،" ޔޫކޭއެޗްއެސްއޭގެ ޗީފް މެޑިކަލް އެޑްވައިޒަރު ސޫޒަން ހޮޕްކިންސް ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ވެސް ފެންނަ ކޭސްތަކުގެ އަދަދު ދަނީ އިތުރުވަމުން."

އޭނާ ވިދާޅުވީ ބަލި ފެތުރެމުން ދަނީ މީހުން ގިނައިން ދިރިއުޅޭ ހިސާބުތަކުގައި ކަމަށާއި ވަކިން ހާއްސަކޮށް އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ފެތުރުން އިތުރު ކަމަށެވެ.

"އާއްމުންނަށް އޮތް ރިސްކު މި ވަގުތު ވަރަށް ކުޑަ. އެހެންވީމަ ހުރިހާ އެންމެން ވެސް އެކަމަށް ސަމާލުވެ ތިބުން މުހިއްމު،" ހޮޕްކިންސް ފާހަގަކުރެއްވި އެވެ.

އިނގިރޭސިވިލާތުން މަންކީޕޮކްސްގެ ފުރަތަމަ ކޭސް ރިޕޯޓު ކުރީ މޭ ހަތް ވަނަ ދުވަހު އެވެ. އެއީ ނައިޖީރިއާއަށް ދަތުރު ކުރި މީހެކެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގަ އާއި، ކިހިލުގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނެ އެވެ.

ބައްޔަށް ހާއްސަ ފަރުވާއެއް ނެތް ނަމަވެސް، ސްމޯލްޕޮކްސްއާ ދެކޮޅަށް ޖަހާ ވެކްސިނުން މަންކީޕޮކްސް ޖެހުމުގެ ފުރުސަތު 85 ޕަސެންޓު ކުޑަކޮށްދެ އެވެ.

ޔޫކޭގެ އެޑިއުކޭޝަން ސެކެޓްރީ ނަދީމް ޒަހަވީ ވިދާޅުވެފައި ވަނީ ސްމޯލްޕޮކްސް ވެކްސިންގެ ސްޓޮކްތަކެއް އެ ގައުމުގެ ސަރުކާރުން ގަންނަން ފަށާފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox