ހަނގުރާމަ ނިމުމަކަށް ގެނެވޭނީ މަޝްވަރާ މެދުވެރިކޮށް: ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ކިޔެވް، ޔޫކްރެއިން (މޭ 22) - ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނީ "ޑިޕްލޮމެސީ" ނުވަތަ ބައިނަލްއަގްވާމީ މަޝްވަރާ މެދުވެރިކޮށް ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

"ނިމުމެއް އަންނާނީ ޑިޕްލޮމެސީ މެދުވެރިކޮށް. ހަނގުރާމައިގައި ލޭ އޮހޮރުވުން ގިނަ ވާނެ. މިކަމަށް ޔަގީންކަމާ އެކި ނިމުމެއް ގެނެވޭނީ ޑިޕްލޮމެސީ މެދުވެރިކޮށް،" ޔޫކްރެއިންގެ ޓީވީ ޗެނަލަކަށް ޒެލެންސްކީ ވިދާޅުވި އެވެ.

"ބައެއް ކަންކަމަކީ ހަމައެކަނި މަޝްވަރާގެ މޭޒެއް ކައިރިން ހައްލު ހޯދޭނެ ކަންކަން. އަޅުގަނޑުމެން ބޭނުމީ ކުރިން ހުރި ގޮތަށް ކަންކަން އެނބުރި ދާން. އެކަމަކު ރަޝިއާއިން އެގޮތެއް ބޭނުމެއް ނުވޭ."

މަޝްވަރާގައި ޔޫކްރެއިންގެ ފަރާތުން ބައިވެރިވާ އެންމެ އިސް އޮފިޝަލް މައިކާލޯ ޕޮޑޯލިޔަކް މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ ކުރިން ބޭއްވުނު މަޝްވަރާތަކުގެ އެދެވޭ ނަތީޖާއެއް ނުނިކުންނާތީ މަޝްވަރާތައް މަޑުޖައްސާލާފައިވާ ކަމަށެވެ.

އެ ދުވަހު ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ޔޫކްރެއިނަށް ތުހުމަތު ކުރެއްވީ ހަމަނުޖެހުން ނިމުމަކަށް ގެންނަން މަޝްވަރާ ކުރަން އެ ގައުމުގެ ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.

"މަޝްވަރާތަކުން ކުރިއެރުމެއް ނުލިބޭ. ޔޫކްރެއިންގެ އޮފިޝަލުން މަޝްވަރާ ކުރިއަށް ގެންދަން ބޭނުން ނުވާކަން އަޅުގަނޑުމެން ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ ނިއުސް އެޖެންސީތަކުން ބުނާ ގޮތުގައި ދެ ގައުމުގެ މެދުގައި އެންމެ ފަހުން މަޝްވަރާ ބައްދަލުވުމެއް ބޭއްވީ އެޕްރީލް 22 ވަނަ ދުވަހު އެވެ.

ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށީ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ. ވެރިރަށް ކިޔެވް ހިފަން މަސައްކަތްކޮށް ކާމިޔާބު ނުވުމުން މިހާރު ރަޝިއާ ސިފައިން ހަމަލާތައް ދެނީ އިރުމަތީ ސަރަހައްދަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox